އެމްޑީޕީގެ އިންތިހާބާ ގުޅޭ ކުއްލި މައްސަލައާ އެކު އެތެރޭގެ ކޯޅުމެއް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު. އެމްޑީޕީގެ އިންތިހާބާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ އޭނާ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު. އެމްޑީޕީގެ އިންތިހާބާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ އޭނާ.

ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން މީހުން ވަޒީފާތަކުން ވަކިކުރާ ކަމަށް ތުހުމަތުކުރައްވައި ހަމަ އެޕާޓީގެ މެމްބަރަކު ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޮޑު އަރައިރުމެއް ހިނގައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީގެ (20) ވަނަ މާއްދާގައިވާ ހަމަހަމަކަމުގެ އިންތަކުގެ ގެތެރޭގައި ކަަމަށެވެ. އެހެން ނަމަވެސް, އެމްްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވަން އަންނަ އޭޕްރިލްމަހު ބާއްވާ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަޒީފާތަކުގައި ތިބި ބައެއް މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

"... އެކަން އެމަގުން ހިނގަމުން ދިއުމަކީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު އިތުބާރު ގެއްލި ސަރުކާރާއި މެދު ރައްޔިތުންގެ ނަފްރަތު އުފެދި ރައްޔިތުންގެ [މެދުގައި] ބައިބައިވުން އުފެދިދާނެ ކަމެކެވެ،" ކުއްލި މައްސަލަައިގައި ވައްޑޭ ވިދާޅުވި އެވެ.

Advertisement

ކުއްލި މައްސަލައެއެއްގެ ގޮތުގައި އެކަން މަޖިލީހަށް ހުށަހެޅުއްވީ އޭނާ ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންގެ މަސްލަހަތާ ގުޅޭ މުހިއްމު ކަމަކަށް ވާތީ ސަރުކާރުގެ ސަމާލުކަމަށް އެެކަން ގެނައުމަށެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް މިއަދު ކުރި ބަހުސްގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ތުހުމަތުކުރެއްވީ ރައީސްގެ ބާރުތައް ހަނިކުރުމަށް ޓަކައި އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަމުން އަންނަ ކަމަށެވެ. އެއީ ސަރުކާރު ވައްޓައިލަން ހިންގާ ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މިއީ ސަރުކާރު ވައްޓައިލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް ކަމުގައި އަޅުގަނޑު ސިފަމިކުރަނީ ކެރިހުރެ، ސާބިތުކަމާ އެކު،" ޝަރީފު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މަޖިލީހުގެ މާފަންނުއުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. މި ދެބޭފުޅުންގެ ތެރެއިން ފައްޔާޒް އިސްމާއީލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ނުކުމެވަޑައިގެން ހުންނެވި ބޭފުޅެކެވެ. މެމްބަރު އިމްތިޔާޒް ފަހުމީއަކީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ. އެމްޑީޕީ މިހާރު ބެހިފައި އޮންނަނީ ދެ ލީޑަރުންގެ "ދެ ފެކްޝަން" އޭ ބުނެވޭ ކަހަަލަ ގޮތަކަށެވެ.

މަޖިލީހަށް މިއަދު ކުއްލި މައްސަލަ ހުށަހެޅުއްވި ވައްޑޭއަކީ އިންތިހާބަށް ކުރާ ކެމްޕޭންގައި އިންތިގެ ތަރުޖަމާނެވެ.

މިއަދުގެ ޖަލްސާގައި ޝަރީފު ދެއްކެވި ވާހަކައަށް އެންމެ ބޮޑަށް ރައްދު ދެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަެރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އޭނާ ވިދާޅުވީ އިމްތިޔާޒް ފަހުމީއަށް ތާއީދުކުރައްވާ މެމްބަރުންނަކީ އިދިކޮޅު ކަމަށް ޝަރީފު ވިދާޅުވިޔަސް އެއަށް ވުރެ އެމްޑީޕީއަށް އިހުލާސްތެރި ބަޔަކު ނުތިބޭނެ ކަމަށެވެ.

"އަަޅުގަނޑުމެނާ ދިމާލަށް އިދިކޮޅު މީހުނޭ، މަރަދޫ ދާއިރާގެ އިއްޒަތްތެެރި މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވާ އިރު އަޅުގަނޑަކަށް ވުރެން، އިމްތިޔާޒް ފަހުމީއަކަށް ވުރެން، ހަސަން ލަތީފަކަށް ވުރެން، އުނގޫފާރުގެ މުހައްމަދު ވަހީދަކަށް ވުރެން، އަޅުގަނޑުމެންނަކަށް ވުރެން އިހުލާސްތެރި މީހުނެއް މިސަރުކާރަކަށް ނުލިބޭނެ،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކައަށް ފަހު، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އީވާއަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ފައްޔާޒްގެ ކެމްޕޭނުގައި ބައިވެރިިވެވަޑައިގެންނެވި ކަމަށް ޓަކައި އެމްޑީޕީގައި އެެންމެ އިސްކޮށް އުޅުއްވާ ކަމަށް ވިދާޅުވާ ބޭފުޅުންގެ މާލާމާތާއި ފުރައްސާރައިން ސަލާމަތް ނުވެގެން އުުޅުއްވާ ކަމަށެވެ.

އޭގެ ފަހުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އުނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދާ ދެމެދު އަރައިރުމެއް ވެސް ހިނގި އެވެ. އެކަން ހުއްޓުވުމަށް ޓަކައި ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޓަވެން ކުރެއްވި އެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި އަރައިރުން ފެށުނީ ދުވާފަރު ދާއިރާގެ މެމްބަރު ފުރުސަތަށް އެދިވަޑައި ނުގެން ވާހާކަ ދައްކަވަން ފެއްޓެވުމުންނެވެ.

"ދުވާފަރު ދާއިރާގެ މެމްބަރު ތަންކޮޅެއް އިސްކޮށް، ފުރުސަތަށް އެދިވަޑައިނުގަންނަވާ ފުރަތަމަ ވާހަކަދެއްކެވުނީ. ދެއްކެވުނީމާ ޖެހިގެން އިންނެވި އިނގުރައިދޫ ދާއިރާގެ މެމްބަަރަށް އެވާހަކައިގައި މާ ޖޯޝާ އެކީގައި ބައިވެރިވެވަޑައިގެންނެވުނީ، އެހެން ނުހައްދަވާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާ ދެމެދު ހިނގި ޒުވާބުގައި "ކަލޭ ޖަހައިބަލާށޭ" އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވިދާޅުވާ އަޑު އިވެ އެވެ.

މިއަދުގެ ކުއްލި މައްސަލައާ އޭގެ ފަހުން ކުރި ބަހުސްގައި ވެސް މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ކުރި ތުހުމަތު އެންމެ ބޮޑަށް އަމާޒުވި ބޭފުޅަކީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދަށް ނަން ވިދާޅުވެ ރައްދު ދެއްވި އެވެ. އެ ހިސާބުން އޭނާ ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައި އޭނާގެ ދިފާއުގައި ވާހަކަ ދައްކަވަން މަސައްކަތް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox