ރުޑިގާ ގަތުމުގެ ރޭހަށް ނިއުކާސަލް ވަންނަނީ

Mar 24, 2022, 8:06 AM
ރުޑިގާ ގަތުމުގެ ރޭހަށް ނިއުކާސަލް ވަންނަނީ

ލަންޑަން (މާޗް 24) - ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ސޮއި ހޯދުމުގެ ރޭހަށް ނިއުކާސަލް ޔުނައިޓެޑުން ވެސް ވަދެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ރުޑިގާ، ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ރުޑިގާއާ އެކު ޗެލްސީން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އަދި އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. އެއީ ރުޑިގާ ކިޔާ މުސާރަ ބޮޑުުވުމުންނެވެ.

ރުޑިގާގެ ކޮންޓްރެކްޓް މަޝްވަރާތައް ދިގުލާފައިވަނިކޮށް، ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމަ މައްސަލައިގައި އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ޗެލްސީ އަށް ވެސް ވަނީ ފޯރައިފަ އެވެ. އެ ގޮތުން ޗެލްސީ އަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ކްލަބަށް ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމުގެ ހުއްދަ ވެސް ނެތެވެ. އެކަަމަކު، ދާދި ފަހުން ދިން ލުއިތަކުގެ ތެރެއިން އަވޭ މެޗުތަކަށް ޓިކެޓް ވިއްކަން ހުއްދަވަނީ ދީފަ އެވެ.

ޗެލްސީގެ މި ހާލަތުގެ ފައިދާނަގައި ގިނަ ކްލަބްތަކުން އަންނަނީ ރުޑިގާ ލައްވައި ޕްރީ އެގްރީމެންޓެއްގައި ސޮއިކުރަން މަސައްކަތް ކުރަމުންނެވެ. ރުޑިގާ ބޭނުންނަމަ އަންނަ ޖުލައި މަހު އެއް ވަނަ ގުޅޭގޮތަށް ބޭނުން ކްލަބަކާ އެކު މި ވަގުތު ކޮންޓްރެކްޓް ހެދޭނެ އެވެ.

ކުރިން ސްޓުޓްގާޓާއި ރޯމާ އަށް ކުޅެފައިވާ ރުޑިގާ ހޯދަން ޝައުގުވެރިވާ ކްލަބްތައް ގިނަ އެވެ. އޭގެތެރޭގައި ބަޔާން މިއުނިކް، ރެއާލް މެޑްރިޑް، ޔުވެންޓަސްގެ އިތުރުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ވެސް ހިމެނެ އެވެ.

އެ ރޭހަށް އެންމެ ފަހުން ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ހިއްސާ އޮންނަ ފަންޑެއް އޮޕަރޭޓްކުރާ ކުންފުންޏެއް މެދުވެރިކޮށް ގަނެފައިވާ ނިއުކާސަލް އެވެ. ނިއުކާސަލް ރެލިގޭޝަނުން ސަލާމަތްވާނެ ކަމުގެ ޔަގީންކަން ލިބެމުން އަންނާތީ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން ހޯދާނެ ކުޅުންތެރިންނާ މެދު އެ ޓީމުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެ ޓީމުން ގެންގުޅޭ ޓްރާންސްފާ ލިސްޓުގެ ކުރިގައި ރުޑިގާގެ ނަން އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ދެން ހުރި ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވެނީ ސްޕެއިނުގެ ސެޒާ އަޒްޕިލިކުއޭޓާ އާއި ޑެންމާކްގެ އަންދްރެސް ކްރިސްޓެންސަން އެވެ. މި ދެ ކުޅުންތެރިން ވެސް ގުޅުމުގެ އެންމެ ބޮޑު ފުރުސަތެއް ހޯދީ ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ބާސެލޯނާއާ އެެވެ. ބާސެލޯނާ އިން ވަނީ ހިލޭ ޓްރާންސްފާއެއްގައި އޭސީ މިލާންގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ގެންނަން އެއްބަސްވުމަކަށް އަތުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox