ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: ފައްޔާޒް

ފައްޔާޒު އިސްމާއިލް: ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފައްޔާޒު އިސްމާއިލް: ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ބަޔަކު ވައްދައިގެން ކުރިއަށް ގެންދަން އެބަ އުޅޭ ކަމަށް ބުނެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ފައްޔާޒަށް ސިޓީއެއް ފޮނުއްވާފަ އެވެ.

"ހުށަހެޅިފައި އެބަހުރި މައްސަލަތަކެއް، އެ މައްސަލަތައް އަޅުގަނޑުމެން މިދަނީ ބަލަމުން، އެ ބަލާފަ އަޅުގަނޑުމެންނަކީ ތަހުގީގު ކުރާ ބައެއް ނޫން [އެކަމަކު] ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން، ދެން ކޮންގްރެސް ލަސްކުރަން ޖެހޭ އެއްވެސް ކަހަލަ ސަބަބެއް ނެތް،" މިއަދު ހަވީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ.

ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނާ މަރުހަބާ ކިޔުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒް ވިދާޅުވީ ކޮންގްރެސް ފަސްކުރުމުގެ ބާރު ޗެއާޕާސަނަށް ނޯންނާނެ ކަމަށާއި އެއީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އޮންނަ ބާރެއް ކަމަށެވެ.

"ވަކި އެއްޗެއް ފާސް ވެދާނެތީ ނުވަތަ ނުވެދާނެތީ ކޮންގްރެސް ފަސްކުރަން ޖެހޭ ކަމަށް ވަންޏާ ވެސް އެ ވެސް ގައުމީ މަޖިލީހުން ފާސްކުރީމަ އަޅުގަނޑުމެން ލަސްކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"މީގެ ކުރިން ބޭއްވި އެހެން ކޮންގްރެސްތަކާ އަޅާ ބަލާއިރު މާ ޓްރާންސްޕޭރެންޓުކޮށް އެހެންނަމަވެސް ގަވައިދާ އެއްގޮތަށް އަޅުގަނޑުމެން މި އަމަލު ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.

އާޒިމް ފޮނުއްވި ސިޓީގައި ވަނީ، ޕާޓީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއް ގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު މިހާތަނަށް ވެސް ހިއްސާކޮށްފައިނުވާ ކަމަށް އޭގައިވެ އެވެ.

ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ އިންތިހާބަކުން ކަމަށާއި، ކޮންގްރެސްގައި ބައިވެރިވާނީ ގޮފީގެ ރައީސް ނުވަތަ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނެފައިވާއިރު އެ ނޫން ގޮތަކަށް ބަޔަކު ބައިވެރިކޮށްގެން ގެންދާ ކޮންގްރެސްގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް، އެ ޕާޓީގެ ގޮފިތަކަށް އިންތިހާބު ނުކުރާ ބަޔަކު ގެންނަން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ އާންމު މެންބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox