މާނޭ ބަޔާނަށް ވިއްކާލަން ލިވަޕޫލުން ނިންމައިފި

Jun 17, 2022, 7:44 PM
މާނޭ ބަޔާނަށް ވިއްކާލަން ލިވަޕޫލުން ނިންމައިފި

ލަންޑަން (ޖޫން 17) - ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވިއްކާލަން ނިންމައިފި އެވެ.

މާނޭ، 30، ވަނީ މިދިޔަ ސީޒަނަށް ފަހު، ލިވަޕޫލް ދޫކޮށްލަން ބޭނުންވާކަން ކްލަބަށް އަންގައިފަ އެވެ. ލިވަޕޫލުން މާނޭގެ އެދުމާ އެއްގޮތަށް ކުރިއަށްދާން ނިންމީ މިދިޔަ އަހަރުން ފެށިގެން މާނޭ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ކުރި މަސައްކަތް ކާމިޔާބުނުވުމުންނެވެ.

އަންނަ އަހަރު ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި މާނޭ ބޭނުންވީ ހަފްތާ އަކު 440,000 ޑޮލަރު ލިބޭ ގޮތަށް ލިވަޕޫލާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ހެދުމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް ލިވަޕޫލުން ކުރިއަށް ނުދެ އެވެ. ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ވެސް ވަނީ 480،000 ޑޮލަރު ހަފްތާ އަކު ލިބޭ ގޮތަށް ކޮންޓްރެކްޓް އާ ކުރަން ލިވަޕޫލަށް ހުށަހަޅައިފަ އެވެ. އެކަމަކު، އަންނަ ސީޒަނުގެ ނިޔަަލަށް ކޮންޓްރެކްޓްގައި ހުރި ސަލާހާ އެކު ލިވަޕޫލުން އަންނަނީ މަޝްވަރާތަކެއް ބާއްވަމުންނެވެ.

ލިވަޕޫލަށް ހަތް އަހަރު ކުޅެދިން މާނޭ ހޯދަން ބަޔާނުން ފުރަތަމަ ހުށަހެޅި ދެ ބިޑް ވެސް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެއީ ބަޔާނުން ފުރަތަމަ ހުށަހެޅީ ޖުމްލަ އެކު 35 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރު ލިބޭ ބިޑެއް ކަމަށްވާތީ އެވެ. އެކަމަކު، ބަޔާންގެ ތިން ވަނަ ހުށަހެޅުން ކަމަށްވާ، ޖުމްލަ އެކު، 52 މިލިއަން ޑޮލަރުގެ ޑީލަށް ލިވަޕޫލުން އެއްބަސްވީ އެވެ.

"ޑީލް ނިމިއްޖެ، ސަޑިއޯ (މާނޭ) ބަޔާނާ ގުޅޭނެ،" ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗް ބުންޏެވެ.

ސައުތެމްޓަން ދޫކޮށް 41 މިލިއަން ޑޮލަރުގެ ފީ އަކަށް 2016 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި މާނޭ ވަނީ އެ ޓީމަށް ކުޅެދިން 269 މެޗުން 120 ގޯލުޖަހައި 38 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލިވަޕޫލާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕާއި އިނގިރޭސި އެފްއޭ ކަޕް އަދި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ.

މާނޭ، ކްލަބް ދޫކޮށްލާނެކަން އެނގޭތީ ލިވަޕޫލުން ވަނީ ބެންފީކާ އަށް ކުޅެމުން އައި އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް ސޮއިކޮށްފަ އެވެ.

މި އަހަރަކީ މާނޭ އަށް ގައުމީ ޓީމުގެ ލެވަލްގައި ވެސް ކާމިޔާބު އަހަރެކެވެ. އެ ގޮތުން އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ނިމުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގާލަށް ހޯދައިދޭން އިސް ރޯލެއް ކުޅެފަ އެވެ. އަދި ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕުން ސެނެގާލަށް ފުރުސަތު ހޯދައިދިނުމުގައި މާނޭ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ.

ބަޔާނުން މާނޭ ގަންނަން ކުރާ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން އެ ޓީމަށް ކުޅެމުން އައި އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ ވިއްކާލާނެ ކަަމަށް ޖަރުމަނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox