ހިޔާ ފްލެޓްތަކަށް ކުލި ދައްކާނީ ކިހިނެއް؟

ހިޔާ ޓަވަރުތައް: މިއިން ކޮންމެ އެޕާޓްމަންޓެއްގެ ކުއްޔަކީ މެއިންޓެނަންސް ހިމެނައިގެން 8،500ރ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހިޔާ ޓަވަރުތައް: މިއިން ކޮންމެ އެޕާޓްމަންޓެއްގެ ކުއްޔަކީ މެއިންޓެނަންސް ހިމެނައިގެން 8،500ރ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ތިން ފަހަރެއްގެ މަތިން ގްރޭސް ޕީރިއަޑް މުއްދަތު އިތުރުކުރުމަށް ފަހު، ހިޔާ ފްލެޓުގައި މީހުން ދިރިއުޅެން ފެށިތާ ހަތް މަސް ފަހުން މި ހިނގާ އޭޕްރިލް މަހުން ފެށިގެން ފްލެޓުތަކަށް ކުލި ނަގަން ފަށައިފި އެވެ.

މި ފްލެޓުތަކުގެ ކުލި ދެ ގޮތަށް ދެއްކޭނެ އިންތިޒާމު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނު (އެޗްޑީސީ) އިން ވަނީ ހަމަޖައްސައިދީފަ އެވެ. އެއީ އެޗްޑީސީގެ މައި އޮފީހުގައި ހުންނަ ކައުންޓަރުންނާއި އެ ކޯޕަރޭޝަނުގެ އޮންލައިން ޕޭމަންޓު ޕޯޓަލް "މައި ހުޅުމާލެ" މެދުވެރިކޮށެވެ.

އޮންލައިންކޮށް ފައިސާ ދައްކާނެ ގޮތް

އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭނީ މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށެވެ.

މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކަން އީފާސް އެކައުންޓަކުން ލޮގިން ވާން ޖެހޭނެ އެވެ. އެކައުންޓެއް ނެތް ނަމަ ސީދާ އެޗްޑީސީ ޕޯޓަލްއިން ރަޖިސްޓާ ކުރަން އޮބާލަން ޖެހޭ ލިންކު ފެންނާނެ އެވެ. މި ލިންކުގައި ރަޖިސްޓްރީ ކުރުމަށް ފަހު ކާޑުން ފައިސާ ދެއްކޭނެ އެވެ.

އެޗްޑީސީ އޮންލައިން ޕޯޓަލްގެ ލިންކު: https://my.hdc.com.mv

އެޗްޑީސީ ކައުންޓަރަށް ފައިސާ ދައްކާނެ ގޮތް

އެޗްޑިސީގެ މައިއޮފީހުގައި ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ އެޗްޑީސީގެ ކަލެކްޝަން ކައުންޓަރުތަކަށް ގޮސް ފައިސާ ދެއްކޭނެ އެވެ.

މި ފްލެޓުތަކަށް ދައްކަން ޖެހެނީ ފްލެޓު ކުލީގެ 7،500ރ. އާއި މެއިންޓެނަންސް ފީއަށް 1،000ރ. ހިމެނޭހެން، 8،500ރ. އެވެ. މި އަދަދާ މެދު ހިޔާ ފްލެޓު ލިބުނު މީހުންގެ މެދުގައި ދެބަސްވުމާއި ހިޔާލު ތަފާތުވުން އޮތަސް، ހުރިހާ ރައްޔިތުން ކުލި ދައްކަން އެޗްޑީސީން ވަނީ އަންގާފަ އެވެ.

އެގޮތުން، އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި ޕާކު ހެދުމާއި، މަގު ހެދުމާއި، މިސްކިތް އެޅުމާއި ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަނީ މި ފައިސާއިން ކަމުން މި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭން ކުލި ދައްކަން އިލްތިމާސްކުރި އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުމުގެ މުއްދަތަކީ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހާ ހަމައަށެވެ. އެ ތާރީހުގެ ފަހުން ކުލިން ދައްކާ ނަމަ ދައްކަން ޖެހޭ ކުލީގެ ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި އަދާކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox