އިގުތިސޯދު، ޒުވާނުން، މިނިވަންކަން؛ ސަރުކާރުގެ ނާކާމިޔާބީގެ ދިގު ލިސްޓު: ޔާމީނަށް ބަދަލަކަށް ފުދޭ

ޔާމީން, ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕެއިން ފައްޓަވާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޔާމީން, ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕެއިން ފައްޓަވާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އަންނަ ރިޔާސީ އިންތިހާބާ ދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓާ އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގެން، ޕޯޑިއަމް ކައިރީގައި ވާހަކަ ދައްކަވަން ހުއްޓިވަޑައިގެން ހުންނެވިއިރު، މޫނުމަތިން ފެނުނީ ތަފާތު ރޫހެކެވެ. ވެރިކަމުގެ ރަން ޒަމާނުގައި އެމަނިކުފާނު އަޑުގައި ހުންނަ ޖޯޝާއި އަޒުމް، ދުވަސްގަނޑަކަށްފަހު ރޭ އަޑުއިވިގެންދިޔަ އެވެ.

ރޭގެ "ހަވާލޭ ވަތަން" ޖަލްސާއަކީ އިދިކޮޅަށް، ހުރިހާ ގޮތަކުން ވެސް ހާއްސަ ރެއެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކޯލިޝަން ތަމްސީލުކުރާ މަންދޫބުންގެ އަތުން ހަވާލުކުރަމުން އައިސް، ރިޔާސީ ޓިކެޓް ޔާމީނަށް އެރުވީ އާ އުއްމީދެއްގެ މަތީގަ އެވެ. އެ އުއްމީދުތަކަށް ދިރުމެއް ގެނުވައިދޭނެ ވާހަކަތަކެއް ރޭގެ ޖަލްސާގައި އަޑުއިވިގެންދާނެ ކަމުގެ އިޝާރާތެއް ކުރިން އޮތީ ލިބިފަ އެވެ. އިދިކޮޅުގެ ރިޔާސީ މެނިފެސްޓޯގެ ތަސްވީރެއް ކުރައްސަވައި ދެއްވާނެ ކަމެވެ.

އެކަމަކު ޔާމީންގެ ވާހަކައިގެ މިސްރާބު ރޭ ބެހެއްޓެވި ދިމާލުން، އާ މެނިފެސްޓޯއަކާއި ބިޔަ ވައުދުތަކެއްގެ މާބޮޑު ބޭނުމެއް ނެތް ކަން ހާމަވި އެވެ. ރާއްޖޭއަށް "ބަދަލެއް" ކޮންމެހެން ވެސް ބޭނުންވާތީ އެވެ. އެކަން ސާބިތުކޮށްދޭން، މި ސަރުކާރުގެ ގިނަ ނާކާމިޔާބީތަކާއި ނުފުއްދުނު ވައުދުތަކުގެ ދިގު ލިސްޓު ޔާމީނަށް ފުދެ އެވެ.

ޒުވާނުންގެ ތާއީދު ހޯދަން ހާއްސަ އިސްކަމެއް

"ޒުވާނުންގެ" ރައީސްގެ ގޮތުގައި 2013ގައި ވެރިކަމަށް ވަޑައިގެންނެވި، ޔާމީންގެ ވާހަކަ ފެއްޓެވީ އެ މިނެކިރެމުންނެވެ. ރޭގެ ޖަލްސާއިން ނިސްބަތުން އެންމެ މަދުން ފެނުނު ޒުވާނުންގެ ނިކަމެތި ހާލަތު ސިފަކޮށް ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ބޮޑު ޕަސަންޓަކީ ޒުވާނުން ކަމަށްވާއިރު، ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލުގެ އިތުރުން ގައުމުގެ މިހާރުވެސްމެ އެވެ.

"ރާއްޖޭގެ މުސްތަގުބަލަކީ ޒުވާނުން ކަމަށްވާތީ ސަރުކާރުގެ ޓެސްޓުން ފާސްވޭތޯ ބެލުމަށް އެންމެ ފުރަތަމަ މިނެ ކިރާލަން މި ޖެހެނީ ޒުވާނުންނާ ދޭތެރޭ މި ސަރުކާރުން ކަން ކުރަމުންދާ ގޮތަށް،" އެ ޓެސްޓުން މި ސަަރުކާރު މުޅީން ފެއިލްވެފައިވާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

އިގުތިސޯދީ ސިޔާސަތަށް މަލާމާތް

އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން، ޔާމީންގެ މިސްރާބު ދެން އަމާޒު ކުރެއްވީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ހައްސާސީ މައްސަލައަށެވެ. ރާއްޖޭގެ އިގުތިސޯދު ވެއްޓިފައިވާ ފުން ވަޅުގަނޑާއި ދުވަހެއް ދުވަހަކުން އިތުރުވަމުންދާ ދަރަނީގެ ދެރަވަރު ހާލަތު އެމަނިކުފާނު ސިފަކޮށް ދެއްވީ މަޖާޒީ މިސާލުތަކާއި މަލާމާތުގެ ބަސްތަކުންނެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ޔާމީނާ ދެކޮޅަށް ބޭނުންކުރި ހަތިޔާރުތައް، މި ސަރުކާރުގެ އިގުތިސޯދީ އަދި މާލީ ސިޔާސަތަށް އަނބުރާލެއްވި އެވެ.

ވާލްޑް ބޭންކުގެ ރިޕޯޓަކާ ހަވާލާ ދެއްވައި ޔާމީން ވިދާޅުވީ ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 6،000 މިލިއަން ޑޮލަރުގައި ކަމަށެވެ. މިއީ އާބާދީގެ ކޮންމެ ބޮލަކަށް 250،000ރ. ކަމަށް ފާހަގަކުރައްވަމުން ޔާމީން ވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ލޯނު ނަގައިގެން މަޝްރޫއުތައް ހިންގުމުން ފާޑުވިދާޅުވި މި ސަރުކާރުގެ ބޭފުޅުންނަށް ރައްދު ދެއްވާފަ އެވެ.

ރާއްޖޭގެ އިގުތިސޯދު މި ހާލަތުގައި އޮތްއިރު، ޔާމީން ވިދާޅުވީ މި ދަރަނި އަދާކުރާ ވަރަށް ރިޒާވުގައި ފައިސާ ނެތް ކަމަށެވެ. މިހާރު ބޭނުންކުރެވޭ ރިޒާވުގައި ހުރި ކަމަށް އެ މަނިކުފާނަށް އަންދާޒާ ކުރެވޭ ވަރު ހިއްސާކުރައްވަމުން ޔާމީން ވިދާޅުވި ގޮތުގައި މިހާރު ރިޒާވުގައި ހުރީ އެންމެ 280 މިލިއަން ޑޮލަރެވެ.

އަދި ދަރަނި އަދާކުރާނީ މި ސަރުކާރުން ނޫން ކަމަށް ވިދާޅުވަމުން، މިފަހުން އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާ ގުޅުވާ ވިދާޅުވީ މި ސަރުކާރު ހިފަހައްޓަނީ އަދި "މި ސަރުކާރު ނޭވާލަމުން ދަނީ ޖިޒީ ދައްކަން ޖެހޭ، ރިސަސިޓޭޓް" ކުރަނީ އެގޮތަށް ލިބޭ ފައިސާއިން ކަމަށެވެ.

"މި ސަރުކާރު ނޫއިގުތިސޯދު މިއޮތީ ހަގީގަތުގައި ވެސް ނޫފައިގެންފައި،" ޔާމީން ވިދާޅުވި އެވެ.

ކޮރަޕްޝަން ވީއިތުރު، ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ހިޔަނި، ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތަށް ވެސް އެޅިފައިވާއިރު، އެކަން ވެސް އެމަނިކުފާނު ނެންގެވީ ސަރުކާރާ ދެކޮޅަށެވެ. ކޮރަޕްޝަނާ ދެކޮޅު ހަރުކަށި ސިޔާސަތެއް ގެންނަން ވައުދުވި މި ސަރުކާރަށް ޔާމީންގެ ހާއްސަ ފާޑުކިޔުންތަކެއް އަމާޒުކުރެއްވި އެވެ.

"ސީޕީއައި އިންޑެކްސްއަށް ބަލައިލުމުން މި ކަން އެނގިގެން މި ދަނީ، 187 ގައުމުގެ މައްޗަށް ހަދާފައި އޮތް އެ ދިރާސާގައި ރާއްޖެ އަދިވެސް ލައްވާލަނީ އެންމު ފުލުން،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާއިރު، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ މިހާރު ނުބެލޭތީ ސަރުކާރަށް ސުވާލުތަކެއް އެމަނިކުފާނު އަމާޒު ކުރެއްވި އެވެ.

"ކީއްވެގެންތޯ ހިޔާނާތުގެ މޭސްތިރިންނަށް ހިމާޔަތް އެ ދެނީ، ކޮން ބަޔެއްގެ ނަން އެމްއެމްޕީއާރުސީގެ ލިސްޓު އޮވެގެންތޯ މީތި މާ ބޮޑަށް މި ސިއްރު ކުރަނީ،" ޔާމީން ސުވާލު ކުރައްވަމުން ގެންދެވި އެވެ.

ޔާމީން ވިދާޅުވީ އެ މައްސަލައިގެ ބޮޑުބައެއް "ސިއްރުކުރަން" އުޅުނަސް އެ މައުލޫމާތައް އެނގުމަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ސެޓަލްމަންޓު އެގްރީމަންޓުގެ ނަމުގައި، ސަރުކާރުން ބޭނުންވާ ބަޔަކަށް ދަނީ ރައްޔިތުންގެ ފައިސާ ބަހަމުންނެވެ.

މަޖާޒީ ގޮތެއްގައި އެމަނިކުފާނު ވިދާޅުވީ "ސެޓަލްމަންޓް" ކިޔަސް އެއީ ބަޔަކަށް ބޯހިޔާވަހިކަން ދީ "ސެޓަލްމަންޓް" ދިނުމުގެ އެއްބަސްވުންތަކެއް ނޫން ކަމަށެވެ.

އިންޑިއާއަށް ވަރުގަދަ ރައްދެއް

ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ބޭއްވި ގާތް ގުޅުމަކީ އެމަނިކުފާނާ ދެކޮޅަށް އޭރުގެ އިދިކޮޅުން ވެރިކަމަށް އައުމަށް ބޭނުންކުރި އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. ނަމަވެސް، ޔާމީން ރޭ ވަނީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުން މުޅި ގައުމު އަޅުވެތިވެއްޖެ ކަމަށް ވިދާޅުވި ވަރުގަދަ ރައްދުތަކެއް ދެއްވައިފަ އެވެ.

"ވަކި އަވައްޓެރިއަކު އެއީ ހުރިހާ ކަމެއް ކޮށްދޭ އެންމެ ބޮޑުބޭބެ ކަމަށް ދެކޭ ދެކުމަށް އެބަ ޖެހޭ ނިމުމަކަށް އަންނަން،" މި ސަރުކާރާއި އިންޑިއާއާއެކު އޮންނަ ގުޅުމަށް ޔާމީން ފާޑުވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދައުލަތުން ދަރާފައި އޮތް ދަރަނީގެ ބޮޑު ބައި އޮތީ އެއް ގައުމަކަށް ނަމަ، އެ ދައުލަތެއް އެ ވަނީ "އަޅުވެތިވެފަ" އެވެ.

"ބަރޯސާއެއް ނޫން، މިއަދު [އިންޑިއާއަށް] އަޅުވެތި ވީ. މިއަދު މިތިބީ އަޅުވެތި ވެފައި. މި ވާހަކަ ދައްކަވާނެ ސިޔާސީ ލީޑަރަކު ނެތީމާ ހިތަށް އަރާ ސުވާލަކީ އަމިއްލަފުޅަށް އަޅުވެތިވެގެން ތިބި ސަބަބު ބަލާލަން އެބަ ޖެހޭ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުން ޗައިނާއާއެކު ބޭއްވި ގުޅުމުގެ ސަބަބުން "ދައުލަތުން ނުއުފުލޭ ވަރުގެ އެއްވެސް ތަކުލީފެއް" ޖެހިފައިނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޗައިނާގެ އެކި ކަންކަމަށް ދީފައި އޮތް 19 ރަށް ނުވަތަ 20 ރަށް ކޮބައިތޯ؟ ކޮބައިތޯ ޗައިނާ ސަރުކާރަށް އަޅުގަނޑުމެން ދަރާފައި އޮތް އަދާނުކުރެވޭވަރުގެ ދަރަނި؟،" ޗައިނާއާއެކު އޮތް ގުޅުން ދިފާއުކުރައްވައި ޔާމީން ވިދާޅުވި އެވެ.

ގާތްގަނޑަކަށް ގަޑިއިރަކަށް ވުރެ ގިނަ އިރު ދެއްކެވި ވާހަކަ ނިންމަވާ ލައްވަމުން ގައުމަށް ވަރުގަދަ މެސެޖެއް ދެއްވި އެވެ.

ރާއްޖޭގެ ވެރިކަމާ އެމަނިކުފާނު އަލުން ހަވާލުވި ނަމަވެސް، ގައުމު މިހާރު އޮތް ދެރަވަރު ހާލަތު ވަޒަންކުރަން ދައްޗެވެ. އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލެއް ނޭނގެ އެވެ. ދައުލަތުން ނަގާފައިވާ ދަރަނީގެ މިންވަރެއް ސާފެއް ނޫނެވެ.

އެކަމަކު އެމަނިކުފާނު އަބަދުވެސް ވިދާޅުވާ ވާހަކައެއް ރޭ ވެސް ތަކުރާރުކުރެއްވި އެވެ.

"ދިރުމެއްވަންޏާ، އުއްމީދެއް އޮންނާނެ."

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox