ކޮންގްރެސްއާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ!

ކޮންގްރެސް އާ ގުޅޭ މައުލޫމާތު ދިނުމަށް ހަވީރު ބޭއްވި ޕްރެސް ބްރީފިންގައި އެމްޑީޕީގެ ޗެއާޕާސަންގެ އިދާރީ ނައިބު, އިބްރާހީމް ވަހީދު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮންގްރެސް އާ ގުޅޭ މައުލޫމާތު ދިނުމަށް ހަވީރު ބޭއްވި ޕްރެސް ބްރީފިންގައި އެމްޑީޕީގެ ޗެއާޕާސަންގެ އިދާރީ ނައިބު, އިބްރާހީމް ވަހީދު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ސޯޝަލް ސެންޓަރުގައި ފަށައިގެން ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެ ސައްހަކަމާމެދު އެ ޕާޓީގެ ލީޑާޝިޕުން ސުވާލު އުފައްދައިފި އެވެ.

އެމްޑީޕީން މީގެ ކުރިން ބުނި ގޮތުގައި ކޮންގްރެސް އާ ގުޅިގެން ހުށަހެޅިފައިވަނީ ތިން ގޮތްޕަކާ ގުޅޭ 17 މައްސަލައެކެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ކޮންގްރެސް ފަސްކުރަން ޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެންމެ ފުރަތަމަ މިހާރު ބަލަން ޖެހެނީ ހުށަހެޅުނު ޝަކުވާތަކަކީ ސައްހަ ޝަކުވާތަކެއްތޯ، އެއީ 17 ޝަކުވާގެ ތެރެއިން ހަތަރު މީހަކު ލިޔުން ފޮނުވައިފި އެ މީހުން ޝަކުވާއެއް ނުކުރަމޭ ކިޔާފައި، އެހެންވީމާ ސިޔާސީ ކަންތައްތަކަކަށް ވެސް މިކަން ވެދާނެ،" ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އެންސްޕާ އިބްރެ) ވިދާޅުވި އެވެ.

ހުށަހެޅުނު ޝަކުވާތަކަކަކީ ސައްހަ ޝަކުވާތަކަކަށް ވިޔަސް، އެ ޝަކުވާތަކަކީ ގޮފިތައް ނުވަތަ ގޮފީގެ ރައީސް ކޮންގްރެސް އިން އުނިކުރެވޭ ވަރުގެ ޝަކުވާތަކެއް ނޫން ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.

"އޭގެން އަސަރެއް ނާންނަ ޝަކުވާތަކަކަށް މިވަގުތު އަޅުގަނޑުމެން ވަގުތު ދުއްވާލުމުގެ އަނެއްހެން ބޭނުމެއް ނެތް،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބުރޭ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭ ފެށި ކޮންގްރެސްގައި 1100 އެއްހާ މަންދޫބުން ބައިވެރިވާއިރު، ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސަރު ކޮންގްރެސްއަށް ނުކުރާ ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ވިދާޅުވި އެވެ.

"މި ކޮންގްރެސް ހުއްޓުވުމަށް، އުނދަގޫ ކުރުމަށް ދަތިކުރުމުގެ އެއްވެސް ކަމެއް [މިހާތަނަށް] ކޮންގްރެސް ތެރެއަކު ނެތް، އަމާންކަމާއި ސުލްހަވެރިކަމާއެކު [ކުރިއަށް ދަނީ]،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ބަޔަކު ވައްދައިގެން ކުރިއަށް ގެންދަން އެބަ އުޅޭ ކަމަށް ބުނެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ފައްޔާޒަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އެހެންނަމަވެސް ފައްޔާޒް ވަނީ އެފަދަ ހާލަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox