މަޖިލީހުން ޖެއްސުންކުރާ ކަމަށް ބުނާތީ މީކާއިލްގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި ހެންވޭރު ދެކުނު ދާްއިރާގެ މެމްބަރު ހުސައިން ޝަހީމް ޖަލްސާއްެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބައެއް ވަޒީރުން ވިދާޅުވާތީ މީކާއީލް މިއަދު ކަންބޮޑުވުން ފާޅުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި ހެންވޭރު ދެކުނު ދާްއިރާގެ މެމްބަރު ހުސައިން ޝަހީމް ޖަލްސާއްެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބައެއް ވަޒީރުން ވިދާޅުވާތީ މީކާއީލް މިއަދު ކަންބޮޑުވުން ފާޅުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބަޔަކު ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބައެއް ވަޒީރުން ތުހުމަތުކުރައްވާ ކަމަށް ވިދާޅުވެ، އެ ތުހުމަތު ރައްދުވާ މެމްބަރުންގެ ނަންތައް "ވަޒީރު ވިދާޅުވާން" ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު މިއަދު ގޮވާލައްވައިފި އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ "ދެ ފެކްޝަން"ގެ ދެމެދުގައި ބޮޑު އަރައިރުމެއް ހިނގާފައި ވަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބައެއް ވަޒީރުން ތަކުރާރުކޮށް ތުހުމަތުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ވަޒީރުން އެ ތުހުމަތު އަމާޒުކުރަނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ބަޔަަކަށެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އިލްޒާމު އަޅުވާ ކަމަށް ވާނަމަ، އެ ވަޒީރުންނަށް ކެރިވަޑައިގަންނަވަން ޖެހޭނެ މި ރައްޔިތުންގެ މަޖިލީހުން އެކަން ކުރައްވަނީ ކޮން މެންބަރުންނެއްކަން. އަދި ކުރައްވަނީ ކޮން މަސައްކަތެއްކަން ސާފުކޮށް ރައްޔިތުންނަށް ބުނެެދޭން،" މީކާއީލް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ބޭރުކޮށްލީ ކޮން އިސްލާހެއްކަމާއި ބޭރުކޮށްލީ ކޮން ބިލެއްކަން އަދި ބަޖެޓް ފާސްކުރުމަށް ހުރަސްއަޅަން ކުރީ ކޮންކަމެއް ކަން ވެސް ވަޒީރު ވިދާޅުވެއްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސުވާލުތަކަށް ދެއްވާނެ ޖަވާބެއް ނޯންނާނެ ކަމަށާއި ސަރުކާރު ގެންނަން ވެސް އަދި ސަރުކާރަށް ވާގިވެރިވާން ވެސް ތިއްބެވީ ހަމަ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

މީކާއިލްގެ ފާޑުކިއުން އަމާޒުކުރެއްވީ ބެލެވޭ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ. އެހެން ނަމަވެސް އޭނާ ވަކި ވަޒީރެއްގެ ނަން ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox