ނަޝީދާ ޒާތީ ކަމެއް ނެތް، އެކުގައި ތިބެވޭނެ: ފައްޔާޒު

ކާމިޔާބަށްފަހު ފައްޔާޒު ސަޕޯޓަރަކާއެކު: ނަޝީދާއެކު މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކާމިޔާބަށްފަހު ފައްޔާޒު ސަޕޯޓަރަކާއެކު: ނަޝީދާއެކު މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ތަފާތު ހިޔާލުތަފާތުވުންތަކާއެކު ވާދަވެރިކަން އުފެދިފައި އޮތް ނަމަވެސް, އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ދެން ވެސް ގިނަ މަސައްކަތްތަކެއް އެމްޑީޕީގައި ކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައި އޮތް އިރު އިންތިހާބު ކާމިޔާބު ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ނުކުތް ފައްޔާޒެވެ. އިންތިހާބުން ނާކާމިޔާބުވީ ޕާޓީގެ ރައީސް ނަޝީދުގެ ތާއީދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.

ފައްޔާޒުގެ ކެމްޕޭން ޖަގަހައަށް ވަޑައިގެން ސަޕޯޓަރުންނާ އެކު އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފަހު، މީޑިއާތަކާ ބައްދަލު ކުރައްވައި އޭނާ ވިދާޅުވީ އިންތިހާބާ އެކު އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް ޕާޓީ ރޫޅި ބައިބައިވެގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

Advertisement

"ރައީސް ނަޝީދާ އެކު މަސައްކަތް ކުރަން އަޅުގަނޑަށް ވަރަށް ފަސޭހަ އަބަދުވެސް، އަޅުގަނޑުގެ ޒާތީ އެއްވެސް ކަމެއް ނޯންނާނެ، އަޅުގަނޑު ދެކެނީ ރައީސް ނަޝީދުގެ ވެސް އެއްވެސް ޒާތީ ކަމެއް ނޯންނާނެ،" މީގެ ކުރިން އެކުގައި ގިނަ ކާމިޔާބީތަކެއް ޕާޓީއަށް ހޯދުނުކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ އާންމު މެންބަރުންގެ ނިންމުމަށް އިހުތިރާމުކޮށް، ވާދަވެރި އިންތިގެ ޓީމުގައި ތިއްބެވި ބޭފުޅުން އޭނާ އެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކުޑަ ޝައްކެއް ނުކުރަން އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަކަށް. މިހާރު ނަތީޖާ ލިބިގަތީމަ އަޅުގަނޑާއެކު އެ އެންމެން ވެސް ހަމަ މަސައްކަތް ކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ކާމިޔާބަށްފަހު ފައްޔާޒު ސަޕޯޓަރަކާއެކު: ނަޝީދާއެކު މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ކާމިޔާބަށްފަހު ފައްޔާޒު ސަޕޯޓަރަކާއެކު: ނަޝީދާއެކު މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކާމިޔާބަށްފަހު ފައްޔާޒު ސަޕޯޓަރަކާއެކު: ނަޝީދާއެކު މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިންތިގެ ޓީމުގެ ފަރާތުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަން އޭނާގެ ކެމްޕޭން ޓީމުން އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަަށެވެ. ނަމަވެސް ދެ ފަރާތަށް ވެސް ތާއީދު ކުރާ ވަކިވަކި ފަރުދުން ކުރި ހުރި ކަންކަން ޕާޓީގެ ކަމާ ގުޅޭ ގުނަވަންތަކުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

އިންތިހާބުގެ ކާމިޔާބީން ދޭހަވަނީ އާންމު މެންބަރުން ތިބީ ރައީސް ސޯލިހާއި ސަރުކާރާ އެކު 2023 ކާމިޔާބު ކުރަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެންވިޔަސް ރިޔާސީ ޓިކެޓާއި ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ނިންމާނީ ގައުމީ މަޖިލީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބާއްވާނަމަ, އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ.

ނަޝީދު ބޮޑަށް ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ވެެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. އެ ކަން ވެސް ނުވާނަމަ، 30 ޕަސެންޓް ވޯޓުން ރައީސް ކަމަށް އާދެވޭ ގޮތަށް ހަދަން ނަޝީދު ބޭނުންފުޅުވެ އެވެ.

މިހާރުގެ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވީ ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކަމަށް ކެމްޕެއިން ކުރައްވަމުންނެވެ.

މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ގާނޫނުއަސާސީއަށް ބަދަލު ގެންނަން ނަޝީދު ހުށަހަޅާ ހުށަހެޅުންތައް އެމްޑީޕީން ހުށަހެޅުމާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރި, ބޭނުންތެރިވެފައިވަނީ ވެސް މި ސަބަބަށްޓަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox