ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން 12 އަށް އިތުރުކޮށްފި

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެނިއުމަރޭޓަރަކު ނަގަނީ --- ފޮޓޯ: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެނިއުމަރޭޓަރަކު ނަގަނީ --- ފޮޓޯ: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގައި މަސައްކަތްކުރުމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ޖޫން 12، އަށް އިތުރުކޮށްފި އެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4400 މީހުން ބޭނުންވެ އެވެ. އެއީ މާލެ ސަރަހައްދަށް 2409 މީހުންނާއި އަތޮޅުތަކަށް 1991 މީހުންނެވެ.

ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ ނިޔަލަށެވެ. ނަމަވެސް، އަދިވެސް މާލެއަށް ބޭނުންވާ ވަރަށް މީހުން ހަމަނުވާތީ އެ މުއްދަތު އިތުރުކުރަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނިންމީ އެވެ.

މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އޮންލައިންކޮށް އެޕްލައިކުރެވޭނެ އެވެ. އުމުރުން 18 އަހަރު ނުވާ ކުދިންނަށް ވެސް ބެލެނިވެރިއެއްގެ ހުއްދަ އާއެކު މި ހަރަކާތުގައި ބައިވެރިވެވޭނެ އެވެ.

"މިހާތަނަށް އައި އިރު ވަރަށް ގިނަ ރަށް ރަށުން މިވަނީ އަޅުގަނޑުމެން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ހަމަވެފައި، މިހާރު ބޭނުންވާ ވަރަށް ހަމަ ނުވަނީ މާލެ ސަރަހައްދުން. ޓްރެއިނަރުންނަށް ވެސް ވަރަށް ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވޭ، އެހެންކަމުން މިހާރު ޓްރެއިނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ބަންދުވެފައި،" މި ނޫހަށް މައުލޫމާތު ދެއްވަމުން ސްޓެޓިސްޓިކްސް ބިއުރޯ އިން ބުންޏެވެ.

މުސާރަ އާއި އެލަވަންސް

  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވެންސެއް ދޭނެ އެވެ. އަދި އިތުރަށް 10ރ ގެ އެލަވެންސެއްވެސް ދެ އެވެ. (އެއީ 7-11 ދުވަހަަށް)
  • ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ދޭން ހަމަޖެހިފައިވެ އެވެ. އެ ތަމްރީނު ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100ރ. ދޭނެ އެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސް ދޭން ހަމަޖެހިފައި ވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމަ އެވެ.

ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގަ އެވެ. މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މަސައްކަތް ކުރަން ޖެހޭ ދުވަސްތައް:

  • މާލެ ސަރަހައްދު: ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 14 އިން 15 އަށެވެ. އަދި 17 އިން 25އަށް ކުރިއަށް ދާނީ ބޯހިމެނުމުގެ އަމަލީ އޮޕަރޭޝަނަށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެ އެވެ.
  • ބޮޑެތި ރަށްތައް: މި ރަށްތަކުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ވެސް 14 އިން 15އަށެވެ. ނަމަވެސް މި ރަށްތަކުގައި ބޯހިމެނުމުގެ އަމަލީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 17އިން 22 އަށެވެ.
  • ކުދި ރަށްތައް: މި ރަށްތަކުންވެސް މައުލޫމާތު އެއްކުރާނީ 14 އިނަ 15 އަށެވެ. އަދި އަމަލީ އޮޕަރޭޝަން ކުރާނީ 17 އިން 21އަށެވެ

މި އަހަރު ކުރިއަށްގެންދާ ބޯހިމެނުުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ޓެބްލެޓް ބޭނުންކޮށްގެންނެވެ. މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ބޯހިމެނުމެވެ. އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox