ހުރިހާ ރަށެއްގެ މަންދޫބުންގެ އަތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ރަމްޒީ ރިޔާސީ ޓިކެޓެއް އަރުވައިފި އެވެ.

އެ ޓިކެޓު ޔާމީންގެ އަތްޕުޅަށް އެރުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އިދިކޮޅު ކޯލިޝަން ތަމްސީލު ކުރާ މެމްބަރަކު ބައިވިރި ހާއްސަ ހަރަކާތެއްގަ އެވެ. ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ އެ ޕާޓީގެ ސެނެޓުން މިދިޔަ ޖުލައި 31، ގަ އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ "ހަވާލޭ ވަތަން" ޖަލްސާގައި ޔާމީނަށް ޓިކެޓު ހަވާލު ކުރިއިރު ކުރީގެ ރައީސް ޑރ. މުހައްމަަދު ވަހީދު ހިމެނޭ ގޮތަށް އެ ޕާޓީގެ އިސް ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ.

ހުރިހާ ރަށެއް ތަމްސީލު ކުރާ އިދިކޮޅުގެ މަންދޫބުންގެ އަތުން، ރަމްޒީ ޓިކެޓު ޔާމީން އަތްޕުޅަށް އެރުވުމުން ޖަލްސާއަށް ހާޒިރުވި މީހުން އެމަނިކުފާނަށް ވަރަށް ހޫނު ތަރުހީބެއް ދިނެވެ. މުޅި ސަރަހައްދުގައި އެ ވަގުތު އިވުނީ ތަރުހީބުގެ އަޑެވެ.

ޔާމީނަށް ސެނެޓުން ރިޔާސީ ޓިކެޓު ދިނުމަށް ނިންމުމުން އެމަނިކުފާނު ވަނީ އެކަން ގަބޫލު ކުރައްވައި، "ހަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށް" ވިދާޅުވެފަ އެވެ.

ރައީސް ޔާމީނާ އިދިކޮޅުގެ ރިޔާސީ ޓިކެޓު މިރޭ ހަވާލު ކުރި ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެކަން ޔަގީނެއް ނޫނެވެ. އެއީ ވެރިކަމުގައި ހުންނެވިއިރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންތަކުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކޯޓުގައި ކުރާ ދައުވާތަކެއް ކުރިއަށްދާތީ އެވެ.

ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭ ނަމަ، އެމަނިކުފާނަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނީ، މިހާރު ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ. އެންމެފަހުން، 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޔާމީނަށް ދެވަނަ ދައުރެއް ނާކާމިޔާބުވީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox