މާވިންއާ ދެކޮޅަށް 110 ހެކި، ދިފާއީ ހެކި ހުށަހަޅަން ފަހު ފުރުސަތެއް ދީފި

މޭރީ ގްރޭސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ، އޭނާގެ ފިރިމީހާ މާވިން: މާވިންއާ ދެކޮޅަށް ދައުލަތުން 110 ހެކި ހުށަހެޅި

މޭރީ ގްރޭސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ، އޭނާގެ ފިރިމީހާ މާވިން: މާވިންއާ ދެކޮޅަށް ދައުލަތުން 110 ހެކި ހުށަހެޅި

އައިޖީއެމްއެޗްގައި ވަޒީފާ އަދަކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލުމުގެ ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާ ދެކޮޅަށް ދައުލަތުން 110 ހެކި މިއަދު ހުށަހަޅައިފި އެވެ. އަދި މާވިންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅަން އަދި އިތުރު ފުރުސަތެއް ދޭން ޝަރީއަތުން ނިންމި އެވެ.

މޭރީ މަރާލުމުގެ ދައުވާ އުފުލިފައިވަނީ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށެވެ. އަދި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ މައްޗަށް އުފުލާފައިވެ އެވެ. މި ތިން މީހުން ވެސް ދިޔައީ އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުންނެވެ.

ދެ ފަރާތުން ހުށަހަޅާ ހެކި ހާމަކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި މާވިންއަށް އުފުލާފައިވާ ދައުވާ ސާބިތު ކުރަން ހުށަހެޅި ޖުމުލަ 110 ހެކީގެ ތެރޭގައި ހިމެނެނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.

ކިތާބީ ހެކިތަކުގެ ތެރޭގައި ދައުލަތުން ހުށަހަޅާފައިވާ ހެކީގެ ތެރޭގައި މިހާތަނަށް ނުލިބި އޮތީ އެންމެ ލިޔެކިޔުމެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެއީ ހެކި ލިސްޓުގެ 105 ނަންބަރުގައި އޮތް، މޭރީ އާއި މާވިންގެ ދަރިފުޅު އޮލިވާ ގްރޭސްގެ ސައިކޮލޮޖިކަލް އެސަސްމަންޓް ރިޕޯޓް އެވެ.

އޮލިވާ ގްރޭސްގެ ސައިކޮލޮޖިކަލް އެސަސްމަންޓް ރިޕޯޓް ލަސްވެގެން ދަނީ ފިލިޕީންސް އިން އެ ރިޕޯޓް ތައްޔާރު ކުރާތީ ކަމުގައި ދައުލަތުން ވިދާޅުވި އެވެ. މަރުގެ އެ ހާދިސާއަށް ފަހު، އާއިލާގެ އެހެން މީހުނާއެކު އޮލިވާ ފިލިޕީންސްއަށް ދިޔައީ އެވެ.

މީގެ ކުރިން ވެސް އެ ލިޔެކިއުން ނުލިބޭކަން ދައުލަތުން ފާހަގަ ކުރެއްވުމުން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އިބްތިދާއީ މަރުހަލާ ނިމެންދެކަށް އެ ލިޔެކިއުން ހުށަހަޅަން ފުރުސަތު ދެއްވައިފަ އެވެ. ގާޒީގެ އެ ނިންމެވުން މިއަދު ވެސް ވަނީ ދަމަހައްޓަވައިފަ އެވެ.

މިއަދުގެ އަޑުއެހުމަށް ދިފާއީ ހެކި ހާމަކުރަން އޮތް ނަމަވެސް ހެކި ހާމައެއް ނުކުރެ އެވެ. ދިފާއީ ވަކީލް އިސްމާއީލް މުހައްމަދު އެދިވަޑައިގަތީ އިތުރު ފުރުސަތެއް ދެއްވުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މާވިންއަކީ އެހެން ގައުމެއްގެ މީހަކަށް ވާތީ މުއާމަލާތް ކުރުމުގައި ވެސް ދަތިކަމެއް ހުރި ކަމަށެވެ.

ދިފާއީ ހެކި ހުށަހަޅަން އުތުރު ފުރުސަތެއް ދޭން ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ދައުލަތުގެ ހެކިތަކާއި ދިފާއީ ހެކިތައް އެއް މަޖިލީހެއްގައި އިއްވުމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނާތީ ދެން އިތުރު ފުރުސަތެއް ދެވިގެން ނުވާނެ އެވެ.

ނަމަވެސް ގާޒީ ފާއިޒް ވަނީ އިތުރު ހަތް ދުވަހުގެ ފުރުސަތެއް ދިފާއަށް ދެއްވައިފަ އެވެ. އޭގެ އިތުރަށް މިއަދަށް ދިފާއީ ހެކި ހާމަނުކުރެވުނު ސަބަބު ތަފްސީލްކޮށް ބަޔާންކޮށް ލިޔުމުން ކޯޓަށް ހުށަހަޅުއްވަން ވެސް ގާޒީ އެންގެވި އެވެ. އަދި އެއީ ދެވޭނެ އެންމެ ފަހު ފުރުސަތު ކަމުގައި ވިދާޅުވި އެވެ.

މާވިންއާ ދެކޮޅަށް 110 ހެކި ހުށަހެޅިއިރު މިއީ މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ލަމްހާއާ ދެކޮޅަށް ވެސް ދައުލަތުން ހުށަހެޅި 110 ހެއްކެވެ. ދެ މީހުންގެ މައްސަލަ އަދި ވަކިވަކިން ގެންދިޔައަސް ޝަރީއަތުގެ މަރުހަލާ ގެންދާނީ އެކުގައި ކަމަށް ގާޒީ ފާއިޒް ކުރިން ވިދާޅުވެފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ އައިޖީއެމްއެޗުން ހުއްދަ ނުނަގާ، ނުރައްކާތެރި ބައެއް ބޭސްތަކެއް ނެގި ކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox