ހިޔާ ލޯކަލް މާރުކޭޓު ގޮޅިތަކަށް ކުރިމަތިލާން ހިޔާ ފްލެޓުތަކުގެ ވެރިންނަށް ހުޅުވާލައިފި

ހިޔާގެ އެޗް11 އާއި އެޗް7 އާއި އެޗް 12 ޓަވަރުތައް: ހިޔާ ލޯކަލް މާރުކޭޓު ހުންނާނީ އެޗް12 އާއި އެޗް11 ގެ އުތުރުން އޮންނަ ހުސް ބިމުގައި. -- ފޮޓޯ

ހިޔާގެ އެޗް11 އާއި އެޗް7 އާއި އެޗް 12 ޓަވަރުތައް: ހިޔާ ލޯކަލް މާރުކޭޓު ހުންނާނީ އެޗް12 އާއި އެޗް11 ގެ އުތުރުން އޮންނަ ހުސް ބިމުގައި. -- ފޮޓޯ

ހުޅުމާލޭ ފޭސް ޓޫ ހިޔާ ސަރަހައްދުގައި ތަރައްގީކުރާ ހިޔާ ލޯކަލް މާރުކޭޓުން ދޫކުރާ ގޮޅިތަކަށް ކުރިމަތިލާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ރޯދަ މަހު ފަސޭހައިން ކާބޯތަކެތީގެ ބާވަތްތައް ލިބޭނެ މަގުފަހި ކުރުމުގެ ގޮތުން ރޯދައަށް ވަގުތީ ގޮތުން އަޅާ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލެވެނީ ހަމައެކަނި ހިޔާ ފްލެޓު ލިބުނު މީހުންނަށެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ކޮންމެ މީހަކަށް ހުށަހެޅޭނީ އެންމެ ފޯމެއް ކަމަށާއި ގޮޅި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތަކުން ކަމަށެވެ. ގޮޅިތަކަށް ފޯމު ބަލައިގަތުން ކުރިޔަށް ދާނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން 11:00 އަށް ހުޅުމާލޭ ފޭސް ވަންގައި ހުންނަ ހުރަވީ ސްކޫލް ހޯލުގަ އެވެ. ގުރުއަތު ނެގުން އޮންނާނީ މެންދުރު 11:30 ގަ އެވެ.

މި ގުރުއަތު ނެގުން ކުރިޔަށް ގެންދާ ވަގުތު ގުރުއަތުން ހޮވޭ ފަރާތްތަކުން ވަގުތުން 1،500ރ. ސެކުއިރިޓީ ޑިޕޮސިޓް ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ފައިސާއަކީ ގޮޅި ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ގޮޅިއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ނަމަ އަނބުރާ ލިބޭނެ ފައިސާ އެވެ. އެކަމަކު ގޮޅި ކުއްޔަށް ދޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ކުއްޔަށް ނެގުމުގެ ފުރުސަތު ދޫކޮށްލައިފިނަމަ ނުލިބޭނެ އެވެ.

ހިޔާ ލޯކަލް މާރުކޭޓު ހުންނާނެ ސަރައްހައްދާއި ފަރުމާ ދައްކައިދޭ ކުރެހުމެއް:
ހިޔާ ލޯކަލް މާރުކޭޓު ހުންނާނެ ސަރައްހައްދާއި ފަރުމާ ދައްކައިދޭ ކުރެހުމެއް:

ހިޔާ ލޯކަލް މާރުކޭޓު ހުންނާނެ ސަރައްހައްދާއި ފަރުމާ ދައްކައިދޭ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

މިއިން ގޮޅިއެއްގެ މަހު ކުއްޔަކީ 2،000ރ. އެވެ. ކުއްޔަށް ދޫކުރަނީ 19 ގޮޅި އެވެ.

ގުރުއަތުން ހޮވޭ މީހުންނަށް އެޗްޑީސީން ސިޓީ ފޮނުވާތާ ދެ ދުވަހުގެ ތެރޭގައި އެއް މަހުގެ އެޑްވާންސް ކުލީގެ ގޮތުގައި 2،000ރ. އެ ކޯޕަރޭޝަނަށް ދޭން ޖެހެ އެވެ. އަދި، ގޮޅިއަށް ހޮވިފައިވާ ކަމުގެ ސިޓީގައިވާ ޝަރުތުތަައް ފުރިހަމަ ކުރުމުން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ނުބުނެ އެވެ.

ހިޔާ ލޯކަލް މާރުކޭޓުގެ ގޮޅި ލިބުނު ކަމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަފުތާއެއްގެ ތެރޭގައި ހިދުމަތް ދޭން ޖެހެ އެވެ. ހިދުމަތް ނުފަށާނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox