ބޯހިމެނުމަށް މާލެ ސަރަހައްދުން 700 މީހުން ހޯދަނީ

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތެރިވަނީ-- ފޮޓޯ: ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތެރިވަނީ-- ފޮޓޯ: ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގައި މަސައްކަތަށް މާލެ ސަރަހައްދުން 700 އެއްހާ އެނިއުމަރޭޓަރުން ހޯދަމުންދާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފި އެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4400 މީހުން ބޭނުންވެ އެވެ. އެއީ މާލެ ސަރަހައްދަށް 2409 މީހުންނާއި އަތޮޅުތަކަށް 1991 މީހުންނެވެ.

އެ އިދާރާއިން "އަދަދު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާރު ވަނީ ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތަމްރީންތަކާއި ޓްރެއިނިންތައް ބައެއް އަތޮޅުތަކުގައި ނިމިފަ އެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތަމްރީންތަކެވެ. އެއީ އެޓޯލްސް ރައުންޑް 3 ކެވެ. މިހާރު ކުރިއަށް ދަނީ ވ، މ، ފ، ދ، ތ، ލ، ގއ އަތޮޅުގަ އެވެ. މި ތަމްތީނު ވަނީ މިދިޔަ އާދިއްތަ ދުވަހު ފަށާފަ އެވެ.

މާލެ ރައުންޑް 2 ވެސް މިހާރު ފަށައިގެން ދަރުބަރުގޭގައި ކުރިއަށް ދާއިރު މި ތަމްރީނު ވެސް ކުރިއަށް ދާނީ ބުރާސްފެތި ދުވަހުގެ ނިޔަލަށެވެ. އެއީ ހެނދުނު އަދި މެންދުރު ފަސް ހިމެނޭހެން ހަ ކްލާހުގެ ސެޝަންތަކެކެވެ.

މާލެ ރައުންޑް 2 އިއްޒުއްދީން ސްކޫލްގައި އިއްޔެ ފަށާފައި ވައިރު ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެއީ 12 ކްލާހުގެ ތްމްރީނެކެވެ.

މީގެ އިތުރުން މިހާރު ތައްޔާރުވަމުންދަނީ އަތޮޅުތެރޭގެ ޓްރެއިނިން އޮފް އެނިއުމަރޭޓާސް ރައުންޑް 2 ކެވެ. އެއީ ރ، ބ، އދ އަތޮޅުގަ އެވެ. އަތޮޅުތަކުގައި މި ރައުންޑު ކުރިއަށް ދާނީ މި މަހުގެ 21 އިން 25 އަށެވެ.

ފަސް ވަނަ ރައުންޑު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކ، ޅ، އއ އެވެ. މި މަހުގެ 28 އިން އަންނަ މަހުގެ އެކަކަަށެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ބޯހިމެނުމުގައި ބައިވެރިވުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކޮންމެވެސް އެއް ޓްރެއިނިންއެއްގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.

މިހާރު ނިމިފައިވާ ޓްރެއިނިންތައް:

  • ރައުންޑް 1: ހއ، ހދ، ށ، ނ އަތޮޅުގައި 31 ޖުލައި – 4 އޮގަސްޓަށް
  • ރައުންޑް 2: ގދ، ފުވައްމުލަށް އަދި އައްޑޫ ސިޓީ
  • މާލެ ރައުންޑް 1: 3 ކްލާސް

ޓްރެއިނިން އޮފް ޓްރެއިނާސް

  • ބެޗް 1 އަދި 2: 17 – 21 ޖުލައި 2022ގައި ކުރިއަށް ގެންގޮސް ނިންމާލެވިފައި
  • ބެޗް 3 އަދި 4 : 31 ޖުލައި – 4 އޮގަސްޓް 2022އަށް ގެންގޮސް ނިންމާލެވިފައި
  • ބެޗް 3: 7 – 11 އޮގަސްޓް 2022އަށް ގެންގޮސް ނިންމާލެވިފައި

ޓްރެއިނިން އޮފް އެނިއުމަރޭޓާސް – މާލެ، ކުރިއަށް ގެންދާ ގޮތް:

  • ބެޗް 1: 14 – 18 އޮގަސްޓް
  • ބެޗް 2: 21 – 25 އޮގަސްޓް
  • ބެޗް 3: 28 އޮގަސްޓް – 1 ސެޕްޓެމްބަރު
  • ބެޗް 4: 4 – 8 ސެޕްޓެމްބަރު

މުސާރަ އާއި އެލަވަންސް

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވެންސެއް ދޭނެ އެވެ. އަދި އިތުރަށް 10ރ ގެ އެލަވެންސެއްވެސް ދެ އެވެ. (އެއީ 7-11 ދުވަހަަށް)

ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ދޭންނެ އެވެ. އެ ތަމްރީނު ފުރިހަމަ ކުރުމަށް ނުކުންނަ ކޮންމެ ދުވަހަކަށް 100ރ. ދޭނެ އެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސް ދޭން ހަމަޖެހިފައި ވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމަ އެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރު އެވެ. މި އަހަރު ކުރިއަށްގެންދާ ބޯހިމެނުުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ޓެބްލެޓް ބޭނުންކޮށްގެންނެވެ. މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ބޯހިމެނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox