ގޯގޯ ލަތީފްގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް

ލަތީފްގެ ހަނދާނުގައި މަޖިލީހުގައި މިއަދު ހުޅުވަން ނިންމާފައިވާ ތައުޒިޔާގެ ދަފްތަރު-- ފޮޓޯ: މަޖިލިސް

ލަތީފްގެ ހަނދާނުގައި މަޖިލީހުގައި މިއަދު ހުޅުވަން ނިންމާފައިވާ ތައުޒިޔާގެ ދަފްތަރު-- ފޮޓޯ: މަޖިލިސް

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެޕާޓީގެ އެެއް ބާނީ މުހައްމަދު ލަތީފު (ގޯގޯ ލަތީފު)ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ރައްޔިތުންގެ މަޖިލީހުގައި ހުޅުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ މެންބަރުކަން ކުރެއްވި މެމްބަރު މުހައްމަދު ލަތީފު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް އުމުރުން 70 އަހަރުގަ އެވެ.

ލަތީފްގެ ހަޔާތުގެ ފަހު ދުވަސްތައް އޭނާ ހޭދަ ކުރެއްވީ ސްރީ ލަންކާގަ އެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރެއްވުމުގެ އިތުރުން ކުރިން ލަތީފަށް ހުންނެވީ ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހިފަ އެވެ.

Advertisement

ތައުޒިޔާގެ ދަފުތަރު ހުޅުވާފައި ވަނީ އިއްޔެ ހަވީރު ރައްޔިތުން މަޖިލީހުގަ އެވެ. އޭގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސޮއި ކުރައްވާފަ އެވެ.

ގޯގޯ ލަތީފަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އިސްލާހީ ބަދަލުތައް ގެންނަން އެންމެ ފުރަތަމަ މަސައްކަތް ފެށި އިރު އެހަރަކާތުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެކަމުގެ ތެރޭގައި އޭނާ ޖަލަށް ވެސް ލި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް އޭނާ އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި 2001 ވަނަ އަހަރު އެމްޑީޕީ ރަޖިސްޓްރީ ކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ލަތީފު ހިމެނިވަޑައިގެންނެވި އެވެ. އޭނާ އެޕާޓީއާ ދުރަށް ވަޑައިގެންނެވީ 2008 ވަނަ އަހަރު އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބުނު ފަހުން، އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox