ތިނަދޫއިން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ފަށައިފި

މިހާރު ކުރިޔަށްދާ ޕަބްލިކް ހިއަރިންގެ ތެރެއިން. މި މައްސަލާގައި ހުޅުވާލައިގެންނާ ހުޅުވާނުލައި އަޑުއެހުންތައް ބާއްވާނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިޔަށްދާ ޕަބްލިކް ހިއަރިންގެ ތެރެއިން. މި މައްސަލާގައި ހުޅުވާލައިގެންނާ ހުޅުވާނުލައި އަޑުއެހުންތައް ބާއްވާނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގދ. ތިނަދޫގައި 1962 ވަަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ފަށައިފި އެވެ.

ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި އަމަލެއްގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވުނު ކަމަށް ބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލުންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްގައި މިއަދު ހެނދުނުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެ އެވެ. އޭގެ އިތުރުން، މި މަހުގެ 27 ގައި މާލޭގައި ވެސް މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ އެވެ.

މި އަޑުއެހުންތަކުގެ ހެނދުނުގެ ދަންފަޅި 9 އިން 12 އަށް، އަދި މެންދުރުފަހު ދަންފަޅި 14:30 އިން 18:00 އާ ހަމައަށް އެ އޮފީހުން ކުރިއަށް ގެންދާނެ އެވެ. މިއަދު ކުރިއަށްދާ އަޑުއެހުންތައް ދައުލަތުގެ ޓީވީ މެދުވެރިކޮށް އަންނަނީ ދުރަށް ފޮނުވަމުންނެވެ.

މިއީ އެ ހާދިސާގައި ހިނގައިދިޔަ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން ބާއްވާ އަޑުއެހުންތަކެކެވެ.

މިއަދު އަޑުއެހުންތަކުގައި ބައިވެރިވެ މީހަކު ބަޔާން ދެނީ. ތިނަދޫ ކައުންސިލުން ވަނީ މި މައްސަލަ އާ ގުޅިގެން ހަ ކަމަކަށް އެދިފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިއަދު އަޑުއެހުންތަކުގައި ބައިވެރިވެ މީހަކު ބަޔާން ދެނީ. ތިނަދޫ ކައުންސިލުން ވަނީ މި މައްސަލަ އާ ގުޅިގެން ހަ ކަމަކަށް އެދިފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއަދު އަޑުއެހުންތަކުގައި ބައިވެރިވެ މީހަކު ބަޔާން ދެނީ. ތިނަދޫ ކައުންސިލުން ވަނީ މި މައްސަލަ އާ ގުޅިގެން ހަ ކަމަކަށް އެދިފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އާންމުކޮށް ހުޅުވާލައިގެންނާއި އާންމުކޮށް ހުޅުވާނުލައި ވެސް މި މައްސަލައިގެ އަޑުއެހުންތަކެއް ބާއްވާނެކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެ އެވެ.

އެ އަޑުއެހުންތަކުގައި ބަޔާން ދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހުން ހުޅުވާލި އެވެ.

އެ މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ހަ ކަމަކަށް އެދިފަ އެވެ.

އެއީ:

  • ތިނަދޫއިން މީހުން ބޭލި މައްސަލަ ތަހުގީގު ކޮށްދިނުމަށް؛
  • ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް؛
  • ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމަށް؛
  • ތިނަދޫއިން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް
  • ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ "ގަތުލުއާންމު" ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދިނުމަށް،
  • މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން "ގދ. ތެނަދޫ ވެލާނާގެ" ނަމަށް ބަދަލުކޮށްދެއްވުން.

އެ މައްސަލައިގައި 1962 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު، މިނިވަންކަން އިއުލާންކުރި އަތޮޅުތަކުގެ މައި ރަށްކަމުގައިވާ ތިނަދުއަށް ވަޑައިގެންނެވިކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

އޭގެ ފަހުން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދޫ އިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެންނަމަވެސް، އެ ހާދިސާއާ ގުޅޭ ރަސްމީ ތަހުގީގެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން ހިންގާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox