ގާޒީ އާދަމަށް އިންޒާރު ދިން މީހާ ޓެގް އަޅުވައި މޮނިޓާކުރަން އެމްޑީޕީން ގޮވާލައިފި

ގާޒީ އާދަމަށް އިންޒާރު ދިން މީހާ ޓެގް އަޅުވައި މޮނިޓާކުރަން އެމްޑީޕީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ޝަރީއަތުން ތަނާޒުލްވި ގާޒީ އާދަމް މުހައްމަދަށް އިންޒާރު ދިން މީހާ ޓެގް އަޅުވައި މޮނިޓާ ކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

ގާޒީ އާދަމަށް އިންޒާރު ދިނީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ މ. ކުދެހިގެ އިސްހާގުގެ ދަރިފުޅު މުހައްމަދު އިއުފާފު އިސްހާގެވެ. ގާޒީ އާދަމާއި އޭނާގެ އާއިލާއަށް އޭނާ މަރުގެ އިންޒާރު ދިނީ ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތަކާ ގުޅިގެނެވެ. އެ މައްސަލާގައި ދައުވާ އުފުލުނު މ. ކުދެހިގެ ހަސަން ޝިފާޒްއަކީ އިއުފާފުގެ ބޮޑުބެއެކެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ "ގާޒީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި ހުރުމުން ކަމުގައި ވުމަކީ، މި ޕާޓީން ކުށްވެރިކުރާ ކަމެއް" ކަމަށެވެ.

Advertisement

ބިރު ދެއްކުމުގެ މައްސަލައަށް ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ތަންފީޒީ އިދާރާތަކުން މި މައްސަލަ ބަލައި ވީހާވެސް އަވަހަށް ދައުވާ ކުރަން ފޮނުވުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ. އަދި އަމަލު ހިންގި ފަރާތް، ޓެގް އަޅުވައި މޮނިޓާ ކުރަން ވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.

މީގެ އިތުރަަށް ވީހާވެސް އަވަހަށް މެއި ހައެއް ހަމަލާގެ ޝަރީއަތް ބައްލަވާ ގާޒީންގެ ބެންޗު އެކުލަވާލައި ކައިރިކައިރީ ގިނަ އަޑުއެހުންތަކެއް ބާއްވައިގެން މައްސަލަ ކުރިއަށް ގެންގޮސް އިންސާފުވެރިކަމާއެކު ނިންމައިލަން ވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.

ގާޒީ އާދަމަށް އިންކާރު ދިން މީހުންގެ ތެރޭގައި އިސްހާގުގެ ދަރިއެއް ހުރިކަން އެނގުނީ ވެސް އެ ކަން ފާހަގަކޮށް އިސްހާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވުމުންނެވެ. ގާޒީއަށް އިންޒާރު ދިން މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން ޝިފާޒްގެ މައްޗަށް ދަށު ކޯޓުގައި ދައުވާ ސާބިތުވެފައެއް ނުވެ އެވެ. އެ މައްސަލާގައި ދޫވި ބައެއް މީހުންގެ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް ޝިފާޒްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައެއް ވެސް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox