ބައިނަލްއަގްވާމީ މެރިޓައިމް ސޭފްޓީ ވީކް ރާއްޖޭގައި ފާހަގަކުރަނީ

ދުއްވާފައި ދިޔަ ލޯންޗެއް: މެރިޓައިމް ސޭފްޓީ ވީކް ރާއްޖޭގައި ފާހަގަކުރަން ވަނީ ނިންމާފައި-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދުއްވާފައި ދިޔަ ލޯންޗެއް: މެރިޓައިމް ސޭފްޓީ ވީކް ރާއްޖޭގައި ފާހަގަކުރަން ވަނީ ނިންމާފައި-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މެރިޓައިމް ސޭފްޓީ ވީކް ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ހަފްތާ ރާއްޖޭގައި ފާހަގަކުރާނީ ސެޕްޓެމްބަރު 22 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށް ކަމަށެވެ.

މި ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަމާގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން މާލޭ ނޯތު ހާބާގައި މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

ޓްރާންސްޕޯޓުން ވަނީ މި ހަފްތާގައި މުޅި ރާއްޖޭގައި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިއްމުކަން އަންގާދިނުމަށްޓަކައި ކަނޑުގައި ދުއްވާ ހުރިހާ އުޅަނދެއްގައި ސަލާމަތީ ދިދަ ސެޓް (ސީ.ބީ.5 އަދި އެން ދިދަ) ނަގާފައި ބެހެއްޓުމަށް އެދިފަ އެވެ.

އަދި، ރާއްޖޭގެ ހުރިހާ ރަށެއްގެ ބަނދަރުތަކަށް އަންނަ އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އުޅަނދުފަހަރުގައި ހަމަޖެހިފައި ހުރުން ލާޒިމްކުރާ ކަންކަން ހަމަޖެހިފައި ވޭތޯ ބެލުމަށް ކަމާބެހޭ މުއައްސަސާތަކުން އުޅަނދު ފަހަރަށް އަރައި ޗެކްކޮށް މައުލޫމާތު ދެމުންދާނެތީ އެކަމަށް އެއްބާރުލުން ދިނުމަށް ވެސް އެދިފައިވެ އެވެ.

މި ހަފުތާ ފާހަގަކުރުމުގެ މަގްސަދަކީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަން އިތުރު ކުރުމަށް ހޭލުންތެރިކުރުވުމާއި ކަނޑު ދަތުރުފަތުރުގެ ސިނާއަތުގައި ހުރި ފުރުސަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް އަންގާދިނުން ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox