ލަމްހާއާ ދެކޮޅަށް ދައުލަތުން 110 ހެކި، ދިފާއީ ހެކިންނަށް އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުން!

ލަމްހާއާ ދެކޮޅަށް ދައުލަތުން 110 ހެކި، ދިފާއީ ހެކިންނަށް އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުން!

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގައި ހަމަ އެ ހޮސްޕިޓަލްގައި ނަރުހެއްގެ ވަޒީފާގައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބައިވެރިވިކަން ސާބިތު ކުރަން ދައުލަތުގެ ފަރާތުން 110 ހެކި އަދި ދިފާއުގައި ލަމްހާގެ ފަރާތުން 11 ހެކި ހުށަހަޅައިފި އެވެ.

މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. މާވިން ވެސް މަސައްކަތް ކުރީ އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގަ އެވެ.

މިއަދު އޮންލައިންކޮށް ކްރިމިނަލް ކޯޓުން ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންގެ އަދަދު ހާމަކުރި އެވެ. ދައުވާގެ ޖަދުވަލުގައި ހެކިންގެ ލިސްޓު ހިމަނާފައިވާތީ ހެކިތަކުގެ ތަފްސީލަކަށް ދައުލަތުން ނުދެ އެވެ.

މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަމުގެ ދައުވާ ސާބިތު ކުރަން ހުށަހެޅީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހިމެނޭ ގޮތުން ޖުމްލަ 110 ހެކި ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރަށް އައިޖީއެމްއެޗްއިން ހުއްދަ ނަގައިގެން ނޫނީ އެ ހޮސްޕިޓަލުން ނުގެންދެވޭ ނުރައްކާތެރި ބޭސްތަކެއް ގެންދިޔަ މައްސަލަގާއި އިތުރު ދެ ދައުވާއެއް ވެސް ލަމްހާގެ މައްޗަށް އުފުލާފައިވެ އެވެ.

ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތު ކުރަން 11 ޝަފަހީ ހެކިންނާއި ހަތް ކިތާބީ ހެކި ހިމެނޭ ގޮތުން ޖުމުލަ 18 ހެއްކެއް ހުށަހަޅާފައިވެ އެވެ.

ދިފާއީ ހެކިން ހާމަކުރަން ލަމްހާއަށް ދިން ފުރުސަތުގައި ދިފާއީ ވަކީލު މުހައްމަދު ޔާމީން ވިދާޅުވީ ތިން ދައުވާއަށް ވެސް ހުށަހަޅަނީ ދާދި އެއް ހެކިތަކެއްކަމަށެވެ.

މި ގޮތުން އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑިރެކްޓަރު ޖެނެރަލް އޮފް ފާމަޝިސްޓްއާއި، މެޑިކަލް އޮފިސަރު ޑރ. ޔޫސުފް ޝާން ހެއްކަކަށް ހުށަހެޅި އެވެ. އެއީ ލަމްހާ ގެންދިޔަ ބޭސްތަކަކީ ހަމައެކަނި އައިޖީއެމްއެޗަށް ދޫކުރާ ބޭސްތަކެއް ނޫން ކަމާއި އެ ބޭސްތަކަކީ އައިޖީއެމްއެޗުން ގެންދިޔަ ބޭސްތަކެއް ނޫން ކަން ސާބިތު ކުރަން ހުށަހެޅި ހެކިތަކެކެވެ. ޕޯސްޓްމޯޓަމް ތައްޔާރު ކުރި ޑޮކްޓަރުން ވެސް ހެކިންގެ ގޮތުގައި ދިފާއުން ހުށަހެޅި އެވެ.

ސަން އޮންލައިންއަށް ލަމްހާ އިންޓަވިއު ދިން ނޫސްވެރިޔާ އަހްމަދު ސާއީލް އަލީއާއި، ލަމްހާގެ ގޭގައި ދިރިއުޅޭ ދެ މީހަކު ވެސް ލަމްހާގެ ފަރާތުން ހެކީގެ ގޮތުގައި މިއަދު ހުށަހެޅި އެވެ. ގޭގައި ދިރިއުޅޭ މީހުން ހެކިންގެ ގޮތުގައި ހުށަހެޅީ އެ ގެއަށް މާވިންއާއި މޭރީގެ ދަރިފުޅު ގޮވައިގެން ލަމްހާ އާންމުކޮށް އަބަދުވެސް އުޅޭ ކަން ސާބިތު ކޮށްދިނުމަށެވެ.

ދައުލަތުން ބުނަމުން އަންނަ ގޮތުގައި މޭރީ މަރާލި ދުވަހު އޭނާގެ ދަރިފުޅު އޮލިވާ ގްރޭސް ގޮވައިގެން ލަމްހާ އުޅުނީ މޭރީ މަރާލަން މާވިންއަށް މަގުފަހިކޮށްދިނުމަށެވެ. މާވިންއާއި ލަމްހާ ވެސް އެ ކަމަށް އިންކާރު ކުރާއިރު ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓްއެއް ތައްޔާރުކޮށްދޭން ވެސް ދައުލަތުން ވަނީ އެދިފަ އެވެ.

ނަމަވެސް އޮލިވިއާ ފިލިޕީންސްގައި ހުރިއިރު އެއީ އެ ގައުމުން ތައްޔާރު ކުރާ ރިޕޯޓަކަށް ވާތީ ރިޕޯޓް ލިބޭނެ ކަމަށް ނޭނގެ އެވެ. ހެކިބަސް ނަގަންވާއިރަށް އެ ރިޕޯޓް ހުށަނޭޅޭނަމަ ދެން ޝަރީއަތަށް ހެއްކެއްގެ ގޮތުގައި އެ ރިޕޯޓް ބަލައިނުގަންނާނެ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފަ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި، އައިޖީއެމްއެޗްގެ ޕޭޝަންޓް ޗާޓު ރިޕޯޓާއި ލަމްހާގެ ދަބަހުން ފެނުނު ބޭސްތަކުގައި ބެންޗު ނަންބަރުތައް ހިމެނީ އައިޖީއެމްއެޗްއާއި އެސްޓީއޯއަށް އެކަނި ދޫކުރާ ސްޓޮކްގައި ނޫންކަން ސާބިތު ކުރަން ކަސްޓަމްސްގެ މައުލޫމާތު ހޯދަން އަމުރެއް ނެރެދޭން ހުށަހަޅަން ނިންމާފައިވާ ކަން ވެސް ލަމްހާގެ ވަކީލުން މިއަދު ވިދާޅުވި އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ 15 ދުވަހުގެ މުއްދަތެއް ދެ ފަރާތެއް ދީފަ އެވެ. މީގެ އިތުރުން ތިން ދައުވާއަކީ ވެސް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށް ވެސް ގާޒީ ނިންމެވި އެވެ.

ލަމްހާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އިތުރު ޝަކުވާތަކެއް

ލަމްހާގެ ބަންދު މުރާޖައާ މެދު މިއަދު ވެސް ގާޒީ ގޮތެއް ނުނިންމަވަ އެވެ. އެއީ ލަމްހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބަންދު މުރާޖައާ ކޮށްދޭން ދިފާއުން ހުށަހެޅި ލިޔުމަށް ދައުލަތުން ދިން ރައްދުގެ ލިޔުން އަދިވެސް ނުލިބޭތީ އެވެ. އެ ކަމަށް ދައުލަތަށް ފަސް ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ.

ލަމްހާގެ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން ދައުލަތުން ކަރެކްޝަންސް އިން ސާފުކުރި ކަންކަން ވެސް ވިދާޅުވެދެއްވި އެވެ.

އެ ގޮތުން ބަރު އެއްޗެހި ނުއުފުލަން ޑޮކްޓަރުން ލަފާ ދިނުމުން ފާހާނާގެ ބާލިދީ ނަގަން ނުޖައްސަން ހޮޅިއެއް ހަމަޖެއްސި ކަން ދައުލަތުން ފާހަގަ ކުރެއްވި އެވެ. ސިޑިން އަރަން ޖެހޭ ހާލަތްތަކުގައި އޮފިސަރުންގެ އެހީ ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ލޯންޑްރީ ޑިޕާޓްމަންޓުން އަންނައުނު ދޮވެދޭ ކަމުގަ އެވެ.

ލަމްހާއަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ބުނީ ދައުލަތުގެ ވަކީލު ދިން މައުލޫމާތު އެންމެ ސައްހަ ނޫން ކަމުގަ އެވެ. ފާހާނާގެ ފްލެޝް ނުކުރެވޭތީ އަދިވެސް ބާލިދީ ބޭނުން ކުރާ ކަމަށެވެ. އަދި ޑޮކްޓަރުންގެ ސެޝަން ނުލިބޭ ކަމަށާއި އެއް ގަޑިއިރުގެ ދަތުރެއް ލޯންޗުގައި ކުރުމުން އިތުރަށް ބުރަކަށީގައި ރިއްސާ ކަމަށެވެ.

ލަމްހާގެ މައިބައިދައިގައި ރެދެއް ލާފައިވާތީ "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ލަފާދީފައިވާތީ، އޭނާގެ ވަކީލުން ވިދާޅުވަނީ މާފުށީ ޖަލުގައި އެ ކަމެއް ނުކުރެވޭނެ ކަަމަށެވެ އެވެ. އެކަމަކު ދައުލަތުގެ ދައުލަތުން ބުނަމުން އަންނަނީ އަރާމު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަންކަން ހަމަޖެހިގެންދާއިރު، ބޭސްފަރުވާގެ ކަންކަމަކީ ކޯޓުގެ އިހްތިސޯސްގައި ހިމެނޭ ކަމެއް ނޫން ކަން ހައި ކޯޓުން ނިންމާފައިވާތީ އެ ކަމަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްނުލެވޭނެ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ އައިޖީއެމްއެޗުން ހުއްދަ ނުނަގާ، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox