ނިޔުކްލިއާ ކާރިސާއަކަށް ތައްޔާރުވެ ތިބުމަށް ރޮމޭނިއާ ސަރުކާރުން ހިލޭ އަޔޮޑިން ބޭސް ބަހަނީ

ޔޫކްރެއިންގައި ހަނގުރާމަ ކުރާތީ ޔޫރަޕް ގައުމުތަކުގައި އަޔޮޑިން ބޭހަށް އޮތް ޑިމާންޑް ވަނީ އުފުލިފައި.

ޔޫކްރެއިންގައި ހަނގުރާމަ ކުރާތީ ޔޫރަޕް ގައުމުތަކުގައި އަޔޮޑިން ބޭހަށް އޮތް ޑިމާންޑް ވަނީ އުފުލިފައި.

ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ނިޔުކްލިއާ ކާރިސާއެއް ކުރިމަތިވެދާނެތީ ރޮމޭނިއާގެ ސަރުކާރުން ޕޮޓޭސިއަމް އަޔޮޑިން ބޭސް ހިލޭ ރައްޔިތުންނަށް ފޯރުކޮށްދޭން ނިންމައިފި އެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ނިޔުކްލިއާ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ ތައިރޮއިޑް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާނެތީ، ޔޫރަޕް ގައުމުތަކުގައި އަޔޮޑިންއަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ރޮމޭނިއާގެ ހެލްތު މިނިސްޓަރު އެލެގްޒެންޑްރު ރަފިލާ ވިދާޅުވީ ސަރުކާރުން ބޭސް ބަހަން ފަށާނީ އާއިލީ ޑޮކްޓަރުން މެދުވެރިކޮށް އަންނަ ހަފްތާއިން ފެށިގެން ކަމަށެވެ.

Advertisement

"އެ ބޭސް ބޭނުން ކުރަން ވާނީ ކައިރި ހިސާބެއްގައި ނިޔުކްލިއާ ހާދިސާއެއް ހިނގައިފި ނަމަ. ކަމެއް ނުހިނގާ ނަމަ އެ ބޭސް ބޭނުން ކުރާކަށް ނުވާނެ،" އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އަޔޮޑިން ބޭހާއި، އެ ބޭސް ހޯދާނެ ގޮތާއި، ރައްކާ ކުރާނެ ގޮތާއި ބޭނުން ކުރާނެ ގޮތާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ވެސް ރޮމޭނިއާގައި ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ޔޫކްރެއިން ހަނގުރާމައަކީ ގިނަ އަދަދެއްގެ ނިޔުކްލިއާ ތަކެތި ހުރި ގައުމެއްގައި މިހާތަނަށް ކުރާ ފުރަތަމަ ހަނގުރާމަ އެވެ. ޔޫކްރެއިންގައި 15 ނިޔުކްލިއާ ރިއެކްޓަރު އެބަ ހުއްޓެވެ.

މާޗް މަހުގެ ކުރީކޮޅު ރަޝިއާގެ ސިފައިން ޒަޕޮރިއްޒިޒއާ ނިޔުކްލިއާ ޕްލާންޓް ހިފަން ދިން ހަމަލާއެއްގައި އެ ތަނުގައި ރޯވި އެވެ. ނަމަވެސް ގެއްލުމެއް ނުލިބި، ކޮންޓްރޯލް ކުރި އެވެ.

ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ނިޔުކްލިއާ ކާރިސާ ހިނގީ 1986 ވަނަ އަހަރު ޔޫކްރެއިންގެ ޗެރްނޮބީލް ޕްލާންޓްގަ އެވެ. އެ ޕްލާންޓް ގޮވައި، އެތައް ސަތޭކަ ބަޔަކު މަރުވެ، މުޅި ޔޫރަޕަށް ރޭޑިއޯ އެކްޓިވް ބޯ ވިލާގަނޑެއް ފެތުރުނެވެ.

ރައްކާތެރި ނޫން ގޮތްތަކަށް އަޔޮޑިން ބޭސް ބޭނުން ކުރާ ނަމަ، ސީރިއަސް ސައިޑް އިފެކްޓް ފެނުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

ބައިނަލްއަގްވާމީ ސިއްހީ އިދާރާތަކުން ލަފާދެނީ ނިޔުކްލިއާ ކާރިސާއެއް ހިނގާ ސަރަހައްދާ 20 ކިލޯމީޓަރު ކައިރީގައި ހުރި ނަމަ އަވަހަށް ބޭސް ކެއުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox