ބަޔާނުން މާނޭ ގަންނަން ސަބިޓްޒާ ވިއްކާލަނީ

Jun 16, 2022, 2:51 AM
ބަޔާނުން މާނޭ ގަންނަން ސަބިޓްޒާ ވިއްކާލަނީ

މިއުނިކް (ޖޫން 16) - ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ގަންނަން ކުރާ މަސައްކަތުގައި ބަޔާން މިއުނިކުން އެ ޓީމަށް ކުޅޭ އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ ވިއްކާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސެނެގާލް ގައުމީ ޓީމުގެ ތަރި، މާނޭ، 30، ހޯދަން ބަޔާނުން ކުރި ދެ ބިޑެއް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ލިވަޕޫލުން މާނޭ ވިއްކާލަން ކިޔާ އަގު އުޅެނީ 45 މިލިއަން ޑޮލަރުގަ އެވެ. ބަޔާނުން އެންމެ ބޮޑަށް ވެސް ހުށަހަޅަން މި ވަގުތު ތައްޔާރަށް އޮތީ 35 މިލިއަން ޑޮލަރު ކަމަށް ޖަރުމަނުގެ ބިލްޑް ނޫހުން ރިޕޯޓްކުރެ އެވެ.

Advertisement

މާނޭ ވަނީ ބަޔާނަށް ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ބަދަލުވާން އެއްބަސްވެފަ އެވެ. އެކަމަކު، އެ ޑީލް ކުރިއަށް ދެވޭނީ ލިވަޕޫލާއި ބަޔާނުން މާނޭގެ ޓްރާންސްފާ ފީއަކާ މެދު އެއްބަސްވެގެންނެވެ. ލިވަޕޫލުން ޖުމްލަ އެކު 105 މިލިއަން ޑޮލަރު ދައްކާގޮތަށް ބެންފީކާ އަށް ކުޅެމުން އައި އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް ގަތުމާ އެކު، މާނޭ ވިއްކާލާނެކަން ވަނީ ޔަގީންވެފަ އެވެ.

ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މާނޭ ހޯދަން ލިވަޕޫލުން ކިޔާ އަގު ހޯދަން ބަޔާނުން އެ ޓީމަށް ކުޅޭ ސަބިޓްޒާ ދޫކޮށްލަން އޮތީ ތައްޔާރަށެވެ. މިދިޔަ ސީޒަނުގައި އާރްބީ ލައިޕްޒިގު ދޫކޮށް ސަބިޓްޒާ ބަޔާނަށް ބަދަލުވީ 18 މިލިއަން ޑޮލަރަށެވެ. އެކަމަކު، ބަޔާނުގެ ފުރަތަމަ އެގާރައިން ސަބިޓްޒާ އަށް ފުރުސަތު ނުލިބޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަބިޓްޒާ، 28، ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން އިޓަލީގެ އޭއެސް ރޯމާ އާއި ސްޕެއިނުގެ ވިޔަރެއާލާއި ސެވިއްޔާ އިން ވެސް ސަބިޓްޒާ އަށް ބިޑްކުރުން އެކަށީގެންވެ އެވެ. ޖަރުމަނުގެ ބިލްޑުން ރިޕޯޓްކުރާ ގޮތުގައި ސަބިޓްޒާ ވިއްކާލަން ބަޔާނުން ކިޔާ އަގު އުޅެނީ 20-30 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox