ރިޕޯޓުގާފުންޏަކަށް ހަދާފައި ދިނީމާވެސް މިތިބީ އާރާސްތުކޮށްގެން!

ގާފުންޏަކަށް ހަދާފައި ދިނީމާވެސް މިތިބީ އާރާސްތުކޮށްގެން!

ތިނަދޫ މީހުން އެނބުރީ ރަށަށް އައި އިރު، ރަށުގެ ހުރިހާ ގޯއްޗަކާއި އޮފީސްތަކާއި ބޯޅަ ދަނޑާއި ޓެނިސް ކޯޓުތަކާއި ހޮޅުއަށިތައް އޮތީ ބިމާ ހަމަކޮށްފަ. ރޯނާއި ވަޅޯ މަހާއި ކާޑުގެ ބާވަތްތަކާއި ހެދުމާއި ފައިވާނާއި މޭކަޕު ވިއްކަމުންދިޔަ ބާޒާރުތައް އޮތީ ސުންނާފަތިކޮށްފަ.

ތިނަދޫން މީހުން ބޭލުމުގެ ކުރިން މިރަށް އޮތްގޮތް ސިފަކޮށްދޭން، ރަޝީދާ އިބްރާހީމް އޭރުގެ ފޮޓޯއެއް ދައްކަވައިލައްވަނީ: ތިނަދޫ މީހުން އަލުން އާބާދުވުމުގައި ސަރުކާރުން އެއްވެސް އެހީއެއް ނުވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަަދަދު
ތިނަދޫން މީހުން ބޭލުމުގެ ކުރިން މިރަށް އޮތްގޮތް ސިފަކޮށްދޭން، ރަޝީދާ އިބްރާހީމް އޭރުގެ ފޮޓޯއެއް ދައްކަވައިލައްވަނީ: ތިނަދޫ މީހުން އަލުން އާބާދުވުމުގައި ސަރުކާރުން އެއްވެސް އެހީއެއް ނުވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަަދަދު

ގދ. ތިނަދޫގެ ގޮނޑުދޮށުގައި 1966 ވަނަ އަހަރު އަނެއްކާ ވެސް ފައި ޖައްސާލުމާއެކު އެ ބިރުވެރި ވާހަކަތަކައް ހަސަން އަހުމަދު ދީދީއަށް ލޮލުން ފެނި، އަތުން ހިފިއްޖެ އެވެ.

އެއްގަމަށް އެރި އިރު މަގުގެ ދެފަރާތުން ވެސް ފެންނަން ހުރީ ބިމާހަމަކޮށްފައިވާ ގެތަކުގެ ގާފުނިފުންޏާއި މަތިވަޑާންގަނޑު ނަގާފައިވާ ގެތަކުގެ ފާރުގަނޑުތަކެވެ. ސަރުކާރު އޮފީސްތަކާއި ބޯޅަ ދަނޑާއި ޓެނިސް ކޯޓުތަކާއި ހޮޅިއަށިތަކާއި ރަށުގެ އެތައް ހާސް ގޯއްޗެއް މިއޮތީ ތަޅައި ސުންނާފަތިކޮށްފަ އެވެ.

ރޯނާއި ވަޅޯ މަހާއި ކާއްޓާއި ތަރުކާރީ އާއި ކުޑަކުދިން ކުޅޭ ސާމާނާއި ކާޑުގެ ބާވަތްތަކާއި އައިސްކްރީމް އާއި ހެދުމާއި ފައިވާނާއި މޭކަޕު ވިއްކާ އުޅުނު ތިނަދޫ ބާޒާރު ހުރިތަން ވަކި ކުރަން އެނގެނީ ސިކުނޑީގައި ޗާޓު ކުރެހިފައި އޮތީމަ އެކަންޏެވެ.

Advertisement

ހަސަން ދީދީ، 13، އެ މަންޒަރު ސިފަ ކުރީ "ހަނގުރާމައެއްގައި ވީރާނާވެފައިވާ ގާފުންޏެއް" ގޮތަށެވެ.

"ފަޅުރަށަކަށް ވުރެ ވެސް ނުބައި. ފަޅު ރަށެއްގައި ވެސް އެއްޗިހި ލިބޭނެތާ ދަނޑިއާ އެއްޗިހި. މިތާ އެއްވެސް އެއްޗެއް ނެތް. ފާރެއްގައި ޓިނުގަނޑެއް ލައްގާލާފައި އޭގެ ދަށަށް ވަދެ އަހަރެމެން ވެސް ތިބީ،" މިހާރު އުމުރުން 69 އަހަރުގެ ހަސަން ދީދީ ތިނަދޫގައި ހުރެ، ފުރާވަރު ހަނދާން ކުރަމުން ކިޔައިދިނެވެ.

އެއީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އަމުރަށް ގދ. ތިނަދޫ ފަޅުކުރިތާ ހަތަރު އަހަރު ފަހުން 1966 ވަ ވަނަ އަހަރު އެރަށު ރައްޔިތުން އެނބުރި ރަށަށްދާން ހުއްދަ ދިނީމާ އައި ދުވަހު މިރަށުގެ ހާލަތު އޮތް ގޮތެވެ. އެ އަހަރުގެ އޮގަސްޓްމަހުގެ 22 ވަނަ ދުވަހު އައީ ހަސަންދީދީ ބުނި ގޮތުގައި ރަށުން ބޭރުގައި އޮތް އާބާދީގެ ތެރެއިން މިރަށާ އެންމެ ކައިރީގައި ތިބި ކުދިބޮޑު އެންމެނެވެ.

ހަސަން އަހުމަދު ދީދީ އަދަދުއަށް އިންޓަވިއުދެނީ. ފޮޓޯ: އަބްދުﷲ އިޔާން
ހަސަން އަހުމަދު ދީދީ އަދަދުއަށް އިންޓަވިއުދެނީ. ފޮޓޯ: އަބްދުﷲ އިޔާން

ހަސަން އަހުމަދު ދީދީ މި ނޫހަށް އިންޓަވިއު ދެނީ: އޭނާ ރަށުން ބޭލުވީ އުމުރުން އެންމެ 13 އަހަރުގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހަސަން ދީދީ ބުނި ގޮތުގައި ތިނަދޫން ބޭލި މީހުންގެ ތެރެއިން ގިނަ މީހުން ތިބީ މިއަތޮޅު މަޑަވެލީގައި ޖިފުޓި ޖަހައިގެންނެވެ. ރަށަށް އަލުން އަންނަން ހުއްދަ ދިނީމާ އެމީހުން އައީ މިޒަމާނުގައި ރަށެއް އަލުން އާބާދުވާ އިރު ކަންތައްތައް ކުރިއަށް ގެންދާ ތަރުތީބުންނެއް ނޫނެވެ. ގެ އަޅާފައި އާއިލާ ގެންނަ ގޮތަކަށް ނޫނެވެ. އެންމެން އެކީ އައީ މަޑަވެލީގައި ޖެހި ޖިފުޓިތައް ވެސް ރޫޅާލައިފަ އެވެ.

ތިނަދޫ މީހުންނަށް އެމީހުންގެ ރަށް އަލުން ދިން އިރު ދިނީ އެމީހުންގެ ގޯތި ގެދޮރާއި މުދާވެސް ދައުލަތަށް ނަގައި، ގެތައް ވެސް ތަޅައި މުޅި ރަށް އަލުން ޕްލޭންކޮށް، މުޅިން އަލަށް ދޭ ގޯތިތަކެއްގެ ގޮތުގައި ގޯތި ވެސް ދީފަ އެވެ. ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ޕްލޭން ކުރައްވައި ރަށުގެ ހުރަހާއި ދިގަށް ކޮށްޓެވި ފުޅާ މަގުތައް ވެސް އޮތީ ހަނިކޮށްފަ އެވެ. މަގުތައް ހަނިކޮށްލި އިރު އެންމެ ފުޅާ މަގެއްގައި ނަމަ 25 ފޫޓް ހުރި އިރު އެހެން މަގުތަކުގެ ފުޅާމިނަކީ އެންމެ 15 ފޫޓެވެ. ހަސަންދީދީގެ ބަހުން ނަމަ މިރަށް ބަހާފައި އޮތީ "ރާޒުވާ ގޮނޑިއެއް" ހެންނެވެ.

އެތައް ޖީލަކުއްސުރެ މީހުން އުޅުނު މައިރަށެއްގެ ގޮތުގައި އޮތް ތިނަދޫ، ފަޅު ރަށެއްގެ ގޮތުގައި އަލުން ބަހައިލުމުން ލިބުނު ހިތާމަ އޭނާ ސިފަކޮށްދިނީ އެންމެ މިސާލަކުންނެވެ.

"އަޅުގަނޑު ކުރިމަތީގައި، އަޅުގަނޑު ބަހައްޓާފައި ހުންނަ ވަޅު ސަރުކާރުން އެހެން މީހަކަށް ދެނީ [ވަޅާ އެކު އެގޯތި ހުރި ސަރަހައްދު އެހެން މީހަކަށް ދެނީ] ދިނީމާ އެ ވަޅު އަޅުގަނޑަށް ލިބޭނެ ގޮތެއް ނުވޭ. ކޮނެގެން ނަގަން ވެސް ނުލިބޭ،" އެތައް ޖީލަކަށް ވާރުތަވެގެން އައިސްފައި ހުރި ގޯތިތައް ދައުލަތަށް ނަގާފައި އަލުން ބަހައިލީމާ ވީގޮތް ސިފަކޮށްދެމުން ހަސަންދީދީ ބުންޏެވެ.

އެފަހަރު ގޯތި ދިން އިރު ތިނަދޫގައި ކުރިން ބޮޑެތި ގޯތި ހުރި އެތައް ބަޔަކަށް ގޯއްޗެއް އަމްދުން ނުވެސް ދިނީ އެވެ. އޭގެ ތެރޭގައި ރަށުން ބޭލި ފަހުން ހުވަފަތްވީ އަންހެނުންނާއި ކުށްވެރިން ކަމަށް ކަނޑައެޅި މީހުންގެ ދަރިން ހިމެނެ އެވެ.

"އަލުން އާބާދުވާން ދައުލަތުން އެއްވެސް އެހީތެރިކަމެއް ދިންތޯ" އެހީމާ ހަސަންދީދީ ބުނީ "މިސްކިތުގެ ބައްތި ދިއްލާނެ ތެޔޮކޮޅެއް ވެސް ސަރުކާރުން ނުދިން" ކަމަށެވެ.

އޭގެ ކުރިން މިއީ ވަރަށް ކުރިއަރާފައި އޮތް ރަށެއް

އައިޝަތު ފަރީދާ އޭނާގެ އާއިލާގެ ގެތަކުގެ ފޮޓޯ ދައެްކައިލަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އައިޝަތު ފަރީދާ އޭނާގެ އާއިލާގެ ގެތަކުގެ ފޮޓޯ ދައެްކައިލަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރަޝީދާ އިބްރާހީމް އޭނާގެ އާއިލާގެ ގެތަކުގެ ފޮޓޯ ދައްކައިލަނީ: އޭނާ ދިރިއުޅުނީ ތިނަދޫގައި އެންމެ ތަނަވަސްކޮށް ހަދާފައި ހުރި އެއް ގޯތީގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގދ. އަތޮޅުގެ އެންމެ ބައިބޯރަށް، ތިނަދޫ އަލުން އާބާދުވެ، މިރަށް މިހާރު ކުރިއަރާފައި އޮތް ވަރު އެއީ ދެން އާ ވާހަކައެއް ނޫނެވެ. ހުވަދޫ ކަނޑުން ދެކުނުގައި މިވަރުގެ ރަށެއް މަދުވާނެ އެވެ. މިރަށު އާރު، ރަޝީދާ އިބްރާހީމް، މަޝްހޫރު ނަމުން ނަމަ ރަޝީދާ މިސް ވިދާޅުވެ ދެއްވީ ހަސަންދީދީ އެ ކިޔައިދިން ހާލަތަށް މިރަށް ވީރާނާކޮށްލުމުގެ ކުރިން ކުރިއަރާފައި އޮތް މިންވަރެވެ.

ތިނަދޫ އޭރު ކުރިއަރާފައި އޮތް މިންވަރުގެ މިސާލެއްގެ ގޮތުން އޭނާ ފުރަތަމަ ދެއްކެވީ އެ ދުވަސްވަރު ދުނިޔޭގެ ކުރިއަރާފައި ހުރި އެހެން ގައުމުތަކުގައި ވެސް ހުންނަ ފަދަ ފޮޓޯ ސްޓޫޑިއޯއެއް މިރަށުގައި ހުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގައި އޭރުވެސް އަމިއްލައަށް ފޮޓޯ ނަގައި ފޮޓޯ ސާފުކުރަމުން ދިޔަ އެވެ. އެއާ ހިލާފަށް ރާއްޖޭގެ އެހެން ރަށްރަށުގައި 1980 ގެ އަހަރުތަކާއި 1990 ގެ އަހަރުތަކުގައި ވެސް އެފަދަ ވަސީލަތެއް ނެތެވެ.

"ހުސައިން ހަބީބް ކިޔާ ބޭފުޅެއް ހުންނާނެ. އޭނާއަކީ ފޮޓޯ ނެގުމުގެ ތަމްރީނު ހައްދަވާފައި ހުންނެވި ބޭފުޅެއް. އޭނާ ފޮޓޯ ސާފުކުރާތަން ހުންނާނީ ވަރަށް އަނދިރި އަނދިރިކޮށް. ހަމަ ސްޓޫޑިއޯ ހަދާފައި. އަޅުގަނޑަކީ އެތަނަށް ވަންނަ މީހެއް،" ރަޝީދާ ވިދާޅުވި އެވެ.

ރަޝީދާ ވިދާޅުވެދެއްވި ގޮތުގައި ތިނަދޫގައި އޭރުވެސް ދެ ބުރިއަށް ހަދާފައިވާ ރަނގަޅު ފެންވަރުގެ އެތައް ގެއެއް ހުއްޓެވެ. ރީއްޗަށް ވިނަ ހައްދައި، ހުރިހާ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެއް އޮތެވެ. ޓެނިސް ކޯޓްތައް ހުރި އިރު ޓެނިސް ކުޅޭ ރެކެޓްވެސް އުފައްދަނީ މިރަށުގަ އެވެ.

ރަށުގެ ދެކޮޅުގައި ދެ މަކުތަބު (މިހާރުގައި ނަމަ ޕްރީ ސްކޫލް) ހުރި އިރު އެއަށް ވުރެ މައްޗަށް ކިޔަވައިދޭން މަދުރަސަތުލް އަމީރު އިބްރާހީމް ނަމަކަށް ކިޔާ މަދުރަސާއެއް ހުއްޓެވެ. އެތަނުގައި އަރަބި ބަހާއި އުރުދޫ ބަސް ވެސް ކިޔަވައިދެ އެވެ.

ތިނަދޫން މީހުން ބޭލުމުގައި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކޮށް އިންސާފު ހޯދައިދޭން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތަކުން ވެސް އެނގުނު އެއްކަމަކީ މިރަށުގައި އޭރު އޮތް މުއްސަނދިކަމެވެ. ރަށުން މީހުން ބޭލި އިރު ގެއްލުނު މުދަލުގެ ތަފްސީލު ބައެއް މީހުން އަތުގައި ލިޔެ ރައްކާކޮށްފައި ހުއްޓެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ތިނަދޫ ކެމްޕަހުގައި ބޭއްވި ޕަބްލިކް ހިއަރިންގައި ގދ. ތިނަދޫ، ގޯލްޑެން ހައުސް، އައިޝަތު ފަރީދާ ބުނި ގޮތުގައި އޭނާގެ އަޅިވިލާގެ ސަރުކާރަށް ނެގުމުގެ ނަމުގައި އަތުލީ އެގޭގައި ހުރިއްޔާ ހުރި މުދަލަކާ ވެސް އެކުގަ އެވެ.

އެ ގެ ނެގީ ތިނަދޫން މީހުން ބޭލުމުގެ ކުރިން ފުރަތަމަ ފަހަރަށް ސިފައިން ހަތިޔާރާ އެކު އަރައި މިރަށް ހިފި އިރެވެ. ޕަބްލިކް ހިއަރިންއަށް އޭނާ އައީ އަޅިވިލާގޭގެ ފޮޓޯއަކާއި އާއިލީ އެހެން ގެއެއްގެ ފޮޓޯއެއް ވެސް ހިފައިގެންނެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އެ ގެއަކީ ތިން ބަޔަކަށް ވާ ގޮތަށް ފަރުމާކޮށް ކޮންމެ ބައެއް ވެސް ޓިނު ޖަހައި ދެ ފުރާޅަށް ހިޔާކޮށްފައި ހުރި ގެ އެކެވެ. އެއީ "ޔޫ ޝޭޕަށް" ހަދާފައިވާ ގެއެކޭ ބުނެވިދާނެ އެވެ. އެންމެ ބޮޑުކޮށް ހުރި ކަމަށް ފެންނަނީ ގޭގެ އެންމެ ބިއްދަށަށް ހުރި ( ޔޫ އަކުރުގައި ނަމަ ތިރީބައި) އެވެ. ދެ ފައިކަށްޓަށް ހުރި ދެބައި ވެސް ހިޔާކޮށްފައި ހުރީ ދެފުރާޅަށެވެ. ދެ އަތުން ދައްކައިލި ދެފޮޓޯގައިވާ ދެ ގެ ވެސް ހުރީ ދާދި އެއް ފަރުމާއަކަށެވެ. ސަރުކާރަށް ނެގި އެ ދެ ގޭގެ ތަފްސީލު އޭނާ ދިނީ ލިޔެފައިވާ ބަޔާ ނަކުންނެވެ.

ފަރީދާ އަކީ ތިނަދޫގައި އޭރު ހުންނެވި ކަތީ ބު ( އަބްދުﷲ ކަތީބު)ގެ އަންހެނުންނެވެ. އޭނާގެ އުމުރަކީ އޭރު 17 އަހަރެވެ. އެ އާއިލާގެ ގެދޮރާއި މުދަލުގެ ތަފްސީލު އެހައި ރަނގަޅަށް އެނގެނީ އެހެންވެ އެވެ. އެ މުދަލުގެ ސީދާ ހިސާބުތައް ނޭގުނަސް ސަރުކާރުގެ ފަރާތުން އެ މުދާތައް އަގުމަގުކުރެއްވި ބޭފުޅުންގެ ނަންތައް ވެސް އޭނާއަށް އެނގެ އެވެ. 

ޕަބްލިކް ހިއަރިންގެ ކުރިން އަހަރެމެންނާ ވާހަކަ ދެއްކި ހަސަން އަހުމަދު ދީދީ ހިއަރިން ގައި ދިން ބަޔާނުގައި ވެސް ބުނީ ތިނަދޫ ފަޅުކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން އަލުން އެރަށަށް އާބާދުކުރުމުގައި ސަރުކާރުން އަމަލުކުރި ގޮތް މާ އަނިޔާވެރި ކަމަށެވެ. 
"މިރަށުގައި ފާރު ރާނާފައި ބޯޅަގެއެއް ވެސް އަޅާފައިވާ ބޮޑު ބޯޅަދަނޑެއް ވެސް އޮއްވާ ރަށުގެ އުމްރާނީ ގޮތުން ތަރައްގީވެފައިވާ ސަރަހައްދުގައިވާ ހުރިހާ ގެތަކެއް ތަޅާލައިގެން ބޯޅަދަނޑެއް ހަދާފައި، މުހައްމަދު އަމީނުގެ ދުވަސްވަރު ރާއްޖޭގެ ރަށްރަށުގައި ހެދި 32 ފުޅާ މަގުތަކާ އެއްގޮތަށް ތިނަދޫގައި ހަދާފައިވާ ފަސް މަގު 15 ފޫޓުގެ މަގުތަކަށް ބަދަލުކުރުން މިއީ ވެސް މިރަށަށް ދިން ވަރަށް ބޮޑު އަނިޔާއެއް،" އިންތިގާލީ އިންސާފުގެ އޮފީހަށް ދިން ބަޔާނުގައި ހަސަންދީދީ ބުންޏެވެ. 
އޭނާގެ ބަޔާނުން އެނގުނު ގޮތުގައި ތިނަދޫން ފޭބި އިރު ކިތަންމެ ބޮޑު ގޯއްޗެއް އޮތް ނަމަވެސް ފަހުން އާބާދު ކުރި އިރު ހެދި ކްރައިޓީރިއާއަށް ނުފެތޭ މީހެއް ނަމަ އަލުން ގޯއްޗެއް ނުދެ އެވެ. އެ ޝަރުތަކީ މީހަކާ އިނދެގެން އުޅުމެވެ. އެހެންވެ ގޯތި ނުލިބުނު އެތައް ބަޔަކީ އޭނާ ބުނި ގޮތުގައި ތިނަދޫން މީހުން ބޭލުމުގެ ކުރީގައި ބޮޑެތި ގޯތި ވެސް އޮތް މީހުންނެވެ. 
"މިކަމުގެ ސަބަބުން އުޅޭނެ ތަނެއް ނުލިބިގެން، އަމިއްލަ މުދަލާއި އަމިއްލަ ގެދޮރު ހުރި އަމިއްލަ ރަށުގައި ރެފިއުޖީންގެ ގޮތުގައި އުޅެ މަރުވެގެން ދިޔަ އެތައް ބަޔަކު އުޅުނު،" އޭނާ ބުންޏެވެ. 

އަލުން އާބާދުވުން
ހަސަންދީދީއާއި ރަޝީދާ އިބްރާހީމްގެ ވާހަކައިން ވެސް އެނގު ނު ގޮތުގައި ތިނަދޫ މީހުންނަށް އެމީހުންގެ ރަށް އަލުން ދިނުމުން ވެސް ރަށް އާބާދުކޮށް ތަރައްގީކުރީ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތި އަމިއްލަ މަސައްކަތުންނެވެ. 
"ދެން އަޅުގަނޑުމެންނާ ރަށް ހަވާލުކުރި އިރު އަތަކު ނެތް އެއްވެސް އެއްޗެއް. ހަތަރު އަހަރު ވަންދެން އެކި ރަށްރަށުގައި އަޅުގަނޑުމެން ތިބީ،" ރަޝީދާ ވިދާޅުވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަލުން ކުރެހި ޗާޓާ އެއްގޮތަށް ރަށުގެ މަގުތައް އަލުން ހެދީ ވެސް އެހާލުގައި ތބި ރައްޔިތުން އަމިއްލަ އަށެވެ. އެ މަސައްކަތުގައި ގާކޮޅެއް އުފުލާނެ ގޯނިގަނޑެއްހާ ހިސާބުވެސް އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ނުދެ އެވެ. 
ތިނަދޫ މީހުން ގަދަ ހިތްވަރާ އެކު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭގެ ފަހުން 10 އަހަރު ވީ އިރު މިރަށް އޮތީ އަނެއްކާ ވެސް ކުރިއަރައި ތަރައްގީވެފަ އެވެ. 
 މިހާރު މިއީ ރާއްޖޭގެ ނިސްބަތުން އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އެތަނެއްގައި ޕަބްލިކް ހިއަރިންތައް ބާއްވަމުން އަންނަ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަސް އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދަށް ބަލައިލުމުން ވެސް އެކަން ރީއްޗަށް ފެނެ އެ ވެ.
ފަރީދާ އަކީ ތިނަދޫގައި އޭރު ހުންނެވި ކަތީ ބު ( އަބްދުﷲ ކަތީބު)ގެ އަންހެނުންނެވެ. އޭނާގެ އުމުރަކީ އޭރު 17 އަހަރެވެ. އެ އާއިލާގެ ގެދޮރާއި މުދަލުގެ ތަފްސީލު އެހައި ރަނގަޅަށް އެނގެނީ އެހެންވެ އެވެ. އެ މުދަލުގެ ސީދާ ހިސާބުތައް ނޭގުނަސް ސަރުކާރުގެ ފަރާތުން އެ މުދާތައް އަގުމަގުކުރެއްވި ބޭފުޅުންގެ ނަންތައް ވެސް އޭނާއަށް އެނގެ އެވެ. ޕަބްލިކް ހިއަރިންގެ ކުރިން އަހަރެމެންނާ ވާހަކަ ދެއްކި ހަސަން އަހުމަދު ދީދީ ހިއަރިން ގައި ދިން ބަޔާނުގައި ވެސް ބުނީ ތިނަދޫ ފަޅުކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން އަލުން އެރަށަށް އާބާދުކުރުމުގައި ސަރުކާރުން އަމަލުކުރި ގޮތް މާ އަނިޔާވެރި ކަމަށެވެ. "މިރަށުގައި ފާރު ރާނާފައި ބޯޅަގެއެއް ވެސް އަޅާފައިވާ ބޮޑު ބޯޅަދަނޑެއް ވެސް އޮއްވާ ރަށުގެ އުމްރާނީ ގޮތުން ތަރައްގީވެފައިވާ ސަރަހައްދުގައިވާ ހުރިހާ ގެތަކެއް ތަޅާލައިގެން ބޯޅަދަނޑެއް ހަދާފައި، މުހައްމަދު އަމީނުގެ ދުވަސްވަރު ރާއްޖޭގެ ރަށްރަށުގައި ހެދި 32 ފުޅާ މަގުތަކާ އެއްގޮތަށް ތިނަދޫގައި ހަދާފައިވާ ފަސް މަގު 15 ފޫޓުގެ މަގުތަކަށް ބަދަލުކުރުން މިއީ ވެސް މިރަށަށް ދިން ވަރަށް ބޮޑު އަނިޔާއެއް،" އިންތިގާލީ އިންސާފުގެ އޮފީހަށް ދިން ބަޔާނުގައި ހަސަންދީދީ ބުންޏެވެ. އޭނާގެ ބަޔާނުން އެނގުނު ގޮތުގައި ތިނަދޫން ފޭބި އިރު ކިތަންމެ ބޮޑު ގޯއްޗެއް އޮތް ނަމަވެސް ފަހުން އާބާދު ކުރި އިރު ހެދި ކްރައިޓީރިއާއަށް ނުފެތޭ މީހެއް ނަމަ އަލުން ގޯއްޗެއް ނުދެ އެވެ. އެ ޝަރުތަކީ މީހަކާ އިނދެގެން އުޅުމެވެ. އެހެންވެ ގޯތި ނުލިބުނު އެތައް ބަޔަކީ އޭނާ ބުނި ގޮތުގައި ތިނަދޫން މީހުން ބޭލުމުގެ ކުރީގައި ބޮޑެތި ގޯތި ވެސް އޮތް މީހުންނެވެ. "މިކަމުގެ ސަބަބުން އުޅޭނެ ތަނެއް ނުލިބިގެން، އަމިއްލަ މުދަލާއި އަމިއްލަ ގެދޮރު ހުރި އަމިއްލަ ރަށުގައި ރެފިއުޖީންގެ ގޮތުގައި އުޅެ މަރުވެގެން ދިޔަ އެތައް ބަޔަކު އުޅުނު،" އޭނާ ބުންޏެވެ. އަލުން އާބާދުވުން ހަސަންދީދީއާއި ރަޝީދާ އިބްރާހީމްގެ ވާހަކައިން ވެސް އެނގު ނު ގޮތުގައި ތިނަދޫ މީހުންނަށް އެމީހުންގެ ރަށް އަލުން ދިނުމުން ވެސް ރަށް އާބާދުކޮށް ތަރައްގީކުރީ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތި އަމިއްލަ މަސައްކަތުންނެވެ. "ދެން އަޅުގަނޑުމެންނާ ރަށް ހަވާލުކުރި އިރު އަތަކު ނެތް އެއްވެސް އެއްޗެއް. ހަތަރު އަހަރު ވަންދެން އެކި ރަށްރަށުގައި އަޅުގަނޑުމެން ތިބީ،" ރަޝީދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަލުން ކުރެހި ޗާޓާ އެއްގޮތަށް ރަށުގެ މަގުތައް އަލުން ހެދީ ވެސް އެހާލުގައި ތބި ރައްޔިތުން އަމިއްލަ އަށެވެ. އެ މަސައްކަތުގައި ގާކޮޅެއް އުފުލާނެ ގޯނިގަނޑެއްހާ ހިސާބުވެސް އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ނުދެ އެވެ. ތިނަދޫ މީހުން ގަދަ ހިތްވަރާ އެކު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭގެ ފަހުން 10 އަހަރު ވީ އިރު މިރަށް އޮތީ އަނެއްކާ ވެސް ކުރިއަރައި ތަރައްގީވެފަ އެވެ. މިހާރު މިއީ ރާއްޖޭގެ ނިސްބަތުން އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އެތަނެއްގައި ޕަބްލިކް ހިއަރިންތައް ބާއްވަމުން އަންނަ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަސް އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދަށް ބަލައިލުމުން ވެސް އެކަން ރީއްޗަށް ފެނެ އެ ވެ.

އައިޝަތު ފަރީދާ އޭނާގެ އާއިލާގެ ގެތަކުގެ ފޮޓޯ ދައެްކައިލަނީ: ދެ ބުރިއަށް ހަދާފައި ހުރި ކިތަންމެ ގެއެއް ތިނަދޫގައި ކުރިން ހުރި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުސްނުހީނާގެ

  • ރާނައި އުވަ ޖަހައި ޓިނުން ހިޔާކޮށްފައި
  • ތިން ގުދަނާއި އުނދޯލިގެއަކާއި ބަދިގެއެއް
  • ފިހާރައެއް މުދަލާ އެކު
  • ބޯޓެއް ބަންނަން ގެނެސްފައިވާ ހައިވަކަރު ( އަދަދެއް ނޭނގޭ)
  • ބޭރަށް ގެންދަން ތައްޔާރުކޮށްފައިވާ ބޮލި، ރޯނު އަދި ކުފްރާ

އަޅިވިލާގެ

  • ރާނައި އުވަ ޖަހައި އީޓުން ހިޔާކޮށްފައި
  • ތިން ގުަދަނާއި އުނދޯލިގެއަކާއި ބަދިގެ
  • ފިހާރައެއް މުދަލާ އެކު

އޮޅަދީދީ ކަތީބުގެ ގެ

  • ރާނައި ޓިނުން ހިޔާކޮށްފައި
  • ތިން ގުދަން (މުދަލާއި އެކު)

އޮޑިދޯނި ފަހަރު

  • މަސްދޯންޏެއް (ވިދުވަރު)
  • މާލެ ދަދުރުކުރާ ނާލު ބައްތެއްޔެއް ( އަޅިވިލާ ބައްތެލި)
  • ފަޅުރަށަށް ދަތުރުކުރާ ކުޑަ ދޯންޏެއް.

ފަރީދާ އަކީ ތިނަދޫގައި އޭރު ހުންނެވި ކަތީބު (އަބްދުﷲ ކަތީބު) ގެ މޫސާ ކަލޭފާނުގެ އަނިބިމީހާ އެވެ. އޭނާގެ އުމުރަކީ އޭރު 17 އަހަރެވެ. އެ އާއިލާގެ ގެދޮރާއި މުދަލުގެ ތަފްސީލު އެހައި ރަނގަޅަށް އެނގެނީ އެހެންވެ އެވެ. އެ މުދަލުގެ ސީދާ ހިސާބުތައް ނޭންގުނު ނަމަވެސް ސަރުކާރުގެ ފަރާތުން އެ މުދާތައް އަގުމަގުކުރެއްވި ބޭފުޅުންގެ ނަންތައް ވެސް އޭނާއަށް އެނގެ އެވެ.

ޕަބްލިކް ހިއަރިންގެ ކުރިން އަހަރެމެންނާ ވާހަކަ ދެއްކި ހަސަން އަހުމަދު ދީދީ ހިއަރިންގައި ދިން ބަޔާނުގައި ވެސް ބުނީ ތިނަދޫ ފަޅުކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން އަލުން އެރަށަށް އާބާދުކުރުމުގައި ސަރުކާރުން އަމަލުކުރި ގޮތް މާ އަނިޔާވެރި ކަމަށެވެ.

"މިރަށުގައި ފާރު ރާނާފައި ބޯޅަގެއެއް ވެސް އަޅާފައިވާ ބޮޑު ބޯޅަދަނޑެއް ވެސް އޮއްވާ ރަށުގެ އުމްރާނީ ގޮތުން ތަރައްގީވެފައިވާ ސަރަހައްދުގައިވާ ހުރިހާ ގެތަކެއް ތަޅާލައިގެން ބޯޅަދަނޑެއް ހަދާފައި، މުހައްމަދު އަމީނުގެ ދުވަސްވަރު ރާއްޖޭގެ ރަށްރަށުގައި ހެދި 32 ފުޅާ މަގުތަކާ އެއްގޮތަށް ތިނަދޫގައި ހަދާފައިވާ ފަސް މަގު 15 ފޫޓުގެ މަގުތަކަށް ބަދަލުކުރުން މިއީ ވެސް މިރަށަށް ދިން ވަރަށް ބޮޑު އަނިޔާއެއް،" އިންތިގާލީ އިންސާފުގެ އޮފީހަށް ދިން ބަޔާނުގައި ހަސަންދީދީ ބުންޏެވެ.

އޭނާގެ ބަޔާނުން އެނގުނު ގޮތުގައި ތިނަދޫން ފޭބި އިރު ކިތަންމެ ބޮޑު ގޯއްޗެއް އޮތް ނަމަވެސް ފަހުން އާބާދު ކުރި އިރު ހެދި ކްރައިޓީރިއާއަށް ނުފެތޭ މީހެއް ނަމަ އަލުން ގޯއްޗެއް ނުދެ އެވެ. އެ ޝަރުތަކީ މީހަކާ އިނދެގެން އުޅުމެވެ. އެހެންވެ ގޯތި ނުލިބުނު އެތައް ބަޔަކީ އޭނާ ބުނި ގޮތުގައި ތިނަދޫން މީހުން ބޭލުމުގެ ކުރީގައި ބޮޑެތި ގޯތި ވެސް އޮތް މީހުންނެވެ.

"މިކަމުގެ ސަބަބުން އުޅޭނެ ތަނެއް ނުލިބިގެން، އަމިއްލަ މުދަލާއި އަމިއްލަ ގެދޮރު ހުރި އަމިއްލަ ރަށުގައި ރެފިއުޖީންގެ ގޮތުގައި އުޅެ މަރުވެގެން ދިޔަ އެތައް ބަޔަކު އުޅުނު،" އޭނާ ބުންޏެވެ.

އަލުން އާބާދުވުން

ތިނަދޫ މިއުޒިއަމް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ތިނަދޫ މިއުޒިއަމް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތިނަދޫ މިއުޒިއަމް: ތިނަދޫ އަލުން އާބާދު ކުރީ ސަރުކާރުގެ އެއްވެސް އެއްބާރުލެއް ނެތި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހަސަންދީދީ އާއި ރަޝީދާ އިބްރާހީމްގެ ވާހަކައިން ވެސް އެނގުނު ގޮތުގައި ތިނަދޫ މީހުންނަށް އެމީހުންގެ ރަށް އަލުން ދިނުމުން ވެސް ރަށް އާބާދުކޮށް، ތަރައްގީކުރީ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތި އަމިއްލަ މަސައްކަތުންނެވެ.

"ދެން އަޅުގަނޑުމެންނާ ރަށް ހަވާލުކުރި އިރު އަތަކު ނެތް އެއްވެސް އެއްޗެއް. ހަތަރު އަހަރު ވަންދެން އެކި ރަށްރަށުގައި އަޅުގަނޑުމެން ތިބީ،" ރަޝީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަލުން ކުރެހި ޗާޓާ އެއްގޮތަށް ރަށުގެ މަގުތައް އަލުން ހެދީ ވެސް އެހާލުގައި ތބި ރައްޔިތުން އަމިއްލަ އަށެވެ. އެ މަސައްކަތުގައި ގާކޮޅެއް އުފުލާނެ ގޯނިގަނޑެއްހާ ހިސާބުވެސް އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ނުދެ އެވެ.

ތިނަދޫ މީހުން ގަދަ ހިތްވަރާ އެކު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭގެ ފަހުން 10 އަހަރު ވީ އިރު މިރަށް އޮތީ އަނެއްކާ ވެސް ކުރިއަރައި ތަރައްގީވެފަ އެވެ.

މހާރު މިއީ ރާއްޖޭގެ ނިސްބަތުން އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އެތަނެއްގައި ޕަބްލިކް ހިއަރިންތައް ބާއްވަމުން އަންނަ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަސް އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދަށް ބަލައިލުމުން ވެސް އެކަން ރީއްޗަށް ފެނެ އެ ވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox