ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކޮށްފައިވާ އަމުރު ދަމަހައްޓައިފި

ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކޮށްފައިވާ އަމުރު ދަމަހައްޓައިފި

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ފަރާތުން ބަންދު މުރާޖާއަށް އެދިފައިވާތާ ތިން މަސް ދުވަސް ފަހުން އޭނާ ބަންދުކޮށްފައިވާ އަމުރު ދަމަހައްޓަން ޝަރީއަތުން މިއަދު ނިންމައިފި އެވެ.

ލަމްހާގެ ފަރާތުން ބަންދު މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަދި މުޖުތަމައަށް ނުރައްކާ ކަމަށް ބުނާ ވަރަށް ދައުލަތަށް ހުށަހެޅި ހުށަހެޅިފައި ނުވާ ކަމަށް ބުނެ އެވެ. އަދި ޝަރުތުތަކަކާއެކު އޭނާގެ ބަންދަށް ލުޔެއް ދޭން އެދިފައިވެ އެވެ.

ނަމަވެސް ދައުލަތުން ގަބޫލު ކުރާ ގޮތުގައި ލަމްހާގެ ބަންދަށް ބަދަލެއް ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތި އެވެ. އަދި އޭނާ ބަންދު ކުރަން ޝަރީއަތުން ނިންމި އިރު އޮތް ހާލަތަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށް ދައުލަތުން ބުނެ އެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވެސް ބުރަވީ ދައުލަތުގެ ނުކުތާއަށެވެ. ލަމްހާގެ މައްޗަށް ކުރަނީ ބޮޑު ކުށްތަކެއްގެ ދައުވާއަށް ވެފައި ޝަރީއަތް ނިމެންދެން ލަމްހާ ބަންދު ކުރަން އަމުރު ނެރުނު ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ލަމްހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ދިން ލަފައަށް އަމަލު ނުކުރާ ކަމަށް ލަމްހާގެ ވަކީލުން ވިދާޅުވެ އެވެ. އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވާއިރު، ލަމްހާގެ ބުރަކަށީގައި ރެނދެއް ލާފައިވާ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވެ އެވެ.

ފުރަތަމަ އަމިއްލައަށް މަރުވި ކަމަށް ރިޕޯޓް ކުރި މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. ލަމްހާއަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. މާވިންއަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ.

ދިފާއީ ހެކިތައް ބަލައިނުގަންނަން ހުށަހެޅި

މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ފުރުސަތު ދިނެވެ. ދައުލަތުގެ ފަރާތުން މައިގަނޑު ހުށަހެޅުމަކަށް ހުށަހެޅީ، ލަމްހާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިތައް ބަލައިނުގަތުމަށެވެ.

ދިފާއީ ހެކީގެ ތެރޭގައި ގިނައީ ދައުލަތުން ވެސް ހުށަހަޅާފައިވާ ހެކިތަކެކެވެ. އެ ހެކިތައް އަލުން ހާޒިރުކުރުމުގެ ބޭނުމެއް ނެތް ކަމަށް ދައުލަތުން ގަބޫލު ކުރެ އެވެ. ހާޒިރުކުރާ ސަބަބުތަކުގެ ތެރޭގައި ވެސް އެއް ގޮތް ކަންތަކެއް ހުރި ނަމަވެސް ދިފާއުން އެދެނީ ދެ ފަހަރު މަތިން އެ ހެކި ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

މީގެ އިތުރަށް ތަހުގީގަށް ބަޔާން ދީފައިވާ ބައެއް ފަރާތްތައް ވެސް ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ދައުލަތުން މިއަދު ބުނި ގޮތުގައި އެ ހެކިތައް ހުށަހަޅަނީ ތަހުގީގަށް ދިން ބަޔާނާ ދިމާ އިދިކޮޅަށް ވާހަކަ ދެއްކުމަށެވެ. އެހެންވެ އެ ހެކީގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ބުނެ އެވެ.

ދިފާއުން މައިގަނޑު ގޮތެއްގައި ހުށަހެޅީ ހެކިތައް ހާމަކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި ވީޑިއޯ ފުޓޭޖްތަކެއް ހޯދީ ކޯޓު އަމުރެއް ހޯދައިގެންތޯ ޔަގީން ކޮށްދޭން ވެސް ދިފާއުން އެދިފައިވެ އެވެ.

މި ކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ވީޑިއޯތައް ހޯދާފައިވަނީ ކެމެރާ ހަރުކޮށްފައިވާ ތަނުގެ ވެރިފަރާތުގެ ރުހުން ހޯދައިގެން ކަމަށެވެ. ވެރިފަރާތުގެ ރުހުން އޮންނަ ހާލަތްތަކުގައި ކޯޓު އަމުރެއް އޮތުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ އައިޖީއެމްއެޗުން ހުއްދަ ނުނަގާ، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox