މާލޭގައި ހުރި ފޮއްޓަކަށް ގަނޑުކޮށް ވޯޓު އެޅި މައްސަލައެއް ހޫނުވެއްޖެ

ގަލޮޅު މަދަރުސާގައި ބަހައްޓާފައިހުރި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާ މައްސަލައާ ގުޅިގެން ވޯޓު ގުނުން ހުއްޓާލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގަލޮޅު މަދަރުސާގައި ބަހައްޓާފައިހުރި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާ މައްސަލައާ ގުޅިގެން ވޯޓު ގުނުން ހުއްޓާލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ވޯޓުލުމުގައި މާލޭގައި ބައްހައްޓާފައިހުރި ފޮއްޓަކަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާ މައްސަލަ ހޫނުވެއްޖެ އެވެ.

މައްސަލަ ޖެހިފައި ވަނީ ގަލޮޅު މަދަރުސާގައި ބަހައްޓާފައިހުރި ގައްދޫ ދާއިރާގެ ވޯޓު ފޮށީގަ އެވެ. އެ ފޮށި ގުނަމުން ދަނިކޮށް، ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާކަން ފާހަގަކުރެވި ވޯޓު ގުނުން މަޑުޖައްސައިލި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ އިންތިހާބުތަކާބެހޭ ކޮމިޓީގެ މުގައްރިރު މަނިކު "އަދަދު"އަށް ވިދާޅުވީ އެ ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާ މައްސަލައެއް ލިބިފައިވާ ކަމަށެވެ.

Advertisement

މައްސަލަ ބަލަން ޕާޓީގެ އޮފީހަށް އެ ފޮށި ގެންދަން އިންތިހާބާ ކޮމިޓީން ނިންމާފައިވާއިރު، އެ ފޮށި އެތަނުން ނުގެންދެވޭނެ ކަމަށް އެތަނުގައި ތިބި މީހުން ދަނީ ބުނެ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

އެތަނުގައި މިހާރު ފުލުހުންވެސް ހަރަކާތްތެރިވަމުންދާއިރު، އެ މައްސަލަ އަދިވެސް ހައްލެއް ނުވެ އެވެ.

ވޯޓުލުން ނިމެން ކައިރިވެފައި ވަނިކޮށް ވޯޓުލުން ހަތަރެއްގެ ފަހުން އިތުރުކުރި ކަމަށް ބުނެ އެ އިންތިހާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީގެ ފަރާތުން އެމްޑީޕީގެ އިންތިހާބާ ގުޅޭ ޝަކުވާ އެއްވެސް ވަނީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

އިމްތިޔާޒްގެ ކެމްޕޭން ޓީމުން ހުށަހެޅި ޝަކުވާއަކީ ވޯޓުލުން ފުރަތަމަ ހަމަވާން އޮތް ގަޑި، ހަތަރެއްގެ ފަހުން އިތުރުކުރި ކަމަށް ބުނެ އެވެ. އެ ޓީމުން ތުހުމަތު ކުރާ ގޮތުގައި, ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ގުނާފައި ވެސްވެ އެވެ. ނަމަވެސް ވަގުތު އިތުރުކުރުމުން އަނެއްކާވެސް ވޯޓު ފޮށިތަކުގައި އަލުން ވޯޓުލާން ފެށީ އެވެ.

އެކަމާ ގުޅިގެން މުޅި އިންތިހާބު ހުއްޓުވުމަށް ވެސް އެ ޓީމުން ވަނީ އެދިފަ އެވެ.

ނަމަވެސް, އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީން ބުނީ، އިންތިހާބުގެ ވަގުތު އިތުރުކޮށްފައިވަނީ ހަތަރެއްގެ ކުރިން ކަމަށް އިންތިހާބާ ގުޅޭ ކޮމިޓީން އަންގާފައިވާ ކަމަށެވެ. އެ އިއުލާން ހަތަރެއްގެ ފަހުން ޓްވީޓް ކުރެވުނު ނަމަވެސް, ގަޑި އިތުރު ކުރުމުގެ ނިންމުން ހަތަރެއްގެ ކުރިން ނިންމާފައިވާ ކަމަށް ޝަކުވާ ބަލާ ކޮމިޓީން މި ނޫހަށް މައުލޫމާތު ދިނެވެ. އަދި އެކަން އިންތިހާބުގައި ހިމެނޭ އެންމެންނަށް ވެސް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

އެންމެ ފަހު ވޯޓުގެ އަޕްޑޭޓަށް ބަލާއިރު މިހާރު ކުރީގައި އޮތީ 8000އަށްވުރެ ގިނަ ވޯޓާއެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އިމްތިޔާޒް ފަހުމީ އަށް ލިބިފައި ވަނީ 4000އަށްވުރެ ގިނަ ވޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox