ޚާންޖީ ރެސްޓޯރަންޓްގެ މަރު: އާބިދާ ދެކޮޅަށް ދައުލަތުގެ 11 ހެއްކެއްގެ ހެކިބަސް ކުރިއާލާ ނަގަނީ

ޚާންޖީ ރެސްޓޯރަންޓްގެ ބަންގްލަދޭޝް ވެއިޓަރު މަރާލި ކަމުގެ ދައުވާކޮށްފައިވާ މުހައްމަދު އާބިދު: އާބިދާ ދެކޮޅަށް 11 މީހެއްގެ ހެކިބަސް ކުރިއާލާ ދައުލަތުން ނަގަނީ

ޚާންޖީ ރެސްޓޯރަންޓްގެ ބަންގްލަދޭޝް ވެއިޓަރު މަރާލި ކަމުގެ ދައުވާކޮށްފައިވާ މުހައްމަދު އާބިދު: އާބިދާ ދެކޮޅަށް 11 މީހެއްގެ ހެކިބަސް ކުރިއާލާ ދައުލަތުން ނަގަނީ

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ 11 މީހެއްގެ ހެކިބަސް ޝަރީއަތް ފެށުމުގެ ކުރިއަށް ކުރިއާލާ ނަގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އާބިދުގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު އެ ގޮތަށް ނިންމެވީ ދައުލަތުގެ ފަރާތުން އެ ގޮތަށް ހުށަހެޅުއްވުމުންނެވެ.

"ދައުލަތުން އެދިފައި އެބަވޭ ފަހަށް ރައްކާތެރިކުރާ ގޮތަށް ކުރިއާލާ 11 ހެކިވެރިންގެ ހެކިބަސް ނަގަން، ޝަރީއަތުން މި ނިންމަނީ، ޖުލައި މަހުގެ ދެވަނަ ދުވަސްވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 މި ހެކިބަސްތައް ނެގުމަށް،" ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ކަމަކަށް ދައުވާ ރައްދުވާ މީހުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ދީފައިވާ ހައްގުތައް އާބިދަށް ގާޒީ ސާފުކޮށްދެއްވި އެވެ. ދައުލަތުން ދެން ވަނީ އޭނާއަށް ކުރާ ދައުވާ އިއްވައިފަ އެވެ. އަދި ދައުވާއަށް އާބިދުގެ ފަރާތުން ވަނީ ޖަވާބުދާރީވެފަ އެވެ.

އާބިދާ ހަވާލާދީ އޭނާގެ ދިފާއީ ވަކީލް އިބްރާހީމް އަލީ ވިދާޅުވީ ބަންގްލަދޭޝްގެ ވެއިޓަރު އެމްޑީ ޝާހިނަށް އާބިދު ތޫނު އެއްޗަކުން ހަމަލާދިނީ ރެސްޓޯރަންޓްގައި ހިނގި ހަމަނުޖެހުމަށް ފަހު އެ މީހަކު އާބިދަށް ހަމަލާ ދޭން އުޅުމުން އޭނާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ.

އާބިދަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް މަރުގެ އަދަބެއް ކަނޑައެޅޭނެ ކަން ދައުލަތުން ފާހަގަކުރި އެވެ. އެމްޑީ ޝާހީން މަރާލުމުގެ ނިޔަތް އޮތް ކަން ނުވަތަ އެ ކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވިކަން ސާބިތުވިޔަސް އޭނާއަށް 15 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަން ވެސް ދައުލަތުން ފާހަގަކޮށްދިނެވެ.

މީގެ އިތުރުން ތަހުގީގު ރިޕޯޓެއް ސިއްރުކޮށްދޭން ވެސް ދައުލަތުން އެދިފައިވެ އެވެ. އެ ކަމަށް އެދި، ހެކި ރައްކާތެރިކުރުމުގެ އަމުރެއް ޝަރީއަތުން ނެރެދޭން އެކަމަށް އެދޭ ފޯމު ވެސް ހުށަހަޅާފައިވާ ކަމަށް ދައުލަތުގެ ވަކީލުން މިއަދު ބުންޏެވެ. އެ ކަމާ މެދު ޝަރީއަތުން މިއަދު ވަކި ގޮތެއް ނުނިންމަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ވެސް 15 ދުވަހުގެ ފުރުސަތެއް ދެއްވައިފަ އެވެ. އަދި ދިފާއީ ހެކި ހުށަހަޅަން އާބިދަށް 10 ދުވަހުގެ ފުރުސަތެއް ދެއްވަން ވެސް ގާޒީ ނިންމެވި އެވެ.

މައްސަލައިގެ ފަސްފަހަތް

އާބިދަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާހިނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތުކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox