މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި މި ފެށޭ ހަފުތާގެ ހޮނިހިރު ދުވަހުން ހޯމަ ދުވަހުގެ ނިޔަލަށް މ. އަތޮޅަށް ރައީސް ދަތުރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އެމަނިކުފާނު, އެ އަތޮޅު ފަސް ރަށަކަށް ވަޑައިގަންނަވާނެ އެވެ;
-ރަތްމަންދޫ
-މަޑުއްވަރި

-ދިއްގަރު
-ވޭވަށް
-މުލި
މިއުވާން ވިދާޅުވި ގޮތުގައި މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.












