ޕީޕީއެމް މެންބަރުންނަށް ޔާމީން ނޫން "ޗޮއިސް" އެއް ނެތް، ބޭނުމެއް ވެސް ނޫން

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ ބާއްވާ "ހަވާލޭ ވަތަން" ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ: ޕީޕީއެމްގެ މެމްބަރުން ގަބޫލު ކުރަނީ އެ ޕާޓީގެ ތެރޭގައި ވެސް ޔާމީންއާ ވާދަ ކުރެއްވޭނެ ލީޑަރެއް ނެތް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ ބާއްވާ "ހަވާލޭ ވަތަން" ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ: ޕީޕީއެމްގެ މެމްބަރުން ގަބޫލު ކުރަނީ އެ ޕާޓީގެ ތެރޭގައި ވެސް ޔާމީންއާ ވާދަ ކުރެއްވޭނެ ލީޑަރެއް ނެތް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފ. ނިލަންދޫއިން ފުރައިގެން ކަނޑުމަގުން ހަތަރު ގަޑިއިރެއްހާ ދިގު ދަތުރެއް ކުރުމަށްފަހު، ސަމީރާ އިބްރާހިމް މިރޭ މާލެ އައީ ދިވެހިރާއްޖޭގެ ހައްގުގަ އެވެ. ސަމީރާ ގަބޫލު ކުރާ ފިކުރަކާއި ހަމަތައް ރާއްޖެއިން ދެކެން އޭނާ ބޭނުންވެ އެވެ. ސަމީރާ ގަބޫލު ކުރާ ގޮތުގައި އެކަން ކުރެވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

"އަހަރެމެން ބޭނުންވާ މީހަކީ ރައީސް ޔާމީނު. ރައީސް ޔާމީނު މި ގައުމާ ހަވާލުވުން އެއީ މިއަދު ދިވެހި ރައްޔިތުންގެ ވެސް އެންމެ ބޮޑު އެދުން. އެހެންވީމާ ވަރަށް އުފާވެފައި މިހުރީ މި ރޭ، ބަޔާންކޮށްދޭން ވެސް ދަތި ޝުއޫރުތައް،" އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީންއަށް ހަވާލު ކުރުމަށް ބޭއްވި ހަފްލާގައި ހުރެ ސަމީރާ ބުންޏެވެ.

ކާނިވާ ސަރަހައްދުގައި ކުރިއަށްދާ "ހަވާލޭ ވަތަން" ޖަލްސާ ފެށުމުގެ މާކުރިން އެތަން އޮތީ ސަމީރާ ފަދަ އެތައް ބަޔަކު ގޮސް ފުރާލާފަ އެވެ. އެމީހުންގެ މައިގަނޑު ގޮތެއްގައި ދެއްކީ އެއް ވާހަކައެކެވެ. ޕީޕީއެމްގެ ސަޕޯޓަރުން ބޭނުންވަނީ ގައުމުގެ މަސްލަހަތު އިސް ކުރާނެ ލީޑަރެކެވެ. ދީނަށް ލޯބި ކުރާ ދީން ހިމާޔަތް ކުރާނެ ރައީސެކެވެ. އަދި އެންމެ މުހިންމު ގޮތެއްގައި ފާހަގަ ކުރި އަނެއް ކަމަކީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމެވެ. ޕީޕީއެމް ސަޕޯޓަރުން ގަބޫލު ކުރަނީ އެ މަސައްކަތްތައް ކުރައްވާނީ ހަމައެކަނި ޔާމީން ކަމަށެވެ.

ޕީޕީއެމް ޖަލްސާގެ ބައިވެރިއަކު ތަރުހީބު ދެނީ: ރާއްޖޭގެ ހުރިހާ ރަށަކަށް ނިސްބަތްވާ އިދިކޮޅުގެ ސަޕޯޓަރުން މިރޭގެ ޖަލްސާއަށް ހާޒިރުވި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕީޕީއެމް ޖަލްސާގެ ބައިވެރިއަކު ތަރުހީބު ދެނީ: ރާއްޖޭގެ ހުރިހާ ރަށަކަށް ނިސްބަތްވާ އިދިކޮޅުގެ ސަޕޯޓަރުން މިރޭގެ ޖަލްސާއަށް ހާޒިރުވި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމް ޖަލްސާގެ ބައިވެރިއަކު ތަރުހީބު ދެނީ: ރާއްޖޭގެ ހުރިހާ ރަށަކަށް ނިސްބަތްވާ އިދިކޮޅުގެ ސަޕޯޓަރުން މިރޭގެ ޖަލްސާއަށް ހާޒިރުވި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ޕީޕީއެމްގެ ކޯލިޝަނުގެ ކެންޑިޑޭޓަކަށް އެ ކޯލިޝަނުގެ ލީޑަރު ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ނިންމީ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އިއްތިފާގުން ފާސްކޮށްގެންނެވެ.

ޕްރައިމަރީއަކާ ނުލާ ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ނިންމި ނިންމުމަށް ބާރު ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ޕާޓީގެ މެމްބަރަކަށް، ރިޔާސީ އިތުރު ދައުރެއް ދެވޭނެ ކަމަށް ބުނާ މާއްދާގެ ދަށުންނެވެ.

ވަށައިގެން ޕީޕީއެމް ރަމްޒުކޮށްދޭ ދިދަ ޖަހައި، ދިއްލާލައިފައި އޮތް ކާނިވަލު ސަރަހައްދަށް ދިޔަ ކޮންމެ މީހެއްގެ ވާހަކައިން ވެސް ހާމަވާ ކަމަކީ ޔާމީންއަކީ ވެރިކަމަށް އައުމަށް އެ މީހުން ބޭނުންވާ "ޗޮއިސް" ކަމެވެ. އަދި އެންމެ ގާބިލް ކެންޑިޑޭޓު ކަމެވެ.

"ޕީޕީއެމްގެ ޓިކެޓުގަ ވާދަކުރައްވާ ކެންޑިޑޭޓު ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދިވެހި ފަސްގަނޑުގައެއް ރައީސް ޔާމީން ވަރުގެ ދެ ވަނަ ބޭފުޅަކު ނެތް. ރައީސް ޔާމީނާ ކައިރީގައި ފަތިގަނޑު ފިރުކާލެވޭނެ ވަރުގެ ބޭފުޅެއް ވެސް ނެތް،" ހަވާލޭ ވަތަން ޖަލްސާއަށް ހާޒިރުވި ދިއްގަރު ކައުންސިލްގެ ކުރީގެ ރައީސް އިމްރާން އިސްމާއީލް ބުންޏެވެ.

ޕީޕީއެމް ޖަލްސާގައި ބައިވެރިވި ބައެއް މީހުން: ޕީޕީއެމް ސަޕޯޓަރުން ގަބޫލު ކުރަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕީޕީއެމް ޖަލްސާގައި ބައިވެރިވި ބައެއް މީހުން: ޕީޕީއެމް ސަޕޯޓަރުން ގަބޫލު ކުރަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމް ޖަލްސާގައި ބައިވެރިވި ބައެއް މީހުން: ޕީޕީއެމް ސަޕޯޓަރުން ގަބޫލު ކުރަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެށުނީއްސުރެ ޕީޕީއެމްގައި ހަރަކާތްތެރިވާ އިމްރާން ވިދާޅުވި ގޮތުގައި ޔާމީނާ އަޅާ ކިޔާލެވޭ ވަރުގެ އެހެން އެއްވެސް ސިޔާސީ ލީޑަރެއް މިވަގުތު މުޅި ރާއްޖޭގައި ވެސް ނެތެވެ.

"ރައީސް ޔާމީނަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ގާބިލް ކެންޑިޑޭޓު، ރާއްޖޭގައި ނެތޭ ރައީސް ޔާމީން ވަރުގެ ދެ ވަނަ ބޭފުޅެއް. އެމްޑީޕީއެއް ކިޔާނެ ކަމެއް ނެތް، މި ރާއްޖޭގައި މިވަގުތު ހުރި އެންމެ ސިޔާސީ ލީޑަރެއް އެއީ ރައީސް ޔާމީން. އެހެންވީމާ ރައީސް ޔާމީން ވާދަކުރެއްވޭނެ ދެ ވަނަ މީހެއް ނޫޅޭނެ މި ގައުމަކު،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ އިންތިހާބު ޔާމީން "ބޮޑު ތަނުން" ކާމިޔާބު ކުރައްވާނެ އެވެ. އެކަމުގައި އެއްވެސް ޝައްކެއް ނެތެވެ.

ޕީޕީއެމްގެ ޖަލްސާގައި ބައިވެރިން މިރޭ ކާނިވަލުގައި ހަރަކާތްތެރިވަނީ:
ޕީޕީއެމްގެ ޖަލްސާގައި ބައިވެރިން މިރޭ ކާނިވަލުގައި ހަރަކާތްތެރިވަނީ:

ޕީޕީއެމްގެ ޖަލްސާގައި ބައިވެރިން މިރޭ ކާނިވަލުގައި ހަރަކާތްތެރިވަނީ: ޕްރައިމެރީއެއް ނުބޭއްވުމަކީ ޕީޕީއެމް ސަޕޯޓަރުންނަށް މައްސަލައެއް ނޫން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖެއިން ބޭރުގައި އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރި، އެކަމަކު މިހާރު ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވާ ސަފީގާގެ ހިޔާލު ވެސް ހުރީ މިހެންނެވެ.

"ރާއްޖޭގައި މިވަރުގެ ދުވަހެއް ނާންނާނެ ފަދަ އުފާވެރި ދުވަހެއް މިއަދު މިއީ، ﷲގެ އިރާދަފުޅުން ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ބޮޑު ތަނުން،" މެދު އުމުރުގެ ސަފީގާ އޭނާގެ ހިޔާލު ފާޅުކުރި އެވެ.

ޕްރައިމަރީއެއް ނެތި ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމުން އެ ޕާޓީގެ މެންބަރުންނަކަށް މައްސަލައެއް ނެތެވެ. އެ ޕާޓީގެ ފިކުރަށް ތާއީދު ކުރާ އެންމެން ވެސް ބޭނުންވަނީ ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް އެ ޕާޓީގެ މެންބަރުން ބުނެ އެވެ.

"ޕްރައިމަރީއެއް ނުބާއްވާ ހަވާލުކުރި ކަމުގައި ވިޔަސް ޕީޕީއެމްގެ ތެރޭގައި މަޝްވަރާ ކުރެވިގެން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރަނީ، ހުރިހާ އެންމެންގެ ވެސް އިއްތިފާގުން. އެމަނިކުފާނަކީ މި މަގާމަށް ގާބިލް ބޭފުޅެއް ކަން އަމަލުން ދައްކަވާފައި އޮތީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ގެނެސްދެއްވާފައި އޮތް ތަރައްގީ މިއޮތީ ދިވެހި ރައްޔިތުންނަށް ފެންނަން،" ޕީޕީއެމް ގަމު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސްކަން ކުރައްވާ އަބްދުއްރައޫފް ވިދާޅުވި އެވެ.

މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން އަދާލަތު ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ރައޫފް ފާއިތުވީ ދެ އަހަރެއްހާ ދުވަހު ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރުން ވެސް ގުޅިފައި އޮތީ މި ސަބަބާ އެވެ؛ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ޔާމީން ދެއްކެވި ތަރައްގީއާއި ގައުމަށް ކޮށްދެއްވި ހިދުމަތްތަކެވެ.

"ރައީސް ޔާމީނަކީ ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެއީ ރާއްޖޭގައި މިއޮތް އިސްލާމް ދީނާއި އަމަންއަމާންކަމާއި އަދި ރައްޔިތުން ބޭނުންވާ ހިތްހަމަޖެހުން ގެނެސްދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން،" ރައޫފް ވިދާޅުވި އެވެ.

ރ. ހުޅުދުއްފާރުން "ހަވާލޭ ވަތަން" ޖަލްސާގައި ބައިވެރިވުމަށް މާލެ އައި އަލީ ފާރޫގް، 51، ވެސް ގަބޫލުކުރާ ގޮތަކީ މިއީ އެވެ.

"މިވަގުތު ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންގެ ތެރެއިން ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ދިވެހިރާއްޖޭގައި އޮންނަން ވާނީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ކަމަށާއި ދިވެހިރާއްޖޭގައި އެހެން އެއްވެސް އަސްކަރިއްޔާގެ ބާރު އޮވެގެން ނުވާނެ ކަމަށާއި ދިިވެހިރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމްދީން ކަމަށް ވިދާޅުވާ ރާއްޖޭގައި ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން،" ފާރޫގް ވިދާޅުވި އެވެ.

ފާރޫގް ގަބޫލުކުރައްވާ ގޮތުގައި "ގައުމު ވެއްޓިފައިވާ ހާލަތަށް ބަލާއިރު" ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ޔާމީން ފަދަ ދެ ވަނަ ކެންޑިޑޭޓެއް ނެތެވެ. އަދި، "ގައުމު ސަލާމަތް" ކުރުމަށް ޔާމީން ރިޔާސީ އިންތިހާބަށް ނެރުމަކީ ކޮންމެ ހެން ވެސް ބޭނުންތެރި ކަމެކެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޔާމީނަށް މިރޭ އެރުވީ މިފަދަ އެތައް މެންބަރުންގެ ފޮނި އުންމީދުތަކަކާއެކުގަ އެވެ. އެ މީހުންގެ "ޗޮއިސް" ގައި ޔާމީން ނޫން ބޭފުޅަކު ނެތެވެ. އެމީހުންގެ ބޭނުންވާ ކަންކަން ހާސިލްވާނީ ޔާމީން އަލުން ވެރިކަމަށް ގެނެސްގެނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox