ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް ސޮއިކޮށްފި

Jun 22, 2022, 11:39 AM
ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް ސޮއިކޮށްފި

މިއުނިކް (ޖޫން 22) - ލިވަޕޫލް ދޫކޮށް ސެނެގާލްގެ ފޯވާޑް، ސަޑިއޯ މާނޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ.

މާނޭ، 30، ބަޔާނަށް މިއަދު ރަސްމީކޮށް ބަދަލުވީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓަކަށެވެ. އޭނާ ލިވަޕޫލް ދޫކޮށްލިއިރު، އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރަކެވެ. ބަޔާނުން މާނޭގެ ޑީލް ނިންމީ ޖުމްލަ އެކު ލިވަޕޫލަށް 43 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ.

ލިވަޕޫލާ އެކު އާ އެއްބަސްވުމެއް ހަދަން މާނޭ ބޭނުންވީ ހަފްތާ އަކު 440,000 ޑޮލަރު ލިބޭ ގޮތަށް ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ހެދުމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް ލިވަޕޫލުން ކުރިއަށް ނުދެ އެވެ. ބަޔާނުން މާނޭގެ ސޮއި ހޯދީ ވެސް ހަފްތާ އަކު 440،000 ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، ބަޔާނުން މާނޭ ގެންދިޔައީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި، ދެ ފަރާތް އެއްބަސްވާނަމަ އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށެވެ.

ބަޔާނަށް ސޮއިކުރުމަށް ފަހު މާނޭ އެ ޓީމުގެ ޖޯޒީ ދައްކާލަނީ.--- ފޮޓޯ: ބަޔާން

ބަޔާނަށް ބަދަލުވުމަށް ފަހު ދިން އިންޓަވިއުގައި މާނޭ ބުނީ އޭނާ އަށް އެހެން ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވަނިކޮށް ބަޔާނާ ގުޅެން ނިންމީ މާ ބޮޑަށް ވިސްނަން ނުޖެހުނު ކަމަށެވެ.

"ބަޔާނަކީ ކޮން ފެންވަރެއްގެ ޓީމެއްކަން އަހަންނަށް ކުރިން ވެސް އެނގޭ. އެހެންވީމަ، ބަޔާން ކަހަލަ ދުނިޔޭގެ މެދުގައި ވެސް މަޝްހޫރު ކްލަބަކަށް ބަދަލުވާން މާ ބޮޑަށް ވިސްނަން ނުޖެހުނު. ބަޔާނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުން، މިއީ މި ޗެލެންޖް ނަގަން އެންމެ ރަނގަޅު ވަގުުތު،" ބަޔާންގެ ރަސްމީ މީޑިއާ ޗެނަލަށް ދިން އިންޓަވިއުގައި މާނޭ ބުންޏެވެ.

ސައުތެމްޓަން ދޫކޮށް 41 މިލިއަން ޑޮލަރުގެ ފީ އަކަށް 2016 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި މާނޭ ވަނީ އެ ޓީމަށް، ޖުމްލަ ހަ ސީޒަނުގައި ކުޅެދިން 269 މެޗުން 120 ގޯލުޖަހައި 38 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލިވަޕޫލާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕާއި އިނގިރޭސި އެފްއޭ ކަޕް އަދި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ.

މި އަހަރަކީ މާނޭ އަށް ގައުމީ ޓީމުގެ ލެވަލްގައި ވެސް ކާމިޔާބު އަހަރެކެވެ. އެ ގޮތުން އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ނިމުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގާލަށް ހޯދައިދޭން އިސް ރޯލެއް ކުޅެފަ އެވެ. އަދި ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕުން ސެނެގާލަށް ފުރުސަތު ހޯދައިދިނުމުގައި މާނޭ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox