ބައްޕަގެ އެދުމުގެ މަތިން ހާލަންޑް ކުޅޭނީ ސިޓީ އަށް

May 10, 2022, 2:46 AM
ހާލަންޑް (ކ) އޭނާގެ ބައްޕަ އަލްފް އިންޖް (ވ) އާ އެކު ޓްރޮފީއެއް ހިފައިގެން.

ހާލަންޑް (ކ) އޭނާގެ ބައްޕަ އަލްފް އިންޖް (ވ) އާ އެކު ޓްރޮފީއެއް ހިފައިގެން.

މެންޗެސްޓާ (މެއި 10) - މެންޗެސްޓާ ސިޓީން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަންނަން އެއްބަސްވުމަކަށް އަތުވެފައިވާއިރު، އެ ޑީލް ކުރިއަށްގެންދަން އެންމެ މަސައްކަތްކުރީ ހާލަންޑްގެ ބައްޕަ، މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ، އަލް އިންޖް ހާލަންޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހާލަންޑް، 21، ވަނީ ސިޓީ އަށް ބަދަލުވާން ހަދަން ޖެހޭ ފުރަތަމަ މެޑިކަލް ޓެސްޓްތަކެއް ވެސް ފުރިހަމަކޮށްފަ އެވެ. އަދި ސިޓީއާ އެކު 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދަން ވެސް ހާލަންޑް ހުރީ ތައްޔާރަށެވެ.

ހާލަންޑް ހޯދަން ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ޕީއެސްޖީން ވެސް މަސައްކަތް ކުރަނިކޮށް އޭނާ ސިޓީ އަށް ބަދަލުވާން ނިންމީ ހާއްސަ ސަބަބެއް އޮތުމުންނެވެ. އެއީ ހާލަންޑްގެ ބައްޕަ، އަލްފް އިންޖް ކުރިން 2000-2003 އަށް ސިޓީ އަށް ކުޅެފައިވާތީ އެވެ. އަލްފް އިންްޖް ބޭނުންވާ ލެވަލަށް ސިޓީގައި ނުކުޅެވުނު ސަބަބަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން، ރޯއީ ކީން ޖެހި ޓެކަލެއްގެ ސަބަބުން ތަކުރާރުކޮށް ދިމާވާން ފެށި ކަކުލުގެ އިންޖަރީތަކެވެ. އަލްފް އިންޖް ބޭނުންވަނީ ސިޓީ މިހާރު އޮތް ލެވަލުން މައްޗަށް ޖައްސައިދޭން ހާލަންޑް ލައްވައި އެހީތެެރިވެދޭން ކަމަށް ނޯވޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އަލްފް-އިންޖްއާ އެކު ހާލަންޑް ސިޓީ އަށް ގެންދިއުމުގެ މަޝްވަރާތަކެއް ކުރި ކަމަށް ސިޓީ އަށް ކުރިން ކުޅުނު ފޯވާޑް ޕޯލް ޑިކޯވް ވެސް ވަނީ ބުނެފަ އެވެ.

މީގެ ދެ އަހަރު ކުރިން، 2020 ވަނަ އަހަރު ޖެނުއަރީ މަހު އޮސްޓްރިއާގެ ސަލްޒްބާގް ދޫކޮށް ހާލަންޑް ޑޯޓްމަންޑަށް ބަދަލުވީ 22 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ހާލަންޑް ގަންނަން ޓީމުތަކުން ކުރި މަސައްކަތްތައް ނާކާމިޔާބުވީ ޑޯޓްމަންޑުން އޭނާ ވިއްކާލަން ކީ އަގު ބޮޑުވުމުންނެވެ. ޑޯޓްމަންޑުން އޭރު ހާލަންޑް ވިއްކާލަން ކީ 150 މިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށެވެ.

އެކަމަކު، ހާލަންޑާއި ޑޯޓްމަންޑުން ސޮއިކޮށްފައިވާ ކޮންޓްރެކްޓްގައިވާ ވަކި މާއްދާ އަކަށް ބަލައި މި ސީޒަނަށް ފަހު ހާލަންޑަށް 70 މިލިއަން ޕައުންޑް (96 މިލިއަން ޑޮލަރު)ގެ އަގަކަށް ޑޯޓްމަންޑް ދޫކޮށްލެވޭނެ އެވެ. ބެލެވޭ ގޮތުގައި ސިޓީން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ހާލަންޑްގެ ޓްރާންސްފާ ނިންމާނީ އެ އަގު ދައްކަން އެއްބަސްވުމެއް ހަދައިގެންނެވެ. ޑޯޓްމަންޑުން ވެސް ވަނީ އަންނަ ހަފްތާ ތެރޭ ހާލަންޑްގެ މުސްތަގުބަލާ ގުޅޭގޮތުން ކަންތައްތައް ހަމަޖެހޭނެ ކަމަށް ބުނެފަ އެވެ.

މި ސީޒަނުގައި ހާލަންޑް ވަނީ 29 މެޗުން 28 ގޯލު ޖަހައިފަ އެވެ. ޑޯޓްމަންޑް ޖޯޒީގައި އޭނާގެ ޖުމްލަ ގޯލު ރެކޯޑަށް ބަލާއިރު، 88 މެޗުން 85 ގޯލު ޖަހައި، 23 ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox