އިކޮނޮމިކް މިނިސްޓްރީގައި ބޮޑު ހިޔާނާތެއް ހިންގި ކަމަށް އިންތި ތުހުމަތުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. އިކޮނޮމިކް މިނިސްޓްރީން ބޮޑު ހިޔާނާތެއް ހިންގި ކަމަށް އޭނާ ތުހުމަތުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. އިކޮނޮމިކް މިނިސްޓްރީން ބޮޑު ހިޔާނާތެއް ހިންގި ކަމަށް އޭނާ ތުހުމަތުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރިސޯޓެއް ހެދުމުގެ މަސައްކަތަށް ބިދޭސީން ގެނައުމުގެ ނަމުގައި އިކޮނިކް މިނިސްޓްރީން ބޮޑު ހިޔާނާތެއް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ތުހުމަތުކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބު ލަސްކުރުމާ ބެހޭ ގޮތުން އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމެއްގައި ބޮޑު ޒުވާބެއް ހިނގާފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި އާއި އޭނާއަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިންތި އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

މިއަދުގެ ޖަލްސާގައި އިންތި ތުހުމަތުކުރެއްވީ ހިޔާނާތުގެ ބައެއް ބޮޑެތި މައްސަލަތައް ސަރުކާރުން ނުބަލަން އުޅޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުން ވެންޓިލޭޓަރުތަކެއް ގަންނަން ބޭރުގެ ކުންފުންޏަކަށް ފައިސާ ދިނުމަށް ފަހު ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަ އެވެ.

"އިކޮނޮމިކް މިނިސްޓްރީއަށް، ހަދަމުން ދިޔަ ރިސޯޓެއް ކަމަށް ބުނެ 1،000 އަށް ވުރެ ގިނަ ކޯޓާ ހޯދުމަށް ހުށަހެޅި. އޭގެ ތެރެއިން ނުވަސަތޭކައެއްހާ ކޯޓާ އެޕްރޫވްކޮށްފައި، ދުއިސައްތައެއްހާ މީހުން ވަގަށް އެތެރެވެފައިވޭ. މިހާރު ތިން އަހަރު ގާތްގަނޑަކަށް މިއޮއް ދަނީ. އެ މައްސަލަ ބެލުމުގެ ޝައުގުވެރިކަމެއް ނެތް،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވި މީހުން މިނިސްޓްރީ ތެރޭގައި ތިބޭނެ ކަމަށެވެ. އެ މައްސަލަ އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަަޅާފައިވާ ކަމަށާއި އެހެން ނަމަވެސް, އެ ތަހުގީގު ކުރިއަށް ނުދާ ކަމަށެވެ. އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޮޑު ހިޔާނާތެއް. މިލިޔަން މިލިޔަނުގެ ހިޔާނާތެއް އެ ވެސް. ހަދަމުން ދިޔަ ރިސޯޓެއް ކަމަށް ބުނެ އޮޅުވާލައިގެން މިހާ ގިނަ އަދަދެއްގެ މީހުންނަށް ވަގު ކޯޓާ ދޫކޮށް ނިންމައިލި އިރުގައި މިކަން އެނގޭނެ. ބައިވެރިން ތިބޭނެ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް އެގޮތަށް ހިޔާނާތްތެރި ވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ޕާޓީ އުފެދުނު އުސޫލުތަކާ ދިމާ އިދިކޮޅަށް ޕާޓީ ގެންދާތީ އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox