ކޮންމެ ދުވަހަކު 500ރ. ގެ އުޖޫރައަކާއެކު ބޯހިމެނުމަށް 2005 މީހުން ހޯދަނީ

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ 2005 މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއުލާންކޮށްފި އެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4400 މީހުން ބޭނުންވެ އެވެ. އެއީ މާލެ ސަރަހައްދަށް 2409 މީހުންނާއި އަތޮޅުތަކަށް 1991 މީހުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން "އަދަދު" އަށް ބުނީ މިހާތަނަށް ލިބިފައި ވަނީ މާލެ ސަރަހައްދަށް ބޭނުންވާ 583 މީހުންނާއި އަތޮޅުތަކަށް 1422 މީހުން ކަމަށެވެ.

އެހެން ކަމުން މާލެ ސަރަހައްދަށް އިތުރަށް 1826 މީހުންނާއި އަތޮޅުތަކަށް ބޭނުންވާ 269 މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުންޏެވެ.

މުސާރަ އާއި އެލަވަންސް

  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވެންސެއް ދޭނެ އެވެ. އަދި އިތުރަށް 10ރ ގެ އެލަވެންސެއްވެސް ދެ އެވެ. (އެއީ 7-11 ދުވަހަަށް)
  • ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ދޭން ހަމަޖެހިފައިވެ އެވެ. އެ ތަމްރީނު ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100ރ. ދޭނެ އެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސް ދޭން ހަމަޖެހިފައި ވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމަ އެވެ.

ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގަ އެވެ. މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތެރިވަނީ-- ފޮޓޯ: ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތެރިވަނީ-- ފޮޓޯ: ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތެރިވަނީ-- ފޮޓޯ: ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މަސައްކަތް ކުރަން ޖެހޭ ދުވަސްތައް:

  • މާލެ ސަރަހައްދު: ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 14 އިން 15 އަށެވެ. އަދި 17 އިން 25އަށް ކުރިއަށް ދާނީ ބޯހިމެނުމުގެ އަމަލީ އޮޕަރޭޝަނަށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެ އެވެ.
  • ބޮޑެތި ރަށްތައް: މި ރަށްތަކުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ވެސް 14 އިން 15އަށެވެ. ނަމަވެސް މި ރަށްތަކުގައި ބޯހިމެނުމުގެ އަމަލީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 17އިން 22 އަށެވެ.
  • ކުދި ރަށްތައް: މި ރަށްތަކުންވެސް މައުލޫމާތު އެއްކުރާނީ 14 އިނަ 15 އަށެވެ. އަދި އަމަލީ އޮޕަރޭޝަން ކުރާނީ 17 އިން 21އަށެވެ.

މި ފަހުން ބޯހިމަނަން ފަށާފައި ވަނީ 1911 ވަނަ އަހަރު އެވެ. އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރު އެވެ.

މި އަހަރު ކުރިޔަށް ގެންދާ ބޯހިމެނުން ބާއްވަން ފެށުމަށް ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. މި އަހަރު ކުރިއަށްގެންދާ ބޯހިމެނުުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ޓެބްލެޓް ބޭނުންކޮށްގެންނެވެ.

މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ބޯހިމެނުމެވެ.

މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އޮންލައިންކޮށް އެޕްލައިކުރެވޭނެ އެވެ. ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31 ނިޔަލަށެވެ.

އެއް ފަހަރާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޯހިމެނުން ކުރިޔަށްގެންދާއިރު، އެއީ އުނދަގޫ މަސައްކަތެއް ކަމަށާއި އެހެންކަމުން އެއީ ގައުމީ ކަމެއްގެ ގޮތުގައި ދެކުމަށް އެންމެންގެ އެއްބާރުލުން ދިނުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox