ބްރެޒިލްގެ ކޯޗު ވެލޯސޯ ގައުމީ ވޮލީ ޓީމާ ހަވާލުވާން ރާއްޖެ އަށް

Mar 8, 2022, 4:53 AM
ބްރެޒިލްގެ ކޯޗު ވެލޯސޯ ގައުމީ ވޮލީ ޓީމާ ހަވާލުވާން ރާއްޖެ އަށް

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ގައުމީ ވޮލީ ޓީމަށް ބިދޭސީ ކޯޗަކު މި ހަމަޖެއްސީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ފުރަތަމަ ފަހަރަށެވެ. އޭގެ ފަހުން ޓީމުގެ ކޯޗަކަށް ހުރީ މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ. ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމަށް މަތީ ފެންވަރުގެ ކޯޗެއް ހަމަޖައްސާފައިވަނީ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ޓެކްނިކަލް ސަޕޯޓާއި ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކީގަ އެވެ.

ފާއިތުވި ހަތް ވަރަކަށް އަހަރަށް ބަލާއިރު، ވެލޯސޯ އަކީ ގައުމީ ފިރިހެން ޓީމަށް ކޯޗުކޮށްދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ. މީގެ ކުރިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އާއި ސްރީލަންކާގެ ކޯޗު ސްރީ ލަންކާގެ ކުމާރް ވެންޑަކޫން (ސިސިރާ ކުމާރު) އަދި ސާބިއާގެ މަޝްހޫރު ކޯޗު، މިލޮރަޑް ކިޔާޗް ވަނީ ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.

ވެލޯސޯއާ އެކު ގައުމީ ވޮލީ ޓީމުން މި އަހަރު ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރާއިރު، މީގެއިން އެންމެ ހާއްސަވާނެ މުބާރާތަކީ މި އަހަރު ފަހުކޮޅު މާލޭގައި ހޯސްޓްކުރާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތެވެ. އެ މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމުން މެޗުތަކެއް ކުޅޭނެ ކަމަށް މީގެ ކުރިން ވީއޭއެމުން ވަނީ މައުލޫމާތު ދީފަ އެވެ.

ބަހްރޭން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް 2020 ވަނަ އަހަރު ހަމަޖެއްސި ވެލޯސޯ، 54، އަކީ 25 އަހަރަށް ވުރެ ގިނަ މުއްދަތެއްގެ ކޯޗިން ތަޖުރިބާ ހުރި ފަރާތެކެވެ. ބްރެޒިލްގެ މަޝްހޫރު ވޮލީބޯޅަ ކްލަބެއް ކަމަށްވާ މިނިއާސް ޓެނީސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން ވެލޯސޯ ވަނީ އެ ޓީމާ އެކު 57 ބްރެޒިލްގެ ރީޖަނަލް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ އުމުރުފުރާ މުބާރާތްތަކާއި ސީނިއާ ވޮލީގެ މުބާރާތްތަކެވެ.

ބްރެޒިލްގެ އުމުރުފުރާ ގައުމީ ޓީމުތަކުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ވެލޯސޯ ވަނީ ދުނިޔޭގެ ލެވަލް މުބާރާތްތަކާއި ދެކުނު އެމެރިކާ ބައްރަށް ހާއްސަ މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބާސެލޯނާގައި 1992 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އަށް ތައްޔާރުވި ބްރެޒިލްގެ އަންހެން ވޮލީބޯޅަ ޓީމަށް ވެސް ވެލޯސޯ ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެއީ ވޮލަންޓިއަރު ކޯޗެއްގެ ގޮތުގަ އެވެ.

ފިޒިކަލް އެޑިއުކޭޝަނުން ބެޗަލާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ވެލޯސޯ އަކީ އެތުލީޓުންގެ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ދެނެގަންނަން އެމެރިކާގައި ހިންގަމުން އަންނަ ޓްރައިއައުޓް ޕްލޭޔާސްގެ ކޯ ފައުންޑަރެކެވެ. ވެލޯސޯ އަކީ ކުޅުންތެރިން ޑިވެލޮޕްކުރުމުގައި ވީޑިއޯ އެނަލައިސިސް އަށް އިސްކަންދޭ ކޯޗެކެވެ. އެމެރިކާގެ ޓޮޕް އެލީޓް އެކެޑަމީގައި ވެސް ކުޅުންތެރިން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ވެލޯސޯ އަކީ ބްރެޒިލްގެ ވޮލީބޯޅަ ފެޑެރޭޝަނާ ގުޅިގެން ޑިވެލޮޕްމަންޓްގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެކެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކަށް ހަމަޖެހިގެން ދިޔައީ މިދިޔަ އަހަރު އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ. އަދި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ދާދި ފަހުން ވަނީ އެފްއައިވީބީގެ މައި ހެޑްކުއާޓަރަށް ވަޑައިގަންނަވާ ދިވެހި ވޮލީ އަށް އިތުރު ފުރުސަތުތައް ތަނަަވަސްކުރަން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެފްއައިވީބީގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ވަނީ ދެ އަހަރުގެ ކޯޗިން ޕްރޮގްރާމެއްގެ ތެރެއިން މަތީ ފެންވަރުގެ ބީޗްވޮލީބޯޅަ ކޯޗެއް ލިބިފަ އެވެ. އެއީ ބްރެޒިލްގެ ވިނީޝިއުސް މާޓިން އެވެ. އޭނާގެ ބެލުމުގެ ދަށުން މިިދިޔަ މަހު ސްރީލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭން ކުރިއެރުންތަކެއް ހޯދި އެވެ. މިހާރު ބީޗްވޮލީ ޓީމު ތައްޔާރުވަމުން އަންނަނީ މި މަހު ލަންކާގައި ބާއްވާ ކޮމަންވެލްތު ކޮލިފައިން އަށް ތައްޔާރުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox