މަލްޓި ނޭޝަނަލް ކުންފުންޏެއް ގޮތުގައި ޑެއިރީ އުފެއްދުންތަކުގެ މާކެޓުގެ އެއް ލީޑަރު އަލްމާރީއަށް ލިބުނު ކުރިއެރުމުގެ ފަހަތުގައި ވަނީ އުފެއްދުންތައް ތައްޔާރު ކުރުމުގެ މުޅި ޕްރޮސެސް އެވެ. މީގެ 45 އަހަރު ކުރިން، 1977 ގައި އުފެއްދި އެ ކުންފުނީގެ އުފެއްދުންތައް ތައްޔާރު ކުރަން ބޭނުންވާ ގުދުރަތީ ވަސީލަތްތައް ތައްޔާރު ކުރަނީ ވެސް ކުންފުނިން އަމިއްލައަށެވެ. ބޭނުމަކީ ފެންވަރު ހިފެހެއްޓުމެވެ.
ތާޒާކަން މަތީ އުފައްދާ ކިރުގެ ބާވަތްތަކާއި މޭވާ ޖޫސް ޕެކެޓްތަކުން ސިއްހީ ގިނަ ފައިދާތަކެއް ވެސް ލިިބެ އެވެ. އޭގައި ވިޓަމިން ޑީ 3 އާއި، ކެލްސިއަމްއާއި، ނޮން ފެޓް ސޮލިޑްސް ހިމެނެ އެވެ. މީރު ރަހައެއް ވެސް ހިމެނެ އެވެ. ސިއްރަކީ އުފެއްދުންތަކުގެ ފެންވަރު ރަނގަޅު ކުރަން ކުންފުނީގެ އޮންނަ ފެންވަރު ހިފެހެއްޓިފައިވާ ދިގު މަރުހަލާތަކެވެ.
އަލްމަރާއީ ކުންފުނިން ބުނާ ގޮތުގައި ކުންފުނީގެ އުފެއްދުންތަކުގެ ފެންވަރު ފެށޭ ހިސާބަކީ ކުންފުނިން އަމިއްލައަށް ބަލަހައްޓާ ގެރިތައް ގެންގުޅޭ ކޮށިތަކުން ނުވަތަ ފާމްތަކުންނެވެ. ހައި ޓެކްނޮލިޖީއާއެކު ޖުމުލަ ހަތް ފާމެއް ހުރެ އެވެ. އަމިއްލަ ބެލެހެއްޓުމުގެ ދަށުގައި ޕްރޮޑަކްޓްގެ ފުރަތަމަ ސްޓޭޖް ވެސް އޮތުމުގެ ބޭނުމަކީ އެ ހިސާބުން ފެށިގެން ފެންވަރު ކަށަވަރު ކުރުމެވެ.
އެ ފާމްތަކުން ދުވާލެއްގެ މައްޗަށް 3.5 މިލިއަން ލީޓަރުގެ ކިރު އުފައްދަ އެވެ. އެއީ ކޮންމެ ގެރިއަކުން ދުވާލަކު އެވެރެޖްކޮށް 40 ލީޓަރުގެ ކިރެވެ. ސާޅީހަށް ވުރެ ގިނަ އުފެއްދުން މިހާތަނަށް ތައާރަފްޗކޮށްފައިވާއިރު އެއިން ކޮންމެ އުފެއްދުމެއްގެ ފެންވަރު ވަޒަންކުރަން 10،000 އަށް ވުރެ ގިނަ ޓެސްޓް ހަދަ އެވެ.
ބައެއް އުފެއްދުންތައް
- ޔޫއެޗްޓީ ފުލްކްރީމް މިލްކް
- ވިޕިން ކްރީމް
- ކުކިން ކްރީމް
- ޗީޒް ސްލައިސަސް
- ޖޫސް ޕެކެޓް (އެޕަލް، އޮރެންޖް، މެންގޯ، ގްރޭޕް)
- ފްލޭވާޑް ކިރު ޕެކެޓް (ސްޓްރޯބެރީ، ޑަބަލް ޗޮކޮލެޓް)
ފެންވަރު ރަނގަޅު މި އުފެއްދުންތައް ވިލާ މާޓުން ލިބެން އެބަ ހުއްޓެވެ. މީގެ ކޮންމެ އުފެއްދުމަކީ ވެސް ފެންވަރު ރަނގަޅު، އަނގަޔަށް މީރު، ކުރަންޖެހޭ ބޭނުމަށް ފުރިހަމަކަން މުޖައްރިބު އުފެއްދުމެވެ. މި އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ޗީޒް ސްލައިސްއަކީ ރަހަ މީރު، ބޭނުން ކޮށްލަން ފަސޭހަ އުފެއްދުމެކެވެ. ކުދި މިލްކް ޕެކެޓާއި ޖޫސް ޕެކެޓަކީ ދަރިވަރުންނާއި ކުޑަކުދިންގެ އިންޓަވަލަށް ހާއްސަ އުފެއްދުމެކެވެ.










