މާލެ އިންތިއަށް، އައްޑޫ ފައްޔާޒަށް

މާލެ އިންތިއަށް، އައްޑޫ ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި، މާލޭ ސިޓީގެ އަގުލަބިއްޔަތު އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހޯއްދެވިއިރު، އައްޑޫ ސިޓީގެ ތާއީދު އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހޯއްދަވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރައްވާފައިވަނީ 58 ޕަސެންޓު ވޯޓާއެކުގަ އެވެ. އިމްތިޔާޒަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، މާލޭ ސިޓީގެ އަގުލަބިއްޔަތު ކުޑަ ތަފާތަކުން ހޯއްދަވައިފައިވަނީ އިމްތިޔާޒެވެ. އިމްތިޔާޒަށް މާލޭ ސިޓީން ޖުމްލަ 1920 ވޯޓު ލިބިވަޑައިގެންނެވިއިރު، ފައްޔާޒަށް ވަނީ 1873 ވޯޓު ލިބިވަޑައިގެންފަ އެވެ.

Advertisement

އިންތިހާބުގެ ކެމްޕެއިން ކުރެއްވިއިރު, މާލޭ ސިޓީއަށް ނިސްބަތްވާ ގިނަ މަޖިލިސް މެންބަރުން ތިއްބެވީ އިމްތިޔާޒުގެ ފަޅީގަ އެވެ. އެގޮތުން, މެންބަރު އީވާ އަބްދުالله އާއި ހަސަން ލަތީފާއި މީކާއިލް ނަސީމް, އިމްތިޔާޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި އެވެ.

މާލޭ ސިޓީގެ ޖުމްލަ ނަތީޖާއިން އިންތި ކުރި ހޯއްދެއްވި ނަމަވެސް، ހުޅުމާލެ ދާއިރާ އާއި ހެންވެއިރު ދެކުނު ދާއިރާ އާއި މައްޗަންގޯޅި ދެކުނުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ވޯޓުން ކުރި ހޯއްދަވައިފައިވަނީ ފައްޔާޒް އެވެ.

އައްޑޫ ސިޓީގެ ވަގުތީ ނަތީޖާއިން 171 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވަނީ ފައްޔާޒެވެ. މުޅި އައްޑޫ ސިޓީން ފައްޔާޒަށް 2348 ވޯޓު ލިބިވަޑައިގެންނެވިއިރު، އިމްތިޔާޒަށް 2177 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީގެ ދާއިރާތަކުގެ ތެރެއިން އިމްތިޔާޒަށް ފައްޔާޒުގެ މައްޗަށް ކުރި ހޯއްދެވުނީ ހަމައެކަނި ހިތަދޫ މެދު ދާއިރާއިންނެވެ. ކެމްޕެއިންގައި އައްޑޫއަށް ނިސްބަތްވާ ގިނަ މެންބަރުން ތިއްބެވީ ފައްޔާޒާ އެކު އެވެ. ފައްޔާޒާއެކު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކެމްޕެއިންގައި އުޅުއްވި އެވެ. އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ހުންނެވީ ފައްޔާޒާ އެކު އެވެ.

ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބެހެއްޓި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox