ގޭދޮށު މަސްފެކްޓަރީ މައްސަލައިގައި މިނިސްޓަރު: ސަރުކާރުން ތަންފީޒުކުރަނީ އެމްޑީޕީގެ ސިޔާސަތެއް ނޫން

ގޭދޮށު މަސްފެކްޓަރީ މައްސަލައިގައި މިނިސްޓަރު: ސަރުކާރުން ތަންފީޒުކުރަނީ އެމްޑީޕީގެ ސިޔާސަތެއް ނޫން

މި ސަރުކާރުން ތަންފީޒު ކުރަނީ ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ކަމަށާއި ވަކި ޕާޓީއެއްގެ ސިޔާސަތުތައް ނޫން ކަމަށް ޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓްރީން ހިންގާ މަޝްރޫއަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ. އިތުރު ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

"ގޭދޮށު މަސްފެކްޓަރީތައް ހުވަދޫ އަތޮޅުގައި ނޭޅިގެން އުޅެނީ ކީއްވެގެންތޯ؟ އެމްޑީޕީގެ ސިޔާސަތުތަކަށް ވާތީ އުނދަގުލީތޯ ކޯލިޝަން ސަރުކާރަށް އެ ސިޔާސަތުތައް ތަންފީޒުކުރަން؟," ޒާހިރު ވިދާޅުވި އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާ ގޮތަކަށް ކަމަށާއި ވަކި ޕާޓީއަކުން ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ.

"ދިވެހި ސަރުކާރުން ތަންފީޒު ކުރާ ކޮންމެ ކަމެއް ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އެއީ ވަކި ޕާޓީއެއްގެ ސިޔާސަތު ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އެއީ އެމްޑީީޕީ ވެސް ހިމެނޭ ގޮތަށް އުފެދިފައި އޮތް ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން މިދަނީ," މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ޔަގީން ކަމާ އެކީގައި ރައީސްގެ އެޕްރޫވަލް އޮވެގެން ހިނގާ ސިޔާސަތުތަކޭ މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދަނީ،"

"ގޭދޮށު މަސްފެކްޓްރީ" އެޅުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ފެކްޓަރީއެއް އެޅުމުގެ ހުއްދައަކަށް އެދިފައި ނުވާތީ މިނިސްޓްރީން ހުއްދައެއް ނުދެ އެވެ. މަސް ފެކްޓްރީ އެޅުން ލަސްވަމުންދާތީ އެމްޑީޕީ މެމްބަރުން ވެސް އަންނަނީ އެކަމާ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox