މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ ލަމްހާއަށް ފަރުވާ ނުލިބޭ ކަމަށް ބުނާ މައްސަލަ އެޗްއާރުސީއެމްއަށް

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރާ ހަލީމަތު ލަމްހާ އަބްދުލްރަހްމާން

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރާ ހަލީމަތު ލަމްހާ އަބްދުލްރަހްމާން

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ދިން ލަފައަށް އަމަލު ނުކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހުށަޅާފައިވާ ކަމަށް އޭނާގެ ގަނޫނީ ވަކީލުން މިއަދު ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

ފުރަތަމަ އަމިއްލައަށް މަރުވި ކަމަށް ރިޕޯޓް ކުރި މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. ލަމްހާއަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ލަމްހާގެ ގާނޫނީ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ، ލަމްހާގެ މައިބަދައިގެ ރެދެއް ލާފައިވުމުން އޭނާ "ބެޑް ރެސްޓް" ކުރަން ހުޅުމާލެ ހޮސްޕިޓަލުން ލަފާ ދިން ނަމަވެސް, އެ ގޮތަށް ކަރެކްޝަންސްއިން އަމަލު ކޮށްފައި ނެތުމުންނާއި ބަންދަށް ވެސް ލުޔެއް ލިބިފައި ނުވާތީ އެ މައްސަލަ އެޗްއާރުސީއެމްއަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެޗްއާރުސީއެމްއަށް ރަސްމީ ސިފައެއްގައި އަޅުގަނޑުމެން މައްސަލަ ހުށަހެޅިއިރު، އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެޗްއާރުސީއެމް އިން ވެސް ބުނެފައިވޭ،" ވަކީލް ޔާމީން ވިދާޅުވި އެވެ.

ލަމްހާގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވާ ގޮތުގައި، ޖަލު ގޮޅިއެއްގައި "ބެޑް ރެސްޓް" ކުރެވޭނެ ބުއްދީގެ ހަމައެއް ނެތެވެ. އަދި އެ ގޮތަށް ޑޮކްޓަރަކު ލަފާ ދޭނީ ބެޑް ރެސްޓް ނުކޮށްފިނަމަ އެ މީހެއްގެ ފުރާނައަށް ނުރައްކާވާ ވަރަށް ކަންކަން ގޮސްދާނެ ކަމަށް ބެލެވޭ ހާލަތުގައި ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާގެ ބަންދު މުރާޖައާއަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަ މީހަކު ބަންދު ކުރި ސަބަބު ދެމިއޮތްކަން ކޮންމެ 30 ދުވަހަކުން ބަލަން ޖެހޭނެ ކަމަށް އޮންނާތީ އެވެ. ލަމްހާ ބަންދު ކުރީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމުގެ އިހްތިމާލް އޮންނާނެ ކަމަށް ބަލައިގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީހުގެ ވަކީލުން އެދުނީ މީގެ ކުރިން ލަމްހާ ބަންދު ކުރަން ޝަރީއަތުން ނިންމި ސަބަބަށް އެއްވެސް ބަދަލެއް އައިސްފައި ނެތުމުން އޭނާ ބަންދު ކުރަން ކުރިން ނިންމި ނިންމުން ދެމެހެއްޓުމަށެވެ.

ދައުލަތުގެ ހުށަހެޅުމަށް ބާރުދޭން ފާހަގަ ކުރި އިތުރު ނުކުތާއަކީ ހަމަ ބޭސްފަރުވާއަށް ބަންދުން ދޫކޮށްލަން ނުވާނެ ކަމަށް ހައި ކޯޓުން ދާދި ފަހަކުން ނިންމި ގަޒިއްޔާއެކެވެ. ނަމަވެސް އެ ގަޒިއްޔާގައިވާ ހާލަތާއި މި ހާލަތު ތަފާތު ކަމަށާއި ލަމްހާގެ ހާލަތު ނާޒުކު ކަމަށް އޭނާގެ ވަކީލުން ވިދާޅުވި އެވެ.

ލަމްހާގެ ބަންދު މުރާޖައާއާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު މިއަދު ވެސް ގޮތެއް ނުނިންމަ އެވެ. ގާޒީ ނިންމެވީ ޑޮކްޓަރު ދީފައިވާ ލަފައާ ގުޅޭ ގޮތުން އަދިވެސް ބަލަން ޖެހޭ ކަންކަން ހުރުމުން، ދިފާއުން ފާހަގަކޮށްފައިވާ ކަންކަމަށް ދައުލަތުން ލިޔުމުން ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް އެރުވުމަށެވެ. އަދި އެ ޖަވާބު ލިބުމުން ދެން އޮންނަ އަޑުއެހުމެއްގައި އެ ކަމުގައި ގޮތެއް ނިންމެވުމަށެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމުގެ އިތުރަށް ދައުލަތުންނާއި ދިފާއުން ހުށަހަޅާ ހެކި ހާމަކުރުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ތިން ދައުވާއަށް ވެސް ލަމްހާ އިންކާރު

މިއަދުގެ އަޑުއެހުމުގައި ލަމްހާއަށް އުފުލާފައިވާ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އިއްވާފައިވެ އެވެ.

މި ދެ ދައުވާ ވެސް އިއްވުމުން ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ ލަމްހާގެ ވަކީލުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ. ލަމްހާގެ ދަބަހުން ފެނުނު ކަމަށް ބުނާ ބޭސްތަކަކީ މަނާ ބޭސްތަކެއް ކަން ކަނޑައަޅާފައި އޮތީ ކޮން ގާނޫނަކުން ބުނެދިނުމަށާއި، އެއީ އައިޖީއެމްއެޗްގެ މުދަލެއް ކަން ސާފުކޮށްދޭން އެދުނެވެ.

އޭގެ ރައްދުގައި ދައުލަތުން ވިދާޅުވީ ލަމްހާގެ ދަބަހުން ފެނުނު ބޭސްތަކުގައިވާ ބެޗު ނަންބަރުތަކަށް ބެލުމުން އެއީ އެސްޓީއޯއިން އައިޖީއެމްއެޗަށް ވިއްކާފައިވާ ބޭސްތަކެއް ކަމާއި، އެއީ ހަމައެކަނި ހޮސްޕިޓަލުގެ ބޭނުމަށް އެ ތަނުގައި ހުންނަން އެކަނި ދޫކޮށްފައިވާ ބޭސްތަކެއް ކަން އަންގައިދޭ ފުޑް އޮތޯރިޓީގެ ސިޓީއެއް ވެސް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާ ސާފުނުވާ ކަމަށް ދިފާއުން ތަކުރާރުކޮށް ބުނި ނަމަވެސް ދައުވާ ސާފުވާ ވަރަށް ދައުލަތުން ދައުވާ ކިޔައިދީފައިވާ ކަމަށް ޝަރީއަތުން އެންގުމުން ލަމްހާގެ ފަރާތުން ވަނީ އެ ދެ ދައުވާއަށް ވެސް އިންކާރުކޮށްފަ އެވެ. އަދި އައިޖީއެމްއެޗް އިން އެއްވެސް ބޭހެއް ލަމްހާ ނަގާފައި ނުވާނެ ކަމަށް ބުންޏެވެ.

ލަމްހާގެ މައްޗަށް ދެން އުފުލާފައިވާ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިއްވައިފަ އެވެ. އެ ދައުވާ ވެސް ސާފު ނުވާ ކަމަށް ދިފާއުން ބުނި ނަމަވެސް ދައުވާއަށް ޖަވާބުދާރީވާން ޝަރީއަތުން އެންގުމުން ދައުވާއަށް އިންކާރު ކޮށްފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ އައިޖީއެމްއެޗުން ހުއްދަ ނުނަގާ، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox