މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓު އޮފީހުން ވަނީ މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފަ އެވެ. މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނީ މިއަދު ހެނދުނުން ފެށިގެން މެންދުރު ފަހު 14:00 އަށެވެ. އެގޮތުން ބޯކޮށް ވަރޭވެހުމާއެކު ގުގުރާ، ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
އެގޮތުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަދި، ކަނޑުތައް ވެސް އާންމުކޮށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.












