ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުން ސްޓެލްކޯއާ ހަވާލުކޮށްފި

ސްޓެލްކޯގެ އެމްޑީ ތިން ރަށުގެ ކައުންސިލްގެ ރައީސުންނާއެކު: މި ތިން ރަށުގެ މަގުބައްތިތައް ބެލެހެއްޓުން ސްޓެލްކޯއާ ވަނީ ހަވާލުކޮށްފައި-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީ ތިން ރަށުގެ ކައުންސިލްގެ ރައީސުންނާއެކު: މި ތިން ރަށުގެ މަގުބައްތިތައް ބެލެހެއްޓުން ސްޓެލްކޯއާ ވަނީ ހަވާލުކޮށްފައި-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ކުންފުނިން ސޮއިކޮށްފި އެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެ އަތޮޅުގެ ރަސްދޫ، އުކުޅަސް އަދި ތޮއްޑޫ ކައުންސިލާއެކުގަ އެވެ.

"ސްޓެލްކޯއިން އަޅުގަނޑުމެންގެ ކުންފުނިން މިދޭ ހިދުމަތްތަކުގައި މައިގަނޑު އަމާޒަކަށް ހަދާފައިވާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކީގައި ކޮށްދެވޭނެ ސިޔާސަތުތައް ބައްޓަންކޮށް، އެކަން ތަންފީޒުކުރުމަށް،" މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އުކުޅަހުގެ ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވި ގޮތުގައި މިއީ މިދިޔަ މެއި މަހު މެދުރާއްޖެ ތެރޭގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ކޮމިޓީތަކުގެ ރައީސުން ހިމެނޭ ގޮތަށް އެ ރަށުގައި ބޭއްވި ވިއަވަތި ކޮންފަރެންގެ ހަވާސާއިން ބޭރުން ޝަރީފް އާއެކު ބޭއްވުނު ބައްދަލުވުމަކަށް ފަހު ކޮށްދެއްވި ކަމެކެވެ.

"އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ ވަރަށް އަވަހަށް މިކަމަށް ހައްލެއް ލިބިގެން ދިޔަތަން،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި މި ހިދުމަތް ފެށިނަމަވެސް ކުރިއަށް އޮތް ތަނުގައި އެ އަތޮޅުގެ އެހެން ރަށްތަކުގައި ވެސް ސްޓެލްކޯއިން މި ހިދުމަތް ފަށާނެ އެވެ.

މީގެ އިތުރުން، އެ ރަށްރަށް ތަރައްގީ ކުރުމަށް އިޖުތިމާއީ ގޮތުން ކުރާ ހުރިހާ ކަމެއްގައި ވެސް ސްޓެލްކޯއިން ބައިވެރިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ
ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

"އިޖުތިމާއީ ގޮތުން ރަށްރަށް ތަރައްގީކުރުމަށް ޓަކައި ރަށްރަށުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަގުފަހިކުރުމަށް ޓަކައި، ކައުންސިލުން ކުރާ ހުރިހާ ކަމެއްގައި އަޅުގަނޑު ބައިވެރިވާނަން، އަޅުގަނޑުމެން ސްޓެލްކޯގެ ފަރާތުން، އަދި އަޅުގަނޑުމެން ހިދުމަތް ދިނުމުގައި އެއްވެސް ކުލަޔަކަށް ބެލުމެއް ނޯންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވި ކައުންސިލްތަކުގެ ރައީސުން ވަނީ ސްޓެލްކޯއިން މި ހިދުމަތް ދޭން ފެށުމާއެކު މަގުބައްތިތައް ދިއްލުމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox