އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމަން ގައުމީ މަޖިލިސް ޖަލްސާއެއް މާދަމާ ރޭ

މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން. މާދަމާ ރޭ ވެސް އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފަ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން. މާދަމާ ރޭ ވެސް އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފަ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް ޖަލްސާއެއް މާދަމާ ރޭ ބާއްވަން ތާވަލުކޮށްފި އެވެ.

އެމްޑީޕީން ބުނީ އެ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި އިމާދުއްދީން ސްކޫލުގެ ހޯލުގައި ކަމަށެވެ. އެ ޖަލްސާގައި އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމާނެ އެވެ.

އެ އިންތިހާބު ފަސްކުރުމާމެދު އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. އެގޮތުން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމުން ވަނީ އިންތިހާބު ފަސްކުރުމަށް އެދި ހުށަހަޅާފަ އެވެ.

Advertisement

އެއީ ރޯދަ މަހަކާއި ދިމާވާތީ، ވޯޓުލުމާއި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ދަތިތަކާ ކުރިމަތިވާނެތީވެކަމަށް އެ ކެމްޕޭނުގެ ފަރާތުން ބުނެ އެވެ.

ނަމަވެސް އެ އިންތިހާބުގައި ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭނުގެ ފަރާތުން ވަނީ އިންތިހާބު ފަސްކުރުމަށް ދެކޮޅު ހަދައިފަ އެވެ.

އެގޮތުން އެ ކެމްޕޭނުގެ ފަރާތުން ވާހަކަދައްކަވަމުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ އިންތިހާބު ފަސްކުރުމުގެ ބަދަލުގައި އަވަސްކުރުމަށް އިމްތިޔާޒްގެ ޓީމުން ތާއިދުކުރާ ކަމަށެވެ. ނަމަވެސް އެއީ ޕާޓީގެ މެމްބަރުންނަށް ރޯދަ މަހާ ގުޅިގެން ދަތިތަކާއި ކުރިމަތިވާނަމަކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވަނީ އިންތިހާބު ގަނޑުބަނޑުކޮށް މަކަރު ހެދުމުގެ ފުރުސަތު އެ ކެމްޕޭނުގެ ފަރާތުން ނުދޭނެކަމަށް މީގެ ކުރިން ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox