ހޮރައިޒަން އިން ހޯޑެއްދޫގައި ފެކްޓްރީ ނާޅަނީ ފައިދާއެއް ނުވާނެތީ: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ހޮރައިޒަން އިން ހޯޑެއްދޫގައި ފެކްޓްރީ ނާޅަނީ ފައިދާއެއް ނުވާނެތީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ހޮރައިޒަން އިން ހޯޑެއްދޫގައި ފެކްޓްރީ ނާޅަނީ ފައިދާއެއް ނުވާނެތީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްއަށް ގއ.ހޯޑެއްދޫން ދޫކޮށްފައިވާ ބިމުގައި ފެކްޓްރީއެއް އަޅައި، މަސްގަތުމުގެ މަސައްކަތް ނުފަށާ އޮތީ އެކަމުން އެ ކުންފުންޏަށް ފައިދާއެއް ނުވާނެތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހޯޑެއްދޫން ހޮރައިޒަންއަށް ދޫކޮށްފައިވާ ބިމުގައި މަސައްކަތް ފެށުމާ ބެހޭ ގޮތުން އޭނާ އެކުންފުންޏާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެ ތަނުގައި ފެކްޓްރީ އަޅަން ފަސް މިލިޔަން ނުވަތަ ހަ މިލިޔަން ޑޮލަރު ހަރަދުވާނެ ކަަމަށް ހޮރައިޒަން އިން ބުނާ ކަމަށާއި އެވަރަށް ހަަރަދުކޮށްގެން މަސައްކަތް ނިންމިޔަސް އެތަނުގައި މަސް ގަނެ ޕްރޮސެސްކުރުމަކީ ވިޔަފާރީގެ ގޮތުން ބަލާއިރު ކުރެވޭ ވަރު ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަށް ފައިދާ ނުވާ ވިޔަފާރިއެއް، މިހާރު މި ދެންނެވީ މަސް ގަންނަ އަގުގައި، އެމީހުންލާ ކުރުވާނެ ގޮތެއް އިއްޒަތެރި ރައީސް އަޅުގަނޑަކަށް ނުވިސްނޭ،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކަނޑުމަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 13 ރުފިޔާ ކަމަށް ވިޔަސް ދައުލަތުގެ ކުންފުނި، މިފްކޯއިން މަސް ކިލޯއެއް ގަންނަމުން އަންނަނީ 17 ރުފިޔާއަށެވެ. ހޯޑެއްދޫގައި ފެކްޓްރީ އަޅައި 17 ރުފިޔާއަށް ކިލޯއެއްގެ މަގުން މަސް ގަނެގެން ފައިދާވާނެ ކަމަށް ހޮރައިޒަން އަށް ނުފެންނަ ކަމަށާއި ހޯޑެއްދޫގައި ފެކްޓްރީ ނާޅާ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޮރައިޒަން ފިޝަރީޒްއަށް ހޯޑެއްދޫން 13.5 ހެކްޓަރުގެ ބިމެއް ހަވާލުކޮށްފައި އޮންނަތާ މިހާރު ގާތްގަނޑަކަށް 17 އަހަރު ވެއްޖެ އެވެ. މެމްބަރު ފިރުޝާންގެ ސުވާލުގައި އެއްސެވީ ހޯޑެއްދޫން ދޫކުރި ބިމުގައި ހޮރައިޒަން އިން މަސައްކަތް ނުފަށާ އެހާ ދިގު މުއްދަތެއް ވެފައި ވާއިރު އެ ކަމުގައި ފިޝަރީޒް މިނިސްޓްރީގެ ޒިންމާއަކީ ކޮބައިތޯ އެވެ.

މިނިސްޓަރު ވިދާޅުވީ ހޯޑެއްދޫން ހޮރައިޒަންއަށް ބިން ދޫކުރިތާ އެހާ ދުވަސްވެފައިވާ ކަމަށާއި އެ ކުންފުނިން އެ ބިމަށް ކުލިވެސް ދައްކަމުން އަންނަ ކަމަށެވެ. އެތަނުގައި މަސައްކަތް ފެށުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox