ދަތިތަކާއި ޝަކުވާ އައްސަވައިފި: ކައުންސިލަރުންނަށް ރައީސް ދެއްވީ ޔަގީންކަން

ރައީސް ސޯލިހު, ޕޮލިސީ ސެކްރެޓްރީ ހަމްދާންއާއެކު: "ވިއަވަތި" ކޮންފަރެންސް ނިންމާލީ އުއްމީދީ މަޝްވަރާތަކަކަށްފަހު - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު, ޕޮލިސީ ސެކްރެޓްރީ ހަމްދާންއާއެކު: "ވިއަވަތި" ކޮންފަރެންސް ނިންމާލީ އުއްމީދީ މަޝްވަރާތަކަކަށްފަހު - ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކާއި އަންހެނުން ތަރައްގީކުރާ ކޮމިޓީތަކުގެ ރައީސުން އެއްތަނަކަށް ގެނެސް, ބާރުތައް ދޫކޮށްލާފައި އޮތް ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ބަލައި, އޭގެ ހައްލުތަކާ މެދު މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އއ. އުކުޅަހުގައި ކޮންފަރެންސްއެއް ރޭއްވެވި އެވެ. އެ ކޮންފަރެންސް ނިންމައި, ބަނދަރުމަތީ ޖަހާފައިހުރި ބޮޑު ޓެންޓުން ރައީސާއި ކައުންސިލަރުން ނުކުމެވަޑައިގެންނެވީ ޔަގީންކަމަކާ އެކު އެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި މެދުރާއްޖެތެރެއަށް ނިސްބަތްވާ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރި އެވެ. އެގޮތުން, ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ލިބޭ މިންވަރު މަދުވުމާއި ކޮމިޓީތަކުގެ ބަޖެޓް ކުޑަވުމާއި އެކަށީގެންވާ ވަސީލަތްތައް ނެތުން ފާހަގަކުރެވެ އެވެ.

އޭގެއިތުރުން, އަތޮޅު އަދި ރަށު ކައުންސިލްތަކުގެ އިހްތިސޯސްއާ ގުޅޭ ގޮންޖެހުންތަކާއި ގާނޫނުން ލާޒިމްކުރާ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ފަންނީ ގާބިލުކަން ނެތުމުގެ ސަބަބުން, އެ މަސައްކަތް ކުރުން ލަސްވެ ދިމާވާ ދަތިތައް ވެސް ކައުންސިލަރުން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ކޮންފަރެންސް މިއަދު މެންދުރު ނިންމާލާފައިވާއިރު, އެންމެ ފަހު ކަމެއްގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކައުންސިލަރުން ފާހަގަ ކުރި ހުރިހާ ކަމަކާ ގުޅޭ ގޮތުން މަޝްވަރާތައްކޮށް, އެކަމުގައި އަވަސް ހައްލުތަކެއް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ހުރިހާ ކައުންސިލަރުން ވެސް ޖުމްލަ ގޮތެއްގައި ފާހަގަކުރީ އެއް ކަންބޮޑުވުންތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މާލީ ބާރުވެރިކަން ކައުންސިލްތަކަށް މިހާރަށްވުރެ ބޮޑަށް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް, އެކަން ކުރުމުގައި މުޅި ދައުލަތުގެ އާމްދަނީއާމެދު ވިސްނަން ޖެހޭނެ ކަމަށާއި އެހެންކަމުން ކައުންސިލްތަކުގެ ބަޖެޓް ބޮޑުކުރުމާމެދު މިނިސްޓަރުންނާއެކު މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަނީ ފަސް ޕަސެންޓެވެ. ކޮންފަރެންސްގައި ކައުންސިލްތަކުގެ ރައީސުން ޑިމާންޑްކޮށްފައިވަނީ, އެ އަދަދު އަށަކަށް މަތި ކޮށްދިނުމަށެވެ. ކައުންސިލްތަކުގެ ބަޖެޓް ބޮޑުކުރުމުގެ ގޮތުން އިންވެސްޓްމެންޓް ފަންޑެއް އެކުލަވާލެއްވުމަށް ވެސް ކައުންސިލަރުން އެދިފައިވެ އެވެ. އަދި, މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އަތޮޅު ކައުންސިލްތަކަށް އެއްކޮށް ލިބޭނެ ގޮތް ހެދުމަށް ވެސް ޑިމާންޑްކޮށްފައިވެ އެވެ.

އެ ޑިމާންޑް ކޮންފަރެންސްގައި ކުރުމާއެކު ރައީސް ސޯލިހު ވަނީ އަތޮޅު ފިހާރަކުގެ ބަޖެޓް އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމަވާފައިވާކަން އިއުލާންކުރައްވާފަ އެވެ. އޭގެއިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ގްރީން ޓެކްސްއިން ބައެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާކަން ކޮންފަރެންސްގައި ވަނީ ހާމަކޮށްފަ އެވެ.

އަތޮޅު ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރުމާއެކު, އަންހެނުން ކޮމިޓީތަކުގެ މާލީ ބާރުވެރިކަމާއެކު ވެސް ކޮންފަރެންސްގައި ބަހުސްކޮށްފައިވެ އެވެ.

ރައީސް, ބައެއް ކައުންސިލަރުންނާއެކު ކޮންފަރެންސްއާއެކު: ރައީސް ވިދާޅުވީ ނަތީޖާ ރަނގަޅު ކަމަށް
ރައީސް, ބައެއް ކައުންސިލަރުންނާއެކު ކޮންފަރެންސްއާއެކު: ރައީސް ވިދާޅުވީ ނަތީޖާ ރަނގަޅު ކަމަށް

ރައީސް, ބައެއް ކައުންސިލަރުންނާއެކު ކޮންފަރެންސްއާއެކު: ރައީސް ވިދާޅުވީ ނަތީޖާ ރަނގަޅު ކަމަށް

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި, އަންހެނުންގެ ކޮމިޓީތަކަކީ ދާއިމީ ވަޒީފާތަކެއްގެ ގޮތުގައި ކަނޑައަޅައި އެ ތަންތަނުގެ މުސާރަ އާއި ބަޖެޓް އަދި ވަސީލަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ އެވެ. ކޮމިޓީތަކަށް ބޭނުންވާ ބިމާއި އިމާރާތް ހަމަޖެހިގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭގެއިތުރަށް, އަތޮޅާއި ރަށުގެ އިހްތިސޯސްއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހައްލުކޮށް, ވީހާވެސް ބޮޑަކަށް އިހްތިސޯސްއިން މަންފާ ހޯދައި އެ ބޭނުން ކުރެވޭ ގޮތްތައް ހެދުމަށް ވެސް މަސައްކަތްތައް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިހްތިސޯސް ކަނޑައެޅުމުގައި ރަށްރަށުގެ މަސްލަހަތު ފުށުނާރާ ގޮތަށް އިސްކަންދޭން ޖެހޭކަން ވެސް ފާހަގަކުރެއްވި އެވެ.

އިހްތިސޯސީ ބާރު ވީހާވެސް ބޮޑަކަށް ރަށު ކައުންސިލްތަކަށް ދިނުމަށްފަހު, އެ ބާރު އަތޮޅު ކައުންސިލްތަކަށް ކުޑަވުމަކީ މައްސަލައެއް ނޫން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްތައް ކުރިއަރައިގެން އަންނަންވީ ރަށު ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ކަމަށެވެ.

އެއާއެކު, ލޭންޑް ޔޫސް ޕްލޭން ހެދުމަށް ކައުންސިލްތަކަށް ދިމާވާ ދަތިތައް ވެސް ސަރުކާރުގެ އެހީއާއެކު ހައްލުކޮށް ދެއްވައި, އެ ޕްލޭންތައް ވީހާވެސް އަވަހަކަށް ފާސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮންފަރެންސް ނިންމާލުމަށްފަހު, ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެސް ރައީސް ސޯލިހު ފާހަގަ ކުރެއްވީ ކޮންފަރެންސްއިން ރަނގަޅު ނަތީޖާތަކެއް ނުކުތް ކަމެވެ. ގިނަ ކަންކަމާ މަޝްވަރާ ކުރެވި އޭގެ ހައްލުތަކާމެދު ވެސް ހިޔާލު ހޯދުނުކަން ރައީސް އުފަލާއެކު ފާހަގަކުރެއްވި އެވެ. މިފަދަ ކޮންފަރެންސްތަކުން ނެރެން ބޭނުންވާ ނަތީޖާއަކީ އެއީކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox