ގިނަ ދާއިރާތަކަކުން އަލަށް އެކުލަވާލާ ދިރާސާ ކަރުދާސްތަކަށް މަޝްވަރާކުރުމުގެ މަހާސިންތާ ފަށައިފި

މިދިޔަ އަހަރުގެ "ތެވެލި" ކޮންފަރެންސް ގެ ތެރެއިން: މިއީ އެކި ދާއިރާތަކުން އަލަށް އެކުލަވާލާ ރިސާޗް ކަރުދާސްތަކަށް އިލްމީ އެކި ދާއިރާތަކުގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެއް

މިދިޔަ އަހަރުގެ "ތެވެލި" ކޮންފަރެންސް ގެ ތެރެއިން: މިއީ އެކި ދާއިރާތަކުން އަލަށް އެކުލަވާލާ ރިސާޗް ކަރުދާސްތަކަށް އިލްމީ އެކި ދާއިރާތަކުގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެއް

ތަފާތު އެކި ދާއިރާތަކުން ދިރާސާތައް ހުށާހެޅުމަށް ގައުމީ ޔުނިވަސިޓީން ކޮންމެ އަހަރަކު ބާއްވާ 'ތެވެލި' މަހާސިންތާ މިއަދު ފަށައިފި އެވެ. މިއީ މިފަދަ ފަސް ވަނަ ކޮންފަރެންސެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ އިލްމީ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތައުލީމީ ބޭފުޅުން ބައިވެރިވާ މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ގައުމު ތަރައްގީކުރުމަށް ބޭނުންވާ އެކި ދާއިރާތަކަށް ވަށައިޖެހޭ، އަމަލީ މައިދާނުގައި ބޭނުންކުރެވޭ ހައްލުތަކެއް ހޯދުމެވެ. އަދި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ އަކީ، ދިރާސާތަކުގެ މައްޗަށް އެކުލެވޭ ނިޒާމަކަށް ހެދުމެވެ.

ރަސްމިއްޔާތުގެ އިފްތިތާހީ ހަފްލާގެ ފެށުމުގެ ބަސްފުޅު ވިދާޅުވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ތެވެލިން ކޮންމެ އަހަރަކު ގައުމު ބިނާކުރުމަށްޓަކައި ލިބޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. ވިދާޅުވީ، އެކި ދާއިރާތަކުން ރިސާޗް ކަރުދާސް ހުށަހެޅި، އެއަށް އިލްމީ ބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި ހިޔާލު ބަދަލުކުރެވި، ގައުމުގެ އެކި ދާއިރާތައް ތަރައްގީކޮށް ހަރުދަނާކުރަން ބޭނުންވާ ހައްލުތައް، މި މަހާސިންތާ ނިމޭއިރު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ގައުމީ ޔުނިވަސިޓީއަކީ ބަޖެޓް އެކުލަވާލުން ފަދަ މުހިއްމު ކަންކަމުގައި ރިސާޗް ފޯރުކޮށްދޭ މުއައްސަސާއެއް... އެހެންކަމުން މި މަހާސިންތާ އަކީ، ބޮޑު ބަދަލުތަކެއްގެ ފެށުން ކަމަށް ގަބޫލުކުރަން،" ފައިސަލް ވިދާޅުވި އެވެ.

މި އަހަރުގެ ކޮންފަރެސްއަށް އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ޝައުގުވެރި ދިރާސާ ކައުދާސްތަކެއް ހުށަހަޅާފައިވެ އެވެ. ދާއިރާތަކުގެ ތެރޭގައި، އެޑިއުކޭޝަން، ކަލްޗާ، ހިސްޓްރީ، ކޮންސްޓްރަކްޝަން، ޖާނަލިޒަމް، ޖެންޑާ އެންޑް ހިއުމަން ރައިޓްސް ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި ދީނީ އަދި އިސްލާމީ ފިގުހާ ގުޅޭ އެކި މައުލޫތައް ވެސް ހިމެނެ އެވެ.

މަހާސިންތާ ކުރިއަށްދާނީ މިއަދާއި މާދަމާ އެވެ. މި ދެ ދުވަހު، މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ، ހުށަހަޅާފައިވާ ދިރާސާ ޕޭޕަރުތަކާ ބެހޭ ގޮތުން ފުޅާކޮށް މަޝްވަރާކުރުމާއި އިލްމީ އެކި ނަޒަރިއްޔާތަކުން ހިޔާލު ހޯދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox