ކުނި މެނޭޖްކުރުމަށް ގްރީން ޓެކްސްއިން ބައެއް ކައުންސިލްތަކަށް ދެނީ

މިނިސްޓަރު ޝައުނާ, މިއަދު ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ގްރީން ޓެކުހުން ބައެއް ކައުންސިލްތަކަށް ދޭން ވަނީ ނިންމާފައި

މިނިސްޓަރު ޝައުނާ, މިއަދު ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ގްރީން ޓެކުހުން ބައެއް ކައުންސިލްތަކަށް ދޭން ވަނީ ނިންމާފައި

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކުހުން ބައެއް ސީދާ ކައުންސިލްތަކަށް ޖަމާކުރާ ގޮތަށް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

މެދުރާއްޖެތެރޭގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުން ކޮމިޓީތަކުގެ ރައީސުންނަށް އާމާޒުކޮށް މިއަދު އުކުޅަހުގައި ފެށި ކޮންފަރެންސްގައި ކައުންސިލްގެ ރައީސުން ވަނީ އެ ކައުންސިލްތަކަށް ދިމާވެފައިވާ ބައެއް ދަތިތައް ހާމަކޮށްފަ އެވެ.

އެގޮތުން, ކައުންސިލްތަކުގެ ރައީސުން އެންމެ ބޮޑު އުނދަގުލެއްގެ ގޮތުގައި ފާހަގަކުރީ, މާލީ ބާރުވެރިކަން ކުޑަވުމެވެ. ބަޖެޓް މަދުވުމާއި އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުކަން ގިނަ ބޭފުޅުން ފާހަގަކުރެއްވި އެވެ.

ދައުލަތަށް ނަގާ ގްރީން ޓެކްސްއިން ބައެއް ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތް ހެދުމަކީ ފައިދާވާނެ ކަމެއްގެ ކަމުގައި ކައުންސިލް ރައީސުން ހައްލެއްގެ ގޮތުގައި ދެއްކެވި އެވެ.

އެގޮތުން, ކައުންސިލަރުން ފާހަގަ ކުރައްވާ ގޮތުގައި, ގެސްޓްހައުސް ފަދަ ތަންތަނަށް އަންނަ ޓޫރިސްޓުން ގްރީން ޓެކްސް ދައްކާއިރު ރަށުގައި ހުންނަ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަށް ނުހުރުމަކީ އެ ތަންތަނުގެ ކަންބޮޑުވުމެއް ކަމެވެ. އެގޮތުން, މަގުގެ ހާލަތާއި ކުނި މެނޭޖްކުރުމާއި ޔޫޓިލިޓީ ހިދުމަތްތައް ދަށްވުން ފާހަގަކުރި އެވެ.

ގިނަ ރަށްތަކުން ލޯކަލް ޓޫރިޒަމް ހިންގައިގެން އާމްދަނީ ހޯދާއިރު, އެ ރަށްތައް ހިންގަން ޖެހެނީ ޓޫރިސްޓުންނަށް އެންމެ ރަނގަޅު ފެންވަރެއްގައި އެމީހުން ގަޔާވާނެ ގޮތަށެވެ. ނަމަވެސް, ރަށުގެ ގިނަ ކަންކަން ރަނގަޅުކުރުމަށް ކައުންސިލްތަކުގެ ބަޖެޓް ނުހުންނަކަން ކައުންސިލްތަކުން ފާހަގަކުރި އެވެ.

އެ ކަންބޮޑުވުން ކޮންފަރެންސްގައި ހިއްސާކުރުމުން, އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވި ގޮތުގައި, ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ގްރީން ޓެކްސްއިން ގްރާންޓެއް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށެވެ. މި ގްރާންޓްގެ ދަށުން ފައިސާ ދޫކޮށް, ކުނި ޓްރާންސްފާ ކުރުމުގެ ކަންކަން ވެސް ކައުންސިލްތަކަށް ކުރެވޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މާފުށީ ކައުންސިލްގެ ރައީސް, މިއަދު ޕްރެޒެންޓޭޝަނެއް ދެއްވަނީ --
މާފުށީ ކައުންސިލްގެ ރައީސް, މިއަދު ޕްރެޒެންޓޭޝަނެއް ދެއްވަނީ --

މާފުށީ ކައުންސިލްގެ ރައީސް, މިއަދު ޕްރެޒެންޓޭޝަނެއް ދެއްވަނީ --

ގްރީން ޓެކްސްއިން ބައެއް ކައުންސިލްތަކަށް ދޭން ނިންމާފައިވާއިރު, މިހާރު ގްރީން ޓެކްސްއިން ލިބޭ އާމްދަނީ އާންމު ގޮތެއްގައި ބޭނުން ކުރަނީ އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށާއި ފެނާއި ނަރުދަމާ, ރަށްރަށުގައި ގާއިމްކުރުމަށެވެ.

ގްރީން ޓެކްސްއަކީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. ރިސޯޓުތަކަށާއި ސަފާރީތަކަށް އަދި ހޮޓަލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ރެއަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގާ އިރު، ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރެއަކަށް ތިން ޑޮލަރެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox