ރަނިލް އާއި މަހިންދަ ރާޖަޕަކްސަ ފުރުން މަނާކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ލަންކާގެ ބޮޑުވަޒީރު ރަނިލް އާއި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ

ލަންކާގެ ބޮޑުވަޒީރު ރަނިލް އާއި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ

ތަދުމަޑުކަން ކުރިމަތިވެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާ އަވަށްޓެރި ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަ އާއި ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުރުން ލަންކާ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ފުރުން މަނާކުރަން އެ ގައުމުގެ ސުޕްރީމް ކޯޓަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ލަންކާގެ ގާނޫނު އަސާސީގެ 126 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ މައްސަލައިގައި ރަނިލް އާއި މަހިންދަ އާއި ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅުންކަމުގައިވާ ބަސިލް ރާޖަޕަކްސަ އާއި އަލީ ސަބްރީ އާއި، ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު އަޖިތްގެ އިތުރުން ބައެއް އެހެން މީހުން ވެސް ފުރުން މަނާކުރަން އެދިފައިވެ އެވެ.

މި މައްސަލަ ހުށަހެޅިއިރު ލަންކާގެ ރައީސް ގޮތަބަޔާ އާއި ބަސިލް ފުރައިވަޑައިގަންނަވަން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަންގެ އޮފިޝަލުންގެ އެއްބާރުލުން ނުދިނުމުން އެ ބޭފުޅުންށަށް ފުރައިވަޑައިނުގެންނެވުނެވެ.

ލަންކާގެ ރައީސް ކަމުން ގޮތަބަޔާ މާދަމާ އިސްތިއުފާ ދެއްވާނެ ކަން ކުރިން ވަނީ އިއުލާން ކުރައްވައިފަ އެވެ. ގޮތަބަޔާ ގައުމުން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ އިސްތިއުފާ ދެއްވުމުން ހައްޔަރުކޮށްފާނެތީ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމަށް ފަހަތަށް ޖެހިވަޑައިގަތުމަށް ބޮޑުވަޒީރު ރަނިލް ވަނީ ނިންމަވާފަ އެވެ.

ލަންކާގެ ރައީސްގެ މަގާމު ހުސްވެގެން ދާނެތީ އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން މި މަހުގެ 20 ވަނަ ދުވަހު އޮންނާނެ ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އިއުލާންކޮށްފަ އެވެ. ޖުލައި 19 ވަނަ ދުވަހު ކެންޑިޑެސީ ހުށަހަޅަން ޖެހޭނެ އެވެ. ލަންކާގެ މަޖިލީހުގައި ޖުމުލަ 225 މެމްބަރުން ތިއްބަވަ އެވެ. މި ވޯޓު ނެގުމަށް ނިންމާފައި މިވަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެފައިވާ ގޮތަށެވެ.

ރައީސް ގޮތަބަޔާ އަދި ބޮޑުވަޒީރު ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާތައް ވަރުގަދަކޮށް އެންމެ ފަހުން ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެ، އެ ތަންތަން ރައްޔިތުންގެ އަތްދަށަށް ގެނެސްފަ އެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވުމުގެ ކުރިން ރިޔާސީ ގަނޑުވަރާއި ބޮޑު ވަޒީރުގެ ގެކޮޅު ދޫކޮށް ނުލާނެ ކަމަށް މުޒާހަރާކުރާ މީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox