އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާތީ އޭނާ މިއަދު މައްސަލައެއް ހުށަހެޅުއްވި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާތީ އޭނާ މިއަދު މައްސަލައެއް ހުށަހެޅުއްވި

މީހުންގެ ރުހުމާ ނުލައި ސިޔާސީ ޕާޓިތަކަށް ވެއްދުމާއި ވަކިކުރުމުގެ ކަންތައް ތަކުރާރުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) މިއަދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގާނޫނާ ހިލާފަށް ޕާޓީތަކަށް މީހުން ވައްދާތީ، ޕާޓީއެއްގެ ދަފުތަރުގައި ޖެހެން ބޭނުން ނުވާ ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައިވާ ކަމަށެވެ. ޕާޓީތަކަށް އެގޮތަށް މީހުން ވެއްދުމަކީ ޕާޓީ ނިޒާމަށް މީހުން ކުރާ އިތުބާރު ކުޑަވެ، މީހުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށް ވެސް މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވި އެވެ.

މީހުންނަށް ނޭނގި ޕާޓިތަކަށް ވެއްދުމާއި ވަކިކުރުމުގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން އަންނަ ގޮތާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައަށް މިއަދު ކުރި ބަހުސްގައި މެމްބަރުން ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކަށް ވައްދާފައިވާ މީހުންނަށް އެމީހުންގެ ހައްގު ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ އަށް ސަަމާލުކަން ލިބުނީ ވެރިިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ މެމްބަރުންގެ ދަފުތަރު އިލެކްޝަންސް ކޮމިޝަނުގައި އޮންނަ، ސިޔާސީ ޕާޓީތަކުގެ ދަފްތަރާ އެއްގޮތް ކުރުމުގެ މަސައްކަތް ފެށި ހިސާބުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އެޕާޓީގެ ދަފްތަރާއި އީސީގެ ދަފްތަރު އެއްގޮތް ކުރުމުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ނިންމުމުން މެމްބަޝިޕް އޮތީ ކޮންޕާޓީއެއްގައި ތޯ ގިނަ ބަޔަކު ބެލި އިރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން ވެސް އީސީގައި، އެޕާޓީގެ މެމްބަރުންގެ ގޮތުގައި ދަފްތަރުކޮށްފައެއް ނެތެވެ.

މަޖިލީހަށް މިއަދު މައްސަލަ ހުށަހެޅުއްވި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ މަންމައާއި ބައްޕަ އަށް ނޭނގި އަދާލަތު ޕާޓީއަށް ވައްދާފައިވާ މައްސަލަ އޭނާ ވަނީ އީސީއަށް ހުށަހަޅުއްވައިފަ އެވެ.

މައްސަލަ ހައްލުކުރަން އީސީގެ ފިޔަވަޅުތަކެއް

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެފައިވާއިރު، އެ ގޮތަށް ހުށަހަޅާ ސައްހަ ނޫން ފޯމުތަކަށް ބޮޑު ޖޫރިމަނާއެއް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ނިންމައިފަ އެވެ.

މިގޮތުން، ޕާޓީ އަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް، ޕާޓީ 10،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރުން ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަން ނިންމާފައިވެ އެވެ.

ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000ރ. އިން އަދި އޭގެ ފަހުން 10،000ރ.އިން ޖޫރިމަނާކުރާނެ އެވެ.

އެ ފިޔަވަޅު އަޅާނީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުށަހަޅާފައިވާ ފޯމުތަކަށް ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް، ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ، ޕާޓީތަކަށް އަދަބު ދީގެން ނުހުއްޓުވޭނެ ކަމަށް ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox