މާލޭގެ ދެކޮޅުގައި ބޮޑު ދެ ޕާޓީގެ ހާއްސަ ޖަލްސާތަކެއް

އެމްޑީޕީ އަދި ޕީޕީއެމްގެ ބޮޑު ޖަލްސާއަށް ތައްޔާރީތައް ކުރިއަށް ދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީ އަދި ޕީޕީއެމްގެ ބޮޑު ޖަލްސާއަށް ތައްޔާރީތައް ކުރިއަށް ދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިރޭ މާފަންނު ކޮޅުގައި ހުންނަ ސޯޝަލް ސެންޓަރުގައި ދިވެހިރާއްޖޭގެ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިހާތަނަށް ބާއްވާ އެންމެ މުހިންމު ކޮންގްރެސް ފަށާއިރު ހަމަ އެ ވަގުތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ރައްޔިތުންނަށް ކުރިމައްޗަށް ނެރުއްވާ ރިޔާސީ ކެންޑިޑޭޓު ރަސްމީ ކުރުމުގެ ރަސްމިއްޔާތު ހެންވޭރު ކާނިވަލުގައި އޮންނާނެ އެވެ.

އެމްޑީޕީން މިރޭ ފަށަނީ އެ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސް އެވެ. ގާތްގަނޑަކަށް 1100 އަށް ވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާ އެ އިވެންޓު އެއްގޮތަށްވުރެ ގިނަ ގޮތުން ހުރިހާ ދިވެހިންނަށް ވެސް މުހިންމެވެ. މިރޭ ފަށާ ކޮންގްރެސްގެ ކުރިން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިޒާމާ ބެހޭ ގޮތުން މުހިންމު ގަރާރެއް ހުުށަހަޅުއްވައިފަ އެވެ.

އެ ގަރާރު ފާސްވެއްޖެ ނިޒާމާ ބެހޭ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީން ނިންމީ އެވެ. އަދި މަޖިލީހުގެ ތެރެއިން ބޮޑުވަޒީރަކާއި ކެބިނެޓެއް އައްޔަންކޮށް ރައީސުލްޖުމްހޫރިއްޔާއަކީ ހަމައެކަނި ދައުލަތުގެ ވެރިޔާ ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ވެސް ޕާޓީން ނިންމުނީ އެވެ.

މިރޭގެ ފަށާ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1400 އެއްހާ މީހުންނަށް ލިބޭއިރު އޭގެ ތެރޭގައި ދާއިރާތަކުގެ ރައީސުން ވެސް ހިމެނެ އެވެ. އެހެންކަމުން ތިން ދުވަހަށް ދިގުދެމިގެންދާ އެ ކޮންގްރެސްގައި ވަރަށް ގިނަ އާންމުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނިޒާމާ މެދު ބަހުސްކޮށް ވޯޓުލާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިނގުރައިދޫ ދާއިރާގެ ރައީސް އަބްދުﷲ ޝަފީގަށް ވެސް ލިބެނީ އެއް ވޯޓެވެ. އެއް ބާރުތަކެކެވެ.

ލަފާ ކުރެވޭ ގޮތުގައި އެމްޑީޕީގެ ކޮންގްރެސް ވާނީ ނިޒާމާމެދު ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާކޮށް ބަހުސް ކުރެވޭ ޕްލެޓްފޯމަށެވެ. އެހެންކަމުން ވަރަށް ތަފާތު ހިޔާލުތައް ފެނި، ބަހުސް ހޫނުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ. އެމްޑީޕީން ކްރޮސްރޯޑުގައި ދޮރުތައް ބަންދުންކޮށްގެން ބޭއްވި ނިޒާމާ ގުޅޭ ބަހުސެއްގައި ވެސް އެފަދަ މަންޒަރު ފެނުނު ކަމަށްވެ އެވެ.

އޭގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ މުހިންމު އެއް އިސްލާހަކީ ޕާޓީއަށް ނިސްބަތްވާ ސިޓިން ޕްރެޒިޑެންޓެއް ހުންނެވި ނަމަ ޕްރައިމެރީއެއް ނުބާއްވައި އެ ބޭފުޅަކަށް ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަށް ފުރުސަތު ދިނުމެވެ. ނަމަވެސް އިސްލާހުގައިވާ ގޮތުން އެއަށް އަމަލު ކުރަން ފަށާނީ ކުރިއަށް އޮތް 2023 ގެ އިންތިހާބަށްފަހު އެވެ.

އަނެއްކޮޅުން ހަމަ މިރޭ ކާނިވަލުގައި ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރަސްމީކޮށް ރިޔާސީ ޓިކެޓު އެރުވުމުގެ ރަސްމިއްޔާތު ވެސް އޮންނާނެ އެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކާ އިދިކޮޅަށް ވާދަ ކުރައްވާނީ ޔާމީން އެވެ. މި ނޫހަށް އެނގިފައިވާ ގޮތުން މިރޭގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާނީ ރައީސް ޔާމީން އެކަންޏެވެ. އެހެންކަމުން މި ފުރުސަތު އެމަނިކުފާނު ބޭނުން ކުރައްވާނީ އިދިކޮޅު ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަމަށް ބެލެވެ އެވެ.

ޔާމީންގެ ފަރާތްޕުޅުން ކެންޑިޑޭޓެއްގެ ސިފަތައް މިހާރު ވެސް ފެންނަން ފަށައިފި ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެގޮތުން ނޫސްވެރިންނާއެކު އެމަނިކުފާނު މި މަހުގެ ތެރޭގައި ބޭއްވި އާދަޔާ ހިލާފު ބައްދަލުވުން ހިމެނެ އެވެ. އެ ރޭ ގާތްގަނޑަކަށް ފަސް ގަޑިއިރު ނޫސްވެރިންނާއެކު އެއް މޭޒެއްގައި ޔާމީން ހޭދަ ކުރެއްވި އެވެ. ފަރިއްކުޅުވީ ނޫސްވެރިންނާއެކު އެވެ. އަދި ތިން ގަޑިއިރު ވަންދެން ނޫސްވެރިންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވި އެވެ.

އެކަމަކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއެކު 2023 އިންތިހާބުގައި ވާދަ ކުރައްވާނީ ޔާމީންކަން ޔަގީންކަމާއެކު ބުނާކަށް ނޭނގޭނެ އެވެ. މިއީ ދިވެހިންނަށް އަލަށް ފެންނަ މަންޒަރެއް ނޫނެވެ. މީގެ ކުރިން 2018 ގައި ނަޝީދަށް ރިޔާސީ ޓިކެޓު ލިބުނު ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެފައި ހުންނެވުމުން އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތެއް ސަރުކާރުން ނުދިނެވެ. އެހެންކަމުން އެ ފަހަރު އެމްޑީޕީން ނިކުންނެވީ ސަޕްރައިޒް ކެންޑިޑޭޓެކެވެ.

އެމްޑީޕީއަށް އެއިރު ކުރިމަތިވި ހާލަތު މިފަހަރު ޕީޕީއެމަށް ކުރިމަތިނުވާނެކަން ބުނަން އެނގޭނީ ޔާމީންއާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ކްރިމިނަލް ކޯޓަށް ވައްދާފައިވާ މައްސަލަތައް ހުރިހާ މަރުހަލާއަކުން ބަލައި ހުކުމް ކުރުމުންނެވެ. މިހާރު ވެސް އެއް ފަހަރު ކްރިމިނަލް ކޯޓުން ހުކުމް ސާބިތުވެ، އެއް އަހަރާއި ފަސް މަަސް ދުވަސް ޖަލުގައި ހޭދަ ކުރެއްވި ފަހުން، އިންސާފުގެ ފަހު މަރުހަލާއިން ޔާމީން ވަނީ މިނިވަންވެވަޑައިގެންފަ އެވެ.

މިރޭގެ މާލޭގައި ކުރިއަށްމިދަނީ ސިޔާސީ ޕާޓީތައް އުފެއްދުމުގެ ނަތީޖާއިން ކުރިއަށްދާ ހަރަކާތްތަކެކެވެ. ރައްޔިތުންތަކެއް ބަސް ބުނެ ކަންކަން ނިންމުމެވެ. ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އިތުރު މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވުމެވެ. ސަރުކާރަށް އައުމަށް ބޭނުންވާ އިދިކޮޅު ޕާޓީގެ ހަރަކާތްތައް ވެސް ކުރިއަށްދިޔުމެވެ. ޑިމޮކްރަސީއަކީ މިފަދަ ހަރަކާތްތައް އަމާންކަމާއެކު ކުރިއަށްގެންދެވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox