ވިލުނު ރިހެބިލިޓޭޝަން ސެންޓަރުން އަންނަ ހަފްތާގައި ފަރުވާދޭން ފަށަނީ

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ވިލުނު ރިހެބިލިޓޭޝަން ސެންޓަރު؛ އެ ސެންޓަރުގައި އެއްފަހަރާ 60 މީހުންނަށް ފަރުވާދެވޭނެ. ފޮޓޯ: ހެލްތު މިނިސްޓްރީ

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ވިލުނު ރިހެބިލިޓޭޝަން ސެންޓަރު؛ އެ ސެންޓަރުގައި އެއްފަހަރާ 60 މީހުންނަށް ފަރުވާދެވޭނެ. ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގެ ދެކުނަށް އަމާޒުކޮށް އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހުޅުވި މަސްތުވާތަކެއްޗަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރު "ވިލުނު" އިން އަންނަ ހަފްތާ އިން ފެށިގެން މީހުންނަށް ފަރުވާދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހުޅުމީދޫގައި ހުންނަ ވިލުނު ސެންޓަރުން ރަސްމީކޮށް އަންނަ ހަފްތާއިން ފެށިގެން ފަރުވާދޭން ފަށާނެ ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް ވަނީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފަ އެވެ.

އެ ސެންޓަރުގެ ހިދުމަތްތައް ފެށުމުގެ ކުރިން ފަރުވާ ލިބިގަންނަ މީހުންގެ އެސެސްމަންޓު ހެދުމަށް އެންޑީއޭ އިން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

ވިލުނު ސެންޓަރު ހުޅުއްވައިދެއްވީ މި ހަފްތާ ތެރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގަައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު، ރާއްޖޭގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޖުމްލަ 60 މީހުންނަށް ފަރުވާ ދެވޭ މި ސެންޓަރު ހުޅުވީ މިދިޔަ ހޯމަ ދުވަހު އެވެ.

ވިލުނު ސެންޓަރުގައި ޑިޓޮކްސިފިކޭޝަން، ޓްރީޓްމެންޓު، ރެސިޑެންޝަލް ޓްރީޓްމެންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަނާ ގުޅޭ ފަރުވާގެ ޕްރޮގްރާމްތައް ކުރިޔަށްގެންދާނެ އެވެ.

އެ ޕްރޮގްރާމްތައް ބިނާ ވަނީ ސައިކޮތެރަޕީގެ ދަށުން ނަފްސާނީ ޖިސްމާނީ، އިޖްތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ނިޒާމެއްގެ މައްޗަށެވެ.

އެ ސެންޓަރުގައި ފަރުވާދޭ މުއްދަތަކީ ފަރުވާ ހޯދާ ބަލިމީހާގެ ބޭނުންތަކަށް ބަލައި އެމީހެއްގެ ފަރުވާ ކުރިޔަށްދާ މިންވަރަކަށް ބަލައިގެން ނިންމާ ކަމެކެވެ. އެ ސެންޓަރުގައި ކުރިޔަށްގެންދަން ނިންމާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.

ވިލުނު ސެންޓަރުގެ ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ވަނީ އެ ސެންޓަރުގައި ދެވޭ ފަރުވާތަކާއި ގުޅޭގޮތުން ތަމްރީންތަކެއް ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. ހަމައެހެންމެ، ވިލުނުގެ ހިދުމަތްތަކާއި ގުޅޭގޮތުން އެ ސެންޓަރު ހުޅުވުމުގެ ކުރިން ހުޅުމީދޫގައި ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް މީގެ ކުރިން ހިންގައިފަ އެވެ.

އެ ޕްރޮގްރާމްތަކަކީ ރަށު ކައުންސިލާއި ހެލްތު ސެންޓަރާއި ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި ފުލުހުންނަށް އަމާޒުކޮށް މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅޭގޮތުން އެ ފަރާތްތައް ހޭލުންތެރިކޮށް އެ މަސައްކަތަށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްތަކެއްކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ވިލުނު ސެންޓަރު ބޭނުންކުރަން ފެށުމާއެކު ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެދެވޭ ފަރުވާއެއް ނުލިބި ނުވަތަ ހޯދަން ދަތިވެފައިވާ މީހުންނަށް އާ އުންމީދެއް ލިބިގެންދާނެ އެވެ. އެގޮތުން، ފަރުވާއަށް މާލެ އައިސް ކުރިމަތިވާ ދަތިތަކާއި ފަރުވާގެ އެކި މަރުހަލާއަށް އެކި ތަންތަނަށް ދަތުރުކުރަން ޖެހުމަށް ނިމުމެއް އައިސް އެއް ސެންޓަރަކުން ހުރިހާ ބާވަތެއްގެ ފަރުވާއެއް ވިލުނު އިން ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox