ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ދެ ދުވަހު ތެރޭ ނަގާނެ ކަމަށް އެފްކޯންސް އިން ބުނެފި

ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި; ދެ ދުވަހު ތެރޭ ނަގާނެ ކަމަށް އެ މަސަައްކަތް ކުރާ ކުންފުނިން ބުނެފި - ފޮޓޯ: މިރާޝް ނާޝިމް

ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި; ދެ ދުވަހު ތެރޭ ނަގާނެ ކަމަށް އެ މަސަައްކަތް ކުރާ ކުންފުނިން ބުނެފި - ފޮޓޯ: މިރާޝް ނާޝިމް

މާލެ އާއި ވިލިމާލެ، ތިލަފުށްޓާ އެކު ގުޅައިލުމަށް އަޅާ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމެއް، ވިލިމާލޭ ފަރަށް އަރާފައި އޮންނަތާ ހަފްތާއެއްހާ ދުވަސްވެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް، ދެ ދުވަސް ތެރޭ ޕްލެޓްފޯމު ނަގާނެ ކަމަށް އެ މަސައްކަތްކުރަމުންދާ އެފްކޯންސް އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ ކުންފުނި، އެފްކޯންސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ވަގުތު ކުންފުނިން އެންމެ ބޮޑު މަސައްކަތެއް ކުރަމުން ދަނީ ފަރަށް އަރާފައިވާ ސެލްޓް އެލެވޭޓިން ޕްލެޓްފޯމްސް (އެސްއީޕީ) އިން ނެގުމުގެ މަސައްކަތް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ފަރަށް އަރާފައިވާ އެ ޕްލެޓްފޯމް އަންނަ ބުރާސްފަތި ދުވަހު ނެގޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ވިލިމާލެ ފަރަށް އަރާފައިވާ ޕްލެޓްފޯމް ނެގުން ލަސްވަމުން ދާތީ ފަރަށް ގިނަ ގެއްލުންތަކެއް ދަނީ ވަމުންނެވެ. އެހެންވެ ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ވަނީ އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީއާ ބައްދަލު ވެސް ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވެސް ދެ ދުވަހުގެ ތެރޭގައި ޕްލެޓްފޯމު ނެގޭނެ ކަމުގެ ޔަގީންކަން އެފްކޯންސް އިން ދިން ކަމަށް އީޕީއޭއިން މިއަދު ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox