އެމްބިއުލާންސުގައި ޝަމީމް ގެންދިޔަ މީހާއަށް ވެސް މޭމައްޗަށް ލިބުނު ޒަހަމް ނުފެންނަ ކަމަށް ބުނެފި

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރު އެމްޑީ ޝަމީމް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ކައްކާ މުހައްމަދު އާބިދު

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރު އެމްޑީ ޝަމީމް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ކައްކާ މުހައްމަދު އާބިދު

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމްގެ މެއަށް ލިބިފައިވާ ޒަހަމްތައް އޭނާ ގޮވައިގެން އެމްބިއުލާންސްގައި ދަތުރުކުރި އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރި މީހާއަށް ވެސް ނުފެންނަ ކަމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ޝަމީމް މެރި ކަމުގެ ދައުވާ ކޮށްފައިވާ ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ 11 މީހެއްގެ ހެކިބަސް ޝަރީއަތް ފެށުމުގެ ކުރިއަށް ކުރިއާލާ ނެގުމަށް ދައުލަތުން އެދިފައިވެ އެވެ. އެއީ މިއިން ބައެއް މީހުން ވީ އަވަހަކަށް ރާއްޖެ ދޫކޮށް ދާން ބޭނުންވާ ކަން އެނގިފައި އޮތުމުންނެވެ.

އެ މީހުންގެ ތެރެއިން މިހާތަނަށް ހަ މީހަކު ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވެ އެވެ. އެ ހަ މީހުންނަކީ ޚާންޖީ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ މީހުންނެވެ. އަދި، އެ ހަ މީހުންނަކީ ވެސް ޕާކިސްތާނު މީހުންނެވެ. އެއިން ކޮންމެ މީހަކު ވެސް ވަނީ ހާދިސާގެ ކޮންމެވެސް އެއް މަންޒަރުތަކެއް ދެކިފަ އެވެ.

މީގެ ކުރިން ހާޒިރުކުރި ހަތަރު މީހުންނަށް ވެސް ޝަމީމްގެ މެއަށް ލިބިފައިވާ ޒަހަމްތައް ނުފެންނަ ކަމަށް ބުނިއިރު މިއަދު ހާޒިރުކުރި ދެ ހެކިންވެރިން ވެސް ބުނެފައިވަނީ އެ ޒަހަމްތައް ނުފެންނަ ކަމަށެވެ.

މިއަދު ހާޒިރު އެކަކަކީ ޝަމީމް ގޮވައިގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދިޔައިރު އޭގައި ދަތުރުކުރި މުހައްމަދު ޔޫނުސް އެވެ. ޚާންޖީ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ޔޫނުސް ބުުނި ގޮތުން ނަމަ އޭރު ވެސް ޝަމީމްގެ މުޅި ޓީޝާޓް އޮތީ ލެއިން ތަތްތެޅިފަ އެވެ. އެކަމަކު އޭނާއަށް ވެސް ފެނުނީ އެހެން މީހުނަށް ވެސް ފެނުނު ގޮތަށް މޫނުމަތީ ކޮށައިގެން ގޮސް ލިބިފައިވާ ޒަހަމް އެކަންޏެވެ.

"އެމްބިއުލާންސް އައުމުން ޝަމީމް ގެންދިޔައިރު ތިމަންނަ ވެސް ދިޔައިން، ހޮސްޕިޓަލުގައި ވެސް މަޑުކުރިން، ހާލު ސީރިއަސް ކަމަށް އެންމެ ފުރަތަމަ ވެސް ޑޮކްޓަރުން ބުނި، ގެންދިޔަތާ ބައިގަޑިއިރެއްހާ ފަހުން ޑޮކްޓަރުން އައިސް އޭނާ މަރުވި ކަމަށް ބުނި، އަދި އޭނާގެ މޭމައްޗަށް ވެސް ވަޅި ހަރާފައި އޮތް ކަމަށް ޑޮކްޓަރުން ބުނީމަ އެނގުނީ،" ވެގެން ދިޔަ ގޮތް އުރުދޫ ބަހުން ޔޫނުސް ކިޔައިދިނެވެ.

ޔޫނުސް ކިޔައިދިން ގޮތުން ނަމަ ސީދާ މާރާމާރީ ހިނގި މަންޒަރެއް އޭނާ ނުދެކެ އެވެ. އޭނާ އެ ދުވަހު މަސައްކަތް ކުރީ ބާބަކިއު ސަރަހައްދުގަ އެވެ. އަދި، އާބިދުއާ ބައްދަލުވީ ވެސް އެ ތަނުން ބަދިގެ ތެރެއަށް ވަންނަނިކޮށް ކަމަށް ބުންޏެވެ. ހަވީރުގެ ވަގުތެއްގައި ނަމާދުކޮށްގެން އަނބުރާ އައިއިރު މާރާމާރީ ހިނގައި، އާބިދު ވެސް އެ ތަނުން ގޮސްފައިވާ ކަމަށް ޔޫނުސް ބުންޏެވެ.

"ރެސްޓޯރަންޓު ކައިރިން އަލީއާ ދިމާވި، އޭނާ ބުނީ އާބިދު އެބަ އުޅެއޭ، ޝަމީމް މޫނުމަތީ ވަޅިން ހަމަލާދީގެން، ރެސްޓޯރަންޓު ތެރެއަށް ވަން އިރު ހަތަރު މީހަކު ޝަމީމް ގޮވައިގެން އެބަ އާދޭ، އަހަރެން ވެސް އެ މީހުން ޝަމީމް ގޮވައިގެން ބޭރަށް ނެރެދީ އޭނާއަށް ނޭވާލައިދޭން ވެސް އެހީވިން،" ޔޫނުސް ބުންޏެވެ.

މިއަދު ދެން ހެކިބަސް ދިނީ ރެސްޓޯރަންޓުގައި މަަސައްކަތް ކުރަމުން އައި ޒައިން އަލީ ނަމަކަ ކިޔާ މީހެކެވެ. އެ ދުވަހު ރެސްޓޯރަންޓުގައި ދެ ފަހަރެއް މަތިން މާރާމާރީ ހިނގިއިރު ޒައިން އަލީ ދުށް ކަމަށް ބުނީ ފުރަތަމަ ފަހަރު ހިނގި މާރާމާރީ އެކަންޏެވެ. އެ ފަހަރު ދެ މީހުން ވެސް އެކަކު އަނެކަކު ގައިގައި އަތުން ތެޅި ނަމަވެސް ތޫނު އެއްވެސް އެއްޗަކުން އޭރު ހަމަލާ ދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ ފަހަރު މާރާމާރީ ހިނގިއިރު ޒައިން ހުރީ ގުދަނަށް ގޮސް ކަމަށް އޭނާ ބުންޏެވެ. ޖޫސް ބޯއިރު ބޭނުންކުރާ ހޮޅިތަކެއް ގުދަނުން ނަގައިގެން އަލުން ރެސްޓޯރަންޓަށް ދިޔައިރު މާރާމާރީ ހިނގައި ނިމިފައިވާ ކަމަށާއި އޭރު އާބިދު އެ ތަނުގައި ނެތް ކަމަށް ޒައިން ބުންޏެވެ. އަދި، ޝަމީމް ދޮރުމަތީ ވެއްޓިފައި އޮތް ތަން ދުށް އިރު، ފެނުނީ މޫނުމަތީ ކޮށައިގެން ގޮސް ލިބިފައިވާ ޒަހަމް އެކަނި ކަމަށެވެ.

ޝަމީމާއި އާބިދުއާ ދެމެދު އެ ދުވަހު ދެބަސްވުންތަކެއް ހިނގައިދިޔައީ އާބިދު ތައްޔާރުކުރަމުން ދިޔަ ބިރިޔާނީއަށް ޝަމީމް ކޮށައިދިން އަލުވި މަދުވެގެން އޭނާ ޝަކުވާ ކުރުމާ އެކުގަ އެވެ. މާރާމާރީއާ ހަމައަށް ދެބަސްވުން ދިޔައީ ޝަމީމްއާ ދިމާއަށް އާބިދު ސަމުސަލެއް އެއްލި ފަހުން ކަމަށް ހެކިބަސް ދިން ބައެއް މީހުން ބުނެފައިވެ އެވެ.

ޝަރީއަތް ފެށުމުގެ ކުރިއަށް ހެކިބަސް ނެގުމަ ދައުލަތުން އެދިފައިވާ ހެކިންގެ ތެރެެއިން މިހާރު ހެކިބަސް ނުނެގި ބާކީ ތިބި ފަސް ހެކިންގެ ހެކިބަސް ނެގުމަށް މި އަންނަ އާދީއްތަ އަދި ހޯމަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

އާބިދަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތުކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox