ހައިޑްރޮގްރަފީ އޮފީސް އުފެއްދުމުގެ މައްސަލައިގައި މަޖިލީހުގައި ބޮޑު ޒުވާބެއް!

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަދައްކަވަނީ. ހައިޑްރޮގްރަފީ އޮފީސް އުފެއްދުމުގެ މައްސަލައިގައި އޭނާ ދެއްކެވި ވާހަކައަށް ގިނަ މެމްބަރުންތަކެއް ރައްދުދެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަދައްކަވަނީ. ހައިޑްރޮގްރަފީ އޮފީސް އުފެއްދުމުގެ މައްސަލައިގައި އޭނާ ދެއްކެވި ވާހަކައަށް ގިނަ މެމްބަރުންތަކެއް ރައްދުދެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

"މޯލްޑިވްސް ހައިޑްރޮގްރަފިކް ސާވޭ" ގެ ނަމުގައި ދައުލަތުގެ އިދާރާއެއް އުފެއްދުމަށްޓަކައި ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ބަަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެއްޖެ އެވެ.

ހައިޑްރޮގްފިކް އޮފީސް އުފެއްދުމުގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސް ޒުވާބަކަށް ބަދަލުވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައިގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމުންނެވެ.

ހައިޑްރޮގްރަފިކް އޮފީސް އުފައްދަނީ ރާއްޖޭގެ ކަނޑުތަކުގެ އަޑީގެ ސާވޭތައް ކޮށް ޗާޓްކުރަހަން އަވަށްޓެރި އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމެއް ތަންފީޒުކުރުމަށެވެ. އެ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ވެފައިވާ އެއްބަސްވުމެއް ކަމަށް އިދިކޮޅު ޕީޕީއެމްޕީއެންސީ ކޯލިޝަނުން ކުރިއްސުރެ ގެންދަނީ ތުހުމަތު ކުރަމުންނެވެ.

މިއަދުގެ ބަހުސްގައި ވެސް ޝިޔާމް އާކުރެއްވީ އެ ތުހުމަތުތަކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޒުލުކުރުމަށްޓަކައި އެ މައްސަލަ މަޖިލީހަށް ވައްދަން ޖެހޭ ކަމަށް ވެސް އެ ތުހުމަތުތަކާ ގުޅުވައި އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން އޭނާއަށް ރައްދު ދެއްވަން ފެއްޓެވީ އެ ތުހުމަތުތައް ކުރައްވަން ފެއްޓެވުމުންނެވެ.

ހައިޑްރޮގްރަފީ އޮފީސް އުފެއްދުމުގެ މައްސަލަ ގެންދަން ޖެހޭނީ މިހާރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް. މި މައްސަލަ ފުރަތަމަ ކަމަކަށް މި މަސައްކަތްކުރުމަށް ޓަކައި ދާން ޖެހޭނީ ގައުމީ ސަލާމަތު ކޮމިޓީއަށް. ޓޫފޯވަން ކޮމިޓީއަށް. ކީއްވެގެންތޯ މިއަދުގެ ޑިފެންސް މިނިސްޓަރަށް ފަހަރި ވިދާޅުވާ ބޭފުޅެއް މުގައްރިރުކަން ކުރައްވާ ކޮމިޓީއަކަށް މި މައްސަލަ ދާންވީ؟" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ އެ ވާހަކައަށް ރިޔާސަތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ފޮނުވާނެ ކޮމިޓީ ކަނޑައެޅީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ.

ހައިޑްރޮގަރަފީ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެެއްބަސްވުމެއް ކަމަށް ވިދާޅުވުމުން މާފަންނު ހުޅަނގުދާއިރާގެ މެމްބަރު އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ތެދުވެވަޑައިގެން ރައްދު ދެއްވި އެވެ. ބޮންޑޭ ވިދާޅުވީ ގާނޫނު އަސާސީއާ ސަރުކާރުން ހިލާފުވާ ކަމަށް ގަބޫލުކުރެއްވޭ ނަމަ ވަޑަައިގަންނަވަން ޖެހޭނީ ސުޕްރީމްކޯޓަށް ކަމަށެވެ.

އެ ދެމެމްބަރުންނަށް ވެސް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ "މިބޭފުޅުން ރަނގަޅުވާނީ ލައްޑޫ ކައިގެން ކަތަކުޑާންސް ކުރަން" ކަމަށެވެ. އިންޑިއާއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާ މެދު ނުރުހުން ފާޅުކުރައްވާ ކޮންމެ ދުވަހަކުހެން އޭނާ އެ އިބާރާތް ބޭނުންކުރައްވަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަކީ "ގައްދާރުން" ކަމަށް ޝިޔާމް ވިދާޅުވުމުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވެސް އޭނާއަށް ރައްދު ދެއްވި އެވެ. އެ ވާހަކައަށް ފަލާހު ވެސް ރައްދު ދެއްވި އެވެ.

"ފ. އަތޮޅު ވިއްކައިލަން އުޅުނީ ގައްދާރުން. އިމާރާތަަކަށް ވިއްކައިލަން އުޅުނީ ގައްދާރުން،" ފަލާހު ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކައިގެ ތެރެއިން ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، ގިނަ މެމްބަރުންތަކެއް ފުރުސަތު ހޯއްދެވި ނަމަވެސް، ރިޔާސަތުން ހަސަން އަފީފް ވިދާޅުވީ އެ މެމްބަރުން ފާހަގަކުރެއްވި އެއްވެސް ކަމަކީ ނިޒާމީ މައްސަލައެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox